އިސްލާމީ ޔުނިވަރސިޓީއާ ޖަމްޢިއްޔަތުއްސަލަފް ގުޅިގެން ޙަދީޘް އިޖާޒާ ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާ ޖަމްޢިއްޔަތުއްސަލަފު ގުޅިގެން، ޙަދީޘް އިޖާޒާ ނުވަތަ ސަނަދު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. ތަޤުރީރަކާއެކު ބޭއްވުނު މި ބައްދަލުވުމުގައި ޙަދީޘް އިޖާޒާ ދެއްވީ، މަދީނާ އިސްލާމީ ޔުނިވަރސިޓީން ޙަދީޘް ޢިލްމުން ޕީ.އެޗް.ޑީ ޙާޞިލްކުރައްވާފައިވާ ޑރ. މުޙައްމަދު ރާޒިޤު މުޙައްމަދު އަމްޖަދު ރާޒިޤުއެވެ. އިސްލާމީ ޔުނިވަރސިޓީގެ ޤުރުއާނާ ސުންނަތާ ބެހޭ ކުއްލިއްޔާއިން އިންތިޒާމު ކުރި މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މިއަދު މެންދުރު 1:00 އިން 3:00 އަށް އެ ޔުނިވަރސިޓީ ހޯލުގައެވެ. އުސްތާޛުންނަށާ، ޝަރީޢާ…

ސަލަފު ދުޢާތުންގެ މަޖިލީހުގެ 2 ވަނަ އަހަރީ ބައްދަލުވުން ނިންމާލައިފި

ޖަމްޢިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖިލީހުގެ 2 ވަނަ އަހަރީ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަހުގެ 11 އިން 13 އަށް ކުޑަގިރީގައި ބޭއްވި މި ބައްދަލުވުން ނިންމާލުމަށްފަހު ބައިވެރިން މާލެ އައިސްފައިވަނީ އިއްޔެ ހަވީރުގެ ވަޤުތެއްގައެވެ. ދަޢުވަތުގެ މައިދާނުގައި މަސައްކަތްކުރައްވާ ޢިލްމުވެރިންނަށް ބޭނުންވާ ތަމްރީނާއި ހުނަރު، އަދި ޢިލްމީ މައުލޫމާތު އިތުރަށް އުނގަންނައިދިނުމަށް ބޭއްވި މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެކެވެ. މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ޓައިޓްލް ސްޕޮންސަރުކޮށްފައިވާ މި ބައްދަލުވުމުގައި، ރާއްޖޭގެ އެކި…

“ސަލަފް ވޮލަންޓިއަރ ކޭމްޕް 2026” ކާމިޔާބުކަމާއެކު ނިންމާލައިފި

ޖަމްޢިއްޔަތުއްސަލަފުން ވޮލަންޓިއަރުންނަށް ޚާއްޞަކޮށްގެން ބޭއްވި “ސަލަފް ވޮލަންޓިއަރ ކޭމްޕް 2026” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކުޑަގިރީގައި މި މަހުގެ 11 އިން 13 އަށް ކުރިއަށްގެންދިޔަ މި ކޭމްޕުގައި ބައިވެރިވި ޒުވާނުންނަށް ވަނީ އަމަލީ އަދި ތިއަރީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތް ދަސްކޮށްދިނުމަށް “ފަޔަރ ސޭފްޓީ ސެޝަން” އެއް ކުރިއަށްގެންގޮސްފައިވެއެވެ. މީގެއިތުރުން، ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި، ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދީނީ…

ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފި

ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ބައްދަލުވުން އިފްތިތާޙުކޮށްދެއްވައި، ޝަރަފުވެރިމެހެމާން، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުމަށް ދަޢުވަތު ދެއްވީތީ ޖަމްޢިއްޔަތުއްސަލަފްގެ އިސްވެރީންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ޖަމްޢިއްޔަތުއްސަލަފް މި…

ދުޢާތުންގެ މަޖިލީހުގެ 2 ވަނަ އަހަރީ ބައްދަލުވުމުގައި ރާއްޖޭން ބޭރު، 5 ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެ

މޯލްޑިވްސް އިސްލާމިކް ބޭންކުން ޓައިޓްލް ސްޕޮންސަރ ކޮށްފައިވާ، ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުމުގައި ރާއްޖޭން ބޭރުގެ 5 ޢިލްމުވެރިއަކު ބައިވެރިވެލައްވާނެއެވެ. މިގޮތުން މި ބައްދަލުވުމުގައި ބައިވެރިވެލައްވާ 5 ޢިލްމުވެރިންގެ ތެރެއިން 3 ޢިލްމުވެރިން  މިހާރުވަނީ ރާއްޖެ ވަޑައިގެންފައެވެ. މީގެ ތެރޭގައި ހިމެނެނީ، ސަޢޫދީ ޢަރަބިއްޔާގެ 2 ޢިލްމުވެރިންނާއި، ސްރީލަންކާ، މޮރޮކޯ އަދި ބަންގްލަދޭޝްގެ ޢިލްމުވެރިއެކެވެ. މި ބައްދަލުވުމުގައި ބައިވެރިވެލައްވާ ބޭރުގެ 5 ޢިލްމުވެރީންގެ މަޢުލޫމާތު: 1. د. عبد الرحمن بن صالح بن…

ދުޢާތުންގެ މަޖިލީހުގެ 2 ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު މާދަމާ ހަވީރު

ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން، އިފްތިތާޙުކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު މާދަމާ އޮންނާނެއެވެ. މި މަހުގެ 10ވާ ބުރާސްފަތި ދުވަހު (މާދަމާ) ފެށުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން، އިފްތިތާޙުކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ހުޅުމާލޭގައި ހުންނަ މެންހަޓަން ގްރޭންޑް ހޮޓަލުގައި ބާއްވާ ރަސްމިއްޔާތު ފެށޭނީ ހަވީރު 4:00ގައެވެ. މިއަހަރު…

ދުޢާތުންގެ މަޖިލީހުގެ 2 ވަނަ އަހަރީ ބައްދަލުލުވުން – 60 އަށްވުރެ ގިނަ ޢިލްމުވެރިންނާއެކު

“ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން” ބޭއްވުމުގެ ތައްޔާރީތައް ވާން ފެށިއްޖެއެވެ. މިއީ އަހަރަކު އެއްފަހަރު ބާއްވާގޮތަށް، ފާއިތުވި 2025 ވަނަ އަހަރު ފެށުނު ބައްދަލުވުމެކެވެ. ފާއިތުވި އަހަރެކޭ އެއްފަދައިން މިއަހަރުވެސް، ރާއްޖޭގެ އެކިހިސާބުތަކުން، އަޅުގަނޑުމެން ޖަމްޢިއްޔާއާ އެކީ މަސައްކަތް ކުރައްވަމުން އަންނަ 60 އަށްވުރެ ގިނަ ޢިލްމުވެރީން މިއަހަރުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބައްދަލުވުން އޮންނާނީ، މި ހިނގާ ސެޕްޓެމްބަރ މަހުގެ 10 އިން 13އަށެވެ. މިއަހަރު ބާއްވާ،…

ދިއްގަރު ކައުންސިލާއެކު ޖަމްޢިއްޔަތުއްސަލަފުން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޖަމްޢިއްޔަތުއްސަލަފުން މުލަކަތޮޅު ދިއްގަރު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަން ފެތުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ޤާއިމުކުރެވުނު މި ފަހުމުނާމާގެ މުއްދަތަކީ 4 އަހަރެވެ. ​މި ފަހުމުނާމާގައި ސޮއިކުރެވުނީ، މިކަމަށްޓަކައި ޖަމްޢިއްޔާގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ޖަމްޢިއްޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަމްޢިއްޔާގެ ރައީސް، އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމްއެވެ. އަދި ދިއްގަރު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް، އަޙްމަދު ނިޝާންއެވެ. ​އިއްޔެ ސޮއިކުރެވުނު…

“އަންފިލްޓަރޑް” ވޯކްޝޮޕް: މި މަހުގެ 21 އަދި 22 އަށް މިވަނީ ތައްޔާރުވެފައި!

ޢަޤީދާއާ ގުޅޭ މުހިންމު ސުވާލުތަކަށް ފުރިހަމަ ޖަވާބު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، އަޅުގަނޑުމެން އިންތިޒާމުކުރާ ޚާއްޞަ ވޯކްޝޮޕް “އަންފިލްޓަރޑް” މި އޮގަސްޓު މަހުގެ 21 އަދި 22 ގައި ބޭއްވުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. ކިންގް ސަލްމާން މިސްކިތުގެ ކޮންފަރެންސް ހޯލުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ 14 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭގޮތަށް ފުރުޞަތު ހުޅުވާލާފައިވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ ސެޝަންތައް ނަގައިދެއްވާނީ އަޅުގަނޑުމެންގެ ޖަމްޢިއްޔާގެ ތަރުޖަމާނު އައްޝައިޚް ޙަސަން…

“ބީއެމްއެލް އިސްލާމިކް – މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026” އިފްތިތާޙުކުރުން މިރޭ: ޝަރަފުވެރިކޮށްދެއްވަނީ ޑރ. ޢަލީ ޒާހިރު

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ “ބީއެމްއެލް އިސްލާމިކް – މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026” އިފްތިތާޙްކުރުމުގެ ޖަލްސާ މިރޭ އޮންނާނެއެވެ. ދާރުލްއާސާރުގައި މިރޭ 8:45 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށްފަހު މި ޙަފްލާގައި މަހާސިންތާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ޝަރަފުވެރިމެހެމާން ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި…

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި އެއްބާރުލުންދިނުމާގުޅޭ ފަހުމުނާމާއެއްގައި ހިމަންދޫ ކައުންސިލާއެކު ސޮއިކޮށްފި

ޖަމްޢިއްޔަތުއްސަލަފުން އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފިއެވެ. ދީނީ އިޖުތިމާޢީ ހޭލުންތެރިކަން ފެތުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ޤާއިމުކުރެވުނު  މި ފަހުމުނާމާގެ މުއްދަތަކީ 4 އަހަރެވެ. މި ފަހުމުނާމާގައި ސޮއެކުރެވުނީ، ހިމަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ހިމަންދޫ ޔޫތް މޫވްމަންޓް ޖަމްޢިއްޔާއާއި ހިމަންދޫ ކުލަބް ނިއު ފްރެންޑްސް ގުޅިގެން މިހަފްތާގައި އެ ރަށުގައި ކުރިއަށްގެންދާ “ހަފްތާ ބަންދު ދަރުސް” ޕްރޮގްރާމުގައި ބޭއްވުނު ރީތިކޮށް ބަންގި ގޮވަން ދަސްކޮށްދޭ ވޯކްޝޮޕް ނިންމުމުގެ ގޮތުން…

“ބީއެމްއެލް އިސްލާމިކް – މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ”ގެ އެންމެ ފަހުގެ ތައްޔާރީތައް ފެށިއްޖެ

މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026 މި އޮގަސްޓްމަހުގެ 13ވަނަ ދުވަހު ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވާން ފެށިއްޖެއެވެ. ދެ ދުވަހުގެ މުއްދަތައް ބާއްވާ މި މަހާސިންތާ ކުރިއަށްދާނީ މި އޮގަސްޓް މަހުގެ 13 އަދި 14ގައެވެ. ޢާންމުކޮށް ހުރިހާ ދާއިރާއެއްގެ މަދަނީ ޖަމްޢިއްޔާތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި މަހާސިންތާގައި ބައިވެރިވުމަށް ޖުމްލަ 34 ޖަމްޢިއްޔާއަކުން މިހާތަނަށް ވަނީ ފޯމު ހުށައަޅާފައެވެ. ފޯމު ހުށައަޅާފައިވާ ޖަމްޢިއްޔާތަކުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ނިސްބަތްވާ ޖަމްޢިއްޔާތަކާއި، އަންހެނުންނަށް…