އިސްލާމީ ތަރުބިއްޔަތޭ ކިޔާފައި ހުރިހާ އެއްޗެއް އެއްކުރީ އެއީ، އިސްލާމީ އުންމަތާ ދެކޮޅަށް ހިންގިފައިއޮތް ޖަރީމާއެއް – އައްޝައިޚް އަޙްމަދު ސަމީރު

އިސްލާމީ ތަރުބިއްޔަތޭ ކިޔާފައި ހުރިހާ އެއްޗެއް އެއްކުރީ އެއީ، އިސްލާމީ އުންމަތާ ދެކޮޅަށް ހިންގިފައިއޮތް ޖަރީމާއެއް ކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޝައިޚު މިހެން ވިދާޅުވެފައިވަނީ، އއ. ރަސްދޫގައި މިހާރު ކުރިއަށްދާ، 30ވަނަ އަރިއުތުރު ޤުރުއާން މުބާރާތުގެ ބައިވެރިންނާ އަދި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ބޭއްވި ދަރުސް ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝައިޚުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، “70، 80 ޞަފްޙާގެ ފޮތެއްގައި، ޤުރުއާނުގެ ޢިލްމު، ޢަޤީދާގެ ޢިލްމު،…

މުޅިން އައު ސިލްސިލާ ދަރުސްތަކެއް ފަށަނީ

މާލޭގެ މިސްކިތްތަކުގައި ކުރިއަށްގެންދާ ސިލްސިލާ ދަރުސް ޕްރޮގްރާމުގައި، އައު ދަރުސްތަކެއް ފެށުމަށް ހަމަޖެހިއްޖެއެވެ. މިގޮތުން، އަލަށް ފެށުމަށް ހަމަޖެހިފައިވާ ދަރުސްތައް މިހަފްތާ އަދި ކުރިއަށް އޮތް ހަފްތާގައި ފެށޭނެއެވެ. އަދި މިހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތެރެއިން އިއްޔެ ވަނީ އެއް ދަރުސް ފެށިފައެވެ. އަލަށް ފެށުމަށް ހަމަޖެހިފައިވާ ދަރުސްތައް ކުރިއަށް ގެންގޮސްދެއްވާނީ، އައްޝައިޚް މުޙައްމަދު ޝާހިދު، އައްޝައިޚް ޝުޢައިބު ނާޡިމް، އައްޝައިޚް ޙުސައިން ޠާރިޤް އަދި އައްޝައިޚް ޢިމާދު ޔޫސުފްއެވެ. އަލަށް ފެށުމަށް ހަމަޖެހިފައިވާ އަދި…

ޖަމްޢިއްޔަތުއްސަލަފުން ސަޢޫދީ ސަފީރާ ބައްދަލުކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔަޙްޔާ ޙަސަން އަލްޤަހްޠާނީއާ ޖަމްޢިއްޔަތުއްސަލަފުން ބައްދަލުކޮށްފިއެވެ. ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީގައި ކުރިޔަށް ގެންދެވުނު މި ބައްދަލުވުންއޮތީ މިއަދު މެންދުރު 1:00 ގައެވެ. ބައްދަލުވުން ފެށިގެން ދިޔައީ، ސަޢޫދީ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ ޙަސަން އަލްޤަހްޠާނީގެ ވަރަށް ހޫނު މަރުޙަބާއަކުންނެވެ. އެއަށްފަހު، ރާއްޖޭގެ އެކިދާއިރާތަކުން، އިޖްތިމާޢީ ކަންކަން ކުރުމުގައި، އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ސަޢޫދީ އެމްބަސީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.…

އައުޓާމިނަލުގައި ބަންގީގެ އަޑު އިވޭގޮތަށް ހަމަޖެއްސެވުމީ މިޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ވަރަށް މުހިއްމު ފިޔަވަޅެއް – އައްޝައިޚް އަޙްމަދު ސަމީރު

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭގޮތަށް، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވުމީ، މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށްދެއްވުމަށް އެޅުއްވި ވަރަށް މުހިއްމު ފިޔަވަޅެއްކަމުގައި ދެކޭކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޝައިޚު މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓްގެ ސްކުރީންޝޮޓަކާއެކު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ދިވެހިރާއްޖޭގެ މައިދޮރޯށިކަމުގައިވާ ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި ފަސްވަގުތު ބަންގީގެ…

މިހަފްތާ ބަންދުގައި، ވަރަށް ޚާއްޞަ ދެ ދަރުހެއް މާލެ ސަރަޙައްދުގައި

މިހަފްތާ ބަންދުގައި، ވަރަށް ޚާއްޞަ ދެ ދަރުހެއް މާލެ ސަރަޙައްދުގައި އޮންނާނެއެވެ. މި ދެ ދަރުސްވެސް ދެއްވާނީ، ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރުއެވެ. ފުރަތަމަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. 11 ޖުލައި 2025 ވާ ހުކުރު ދުވަހުގެ ރޭ، ބާއްވާގޮތަށް ހަމަޖެހިފައިވާ މި ދަރުސްގެ މައުޟޫޢަކީ “ނިކަމެތިކަމުގެ ފިޔަ” އެވެ. ތަރުބިއްޔަތާއި މައިންބަފައިންނާ ގުޅޭގޮތުން އަލިއަޅުވާލުމަށް ހަމަޖެހިފައިވާ މި ދަރުސް އިންތިޒާމް ކުރަނީ،…

ޢީދުއުފާ އިމުގެތެރެއިން ފާހަގަކުރި ފަރާތްތަކުގެ އަގު ވަޒަންކޮށްފި

1446 ވަނަ އަހަރުގެ އަޟްޙާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ޖަމްޢިއްޔަތުއްސަލަފުން އެފަރާތްތަކަށް ހަނދާނީ ލިޔުންދީފިއެވެ. މިކަން ފާހަގަ ކުރުމުގެ ގޮތުން، ރޭ، ޖަމްޢިއްޔަތުއްސަލަފުން ބޭއްވި ޙަފުލާގައި، 8 ފަރާތަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، މި ޙަފްލާގެ ޝަރަފްވެރި މެހެމާން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް ޝަރީފް އަޙްމަދުއެވެ. 1446ވަނަ އަހަރުގެ އަޟްޙާޢީދު އިސްލާމީ ތަރަޙައިގެ ތެރެއިން ފާހަގަކުރުމުން، އެކަމުގެ އަގުވަޒަންކުރުމުގެ…

އިމުގެތެރޭން ޢީދު ފާހަގަކޮށްފައިވާތީ އެކަން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޙަފްލާ މިރޭ

ނިމިދިޔަ، 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާ ޙަރަކާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން އިންތިޒާމްކޮށްފައިވާ ޙަރަކާތްތަކަކީ އިސްލާމީ ތަރަޙައިގެ ތެރެއިން ގެންގޮސްފައިވާ ޙަރަކާތްތަކަކަށްވާތީ އެކަންފާހަގަ ކޮށް، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ޚާއްޞަ ޙަފްލާ މިރޭ ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ޙަފްލާ ޝަރަފްވެރި ކޮށްދެއްވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް ޝަރީފް އަޙްމަދުއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، ކޮންމެ…

ހިޖުރަ ކޭމްޕް 2025 ށ. މަޑިދޫގައި ކުރިއަށް ދަނީ

ޒުވާނުންނަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ ހިޖުރަ ކޭމްޕް، ށ. މަޑިދޫގައި ކުރިއަށް އެބަދެއެވެ. މިއަދު ހެނދުނު ފެށުނު މި ޚާއްޞަ ކޭމްޕު ކުރިއަށް ދާނީ މިއަދުން ފެށިގެން 28 ޖޫން ގެ ނިޔަލަށެވެ. ޒުވާނުންނާއި ގުޅުންހުރި ތަފާތު އެކިއެކި ޙަރަކާތްތަކުގެ އިތުރުން، ތަރުބަވީ، ޢިލްމީ އެތައް ފިލާވަޅުތަކަކާއި އެކު ރޭވިފައިވާ މި ކޭމްޕްގައި ޖަމްޢިއްޔާގެ ފަރާތުން ބައިވެރިވެލެއްވީ، ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު އާއި އަދި ދަޢުވާ މެނޭޖަރ އަދި ޢިލްމުވެރިންގެ މަޖިލީހުގެ…

ދީނީ އިމުގެ ތެރެއިން ޢީދުގެ އުފާ ފައުޅުކުރުމުގެ ފުރުޞަޠު ރައްޔިތުންނަށް ހޯއަދަވައިދެއްވުމަށް، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ގޮވާލައްވައިފި

ޝައިޚް މިފަދައިން ގޮވާލައްވާ، ނަޞޭޙަތްތެރިވެލައްވާފައިވަނީ، އއ. ހިމަންދޫގައި ރޭ ބޭއްވުނު “ފަހު ޢީދު” މި ނަމުގައި ކުރިއަށް ގެންދެވުނު ޚާއްޞަ ފޯރަމްގައެވެ. ޝައިޚުގެ ވާހަކަ ފުޅުގައި، ޢީދަކީ ކޮބައިކަމާއި، ﷲ سبحانه وتعلى ޢީދު ޝަރުޢުކުރެއްވި މަޤްޞަދު ވަރަށް ތަފްޞީލުކޮށް ބަޔާން ކޮށްދެއްވިއެވެ. އަދި ރާއްޖޭގައި ޢީދު ފާހަގަ ކުރުމަށް ޓަކައި ކުރެވެމުންދާ އިސްލާމްދީނާ ޚިލާފު މުންކަރާތްތަކުގެ މައްޗަށްވެސް ޝައިޚްގެ މި ފޯރަމްގައި އަލިއަޅުއްވާލެއްވިއެވެ. “އުފާކުރުމުގެ ގޮތުން ރަށްރަށަށް އެތައް ލައްކަ ރުފިޔާއެއް، އެތައް މިލިޔަން ރުފިޔާއެއް…

އެންމެ މާތް ދިހަ ދުހުގެ ދަރުސް ސިލްސިލާ “އައްދައުރާ އަލްޢިލްމިޔާ 2” ފެށިއްޖެ!

ޙައްޖު މަހުގެ ފުރުތަމަ ދިހަ ދުވަހަށް އަމާޒުކޮށްގެން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިޔަށްގެންދާ ސިލްސިލާ ދަރުސް “އައްދައުރާ އަލްޢިލްމިޔާ” ގެ ދެވަނަ ދައުރާ މިއަދު ފެށިއްޖެއެވެ. ޖުމްލަ ހަތް ދަރުސް ހިމެނޭ މި ދަރުސް ސިލްސިލާ މި އަހަރު ކުރިޔަށް ގެންދަނީ މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގައެވެ. “އައްދައުރާ އަލްޢިލްމިއްޔާ 2″ގެ ފުރަތަމަ ދަސްރު ދެއްވާފައިވަނީ ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ.ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ. ކޮންމެ ދުވަހެއްގެ ޢަޞްރު…

ބިގްމޭން ސުޕަރ ކަޕް 2025ގެ ޗެމްޕިއަންކަން ޓީމް ސަލަފުން ހޯދައިފި

ފަތިސް ލީގުން އިންތިޒާމް ކުރި “ބިގްމޭން ސުޕަރ ކަޕް 2025” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޖަމްޢިއްޔަތުއްސަލަފްގެ ޓީމް ހޯދައިފިއެވެ. އެއްދުވަހުގެ މި މުބާރާތަކީ ފަތިސްލީގުން އިންތިޒާމް ކުރަމުން އަންނަ މުބާރާތްތަކުގެ ތެރެއިން މުބާރާތެކެވެ. މިއަދު ހެނދުނު 6:00 ގައި، ހުޅުމާލެ، ފޭސް2 ގެ އެޗް15 ފުޓްސަލް ދަނޑުގައި ކުރިޔަށް ދިޔަ މި މުބާރާތުގައި ޖުމްލަ 10 ޓީމުން ބައިވެރިވެފައިވެއެވެ. މިއީ ދީނީ ކަންކަމަށް ލޯބިކުރާ އަޚުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫޙު އާލާކޮށް، އިސްލާމީ ގިއުގަނޑުގެ…

ޖަމްޢިއްޔާއާމެދު ބުހުތާނު ދޮގު ހަދާފައިވާތީ، އެކަން ސާބިތުކޮށްދިނުމަށް އެދި، ޢަދަދު ނޫހަށް ސިޓީއެއް ފޮނުވައިފި

ޢަދަދު ނޫހުން އިއްޔެ ޝާއިޢު ކޮށްފައިވާ ލިޔުމެއްގައި، ޖަމްޢިއްޔަތުއްސަލަފާމެދު ބުހުތާނު ދޮގު ހަދާފައިވާތީ، އެކަން ސާބިތުކޮށްދިނުމަށް އެދި، އެ ނޫހަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ. “ޑރ. މުޢިއްޒު އެވެ. ފުދިއްޖެއެވެ. އިސްތިއުފާދޭށެވެ.” މި މައުޟޫޢުގައި ލިޔެފައިވާ އާރޓިކަލްގައި “ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވުމުން އެ ގޮނޑިއަށް އައިސްދިނުމަށް މުއިއްޒު ގުޅި ސަލަފު ޖަމްއިއްޔާގެ މެންބަރުން ވެސް ދުނިޔޭގައި އެބަތިއްބެވެ.” މިއީ އެއްވެސް ޒިންމާދާރުކަމެއްނެތި، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށް، އެ ނޫހުން ޝާއިޢު ކޮށްފައިވާ ބޮޑު ދޮގެއް ކަމުގައި…