އައު ގެއެއްގައި ދިރިއުޅެން ފަށާއިރު ކުރުން ސުންނަތްވެގެންވާ ކަންތައްތައް
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، މާތްވެގެންވާ އިސްލާމް ދީނުގައި އެކަމަކާ ގުޅިގެން ކުރަން އަންގަވާފައިވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، ޝަރުޢީ އަދަބުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން، އައު ގެޔަކަށް، ނުވަތަ އެޕާޓްމަންޓެއްގައި ދިރިއުޅެން ފަށާއިރު، އެތަނަށް ވަންނަހިނދު ކިޔާނޭ ދުޢާއެއް އޮވޭތޯވެސް ބައެއް މީހުން ސުވާލު ކުރެއެވެ. އައު ގެއަކަށް ބަދަލުވާއިރު ކިޔާ ދުޢާ ދުޢާއަކީ އަޅުކަމުގެ އަސާސެވެ. ތިމާގެ ވެރި ރައްބާ އޮންނަ ގުޅުމެވެ. ދުޢާ ކުރުމަށް އަމުރުކުރައްވައި، ދުޢާ ކުރާ…