މުސްލިމުން ވާންޖެހޭނީ، ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ވިއަސް ސަވާބާއި ދަރުމަ ހޯދާ ބަޔަކަށް – ހުކުރު ޚުޠުބާ

މުސްލިމުން ވާންޖެހޭނީ، ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ވިއަސް ސަވާބާއި ދަރުމަ ހޯދާ ބަޔަކަށް ކަމަށް ހުކުރު ޚުޠުބާގައި ނަސޭޙަތްތެރި ވެއްޖެއެވެ. “މުއުމިނުންގެ ބަސްމަގު” މި މަޢުޞޫއުއަށް ޚާއްޞަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި، ދޮގު ތެދު ބެލުމެއްނެތި، ހީއެއްގެ މައްޗަށް ބިނާކޮށް ވާހަކަ ފެތުރުމާއި އޭގެ ނުބައިކަން، އަދި އޭގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި ބެހޭގޮތުން އަލިއަޅުވާލާފައިވެއެވެ. “މީހުން ފަތުރާ ވާހަކަތަކަކީ، ދޮގެއްތޯ ނުވަތަ ތެދެއްތޯ މީސްތަކުންނެއް ނުބަލައެވެ. އޭގެ ބަދަލުގައި އެ މީހުން ބަލަނީ،…

“ސަލަފް ރިޙްލާ 2025” އދ. އަތޮޅުގައި ބޭއްވުމުގެ ފަހުމުނާމާގައި ސޮއި ކުރައްވައިފި

ޖަމްޢިއްޔަތުއްސަލަފްއިން ކުރިއަށްގެންދާ “ސަލަފް ރިޙްލާ” މިއަހަރު އަރިއަތޮޅު ދެކުނުބުރީގައި ބޭއްވުމަށް ނިންމައި، އެކަމާބެހޭ ފަހުމްނާމާގައި ސޮއިކުރައްވައިފިއެވެ. މިއަހަރުގެ އޮކްޓޫބަރު 30 އިން ނޮވެމްބަރު 3 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އދ. އަތޮޅުގައި ބޭއްވުމުގެ ފަހުމްނާމާގައި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސޮއިކުރެއްވީ ޖަމްޢިއްޔާގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ ނަޞީރުއެވެ. ސޮއި ކުރުމުގެ ރަސްމިއްޔާރު ބާއްވާފައިވަނީ…

މުޖުރިމުންނަށް އެހީދެމުން، މި އަނިޔާވެރިކަމަށް ދޫކޮށްލައިގެން ތިބޭ ތިބުމަކީ ޢަޖައިބު ވާންޖެހޭކަމެއް! – އައްޝައިޚް އަޙްމަދު ސަމީރު

ﷲ ބާވައިލެއްވި ފޮތް ބަދަލުކޮށް، ރަސޫލުބޭކަލުން ޤަތުލު ކުރިބައެއްގެ ކިބައިގައި އިންސާނިއްޔަތު ކަމެއް ނެތުމީ ޢަޖައިބުވާންވީ ކަމެއް ނޫން ކަމަށާއި، ޢަޖައިބަވާންވީ ކަމަކީ މުޖުރިމުންނަށް ޢަސްކަރީ އަދީ ޤާނޫނީ އެހީދެމުން މި އަނިޔާވެރިކަމަށް ދޫކޮށްލައިގެން ތިބޭ ތިބުމާމެދު ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޖަމިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު މިހެން ވިދާޅުވެފައި ވަނީ، ޣައްޒާގެ ޙިޞާރު ފޫއަޅުވާލައި، އިންސާނީ އެހީގެ ތަކެއްޗާއެކު އެޤައުމަށް ހިތްވަރާއެކު ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމުދް ފްލޮޓިލާގެ ބޯޓުތަކަށް…

މިހަފްތާގެ ހަފްތާބަންދު ދަރުސްތައް 3 ރަށެއްގައި ކުރިއަށް ގެންގޮސްފި

ރާއްޖޭގެ ރަށްތަކުގައި، ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދާ، ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް، މިހަފްތާގައި 3 ރަށެއްގައި ކުރިއަށް ގެންގޮސްފިއެވެ. ސެޕްޓެމްބަރ 25 އިން 27 އަށް ކުރިއަށް ގެންދެވުނު މި ހަފްތާގެ ޕްރޮގްރާމް ބޭއްވިފައިވަނީ  ކ. ދިއްފުށި، މ. ވޭވަށް އަދި ހދ. ވައިކަރަދޫގައެވެ. މިގޮތުން ދިއްފުށީގައި ބޭއްވިފައިވަނީ މިސްކިތު ދަރުސްތަކެވެ. މި ދަރުސްތައް ދެއްވާފައިވަނީ، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު، އައްޝައިޚް މުޙައްމަދު މަންޞޫރު އާދަމްއެވެ. އަދި މ. ވޭވަށުގައި ވެސް ވަރަށް ޚާއްޞަ ދަރުސްތަކެއް ވަނީ…

ޝައުގުވެރިވާނެ އެތައް ޙަރަކާތްތަކާއެކު ބޭއްވި “ފުރުސާން ކޭމްޕް” ވަރަށްވެސް ކާމިޔާބު

“ފުރުސާން އޯވަރނައިޓް ކޭމްޕް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޖަމްޢިއްޔަތުއްސަލަފުން، އަތޮޅުތަކުގައި ކުރިއަށް ގެންދާ، ހަފްތާ ބަންދު ދަރުސް ޕްރޮގްރާމްގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވުނު މި ކޭމްޕު ބޭއްވުނީ، ހދ. ވައިކަރަދޫގައެވެ. ވައިކަރަދޫގެ ޒުވާން ކުދިންނަށް ޢަމާޒުކޮށްގެން ކުރިއަށްގެންދެވުނު މި ކޭމްޕުގައި ޖުމްލަ 40 ކުދިން ބައިވެރިވެފައި ވެއެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވުނު މި ކޭމްޕު ބޭއްވިފައިވަނީ 25 އަދި 26 ސެޕްޓެމްބަރ ގައެވެ. މުނިފޫހިފިލާނެ ފަދަ މަޖާ ހަރަކާތްތަކާއެކު، އިސްލާމީ ނަޒަރަކުން ކަންކަން އޮޅުންފިލުވައިދީ، އަދި…

މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭގޮތަށް ޤަވާޢިދު އިޞްލާޙުކުރުމާ ގުޅިގެން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވައިފި

ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުން ހެދުން އެޅުމާބެހޭ ޤަވާއިދަށް އިޞްލާޙުގެނެސް، މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭގޮތަށް ޤަވާޢިދު އިޞްލާޙު ކުރުމާގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށާއި، ސިވިލް ސާވިސް ކޮމިޝަނާއި އަދި އެކަމަށް ބާރުއަޅުއްވައި، މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ޝުކުރު އަދާކުރައްވައިފިއެވެ. ޝުކުރުއަދާކުރައްވައި، އިއްޔެ، އައްޝައިޚް އަޙްމަދު ސަމީރު، އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރައްވާ ޕޯސްޓުގައި، މި މާއްދާއަކީ، ކުރީގެ ސަރުކާރު ތަކުން ދަތިކުރަމުން…

ބެލެނިވެރިންނާއި ދަރިވަރުންނަށް ޚާއްޞަ ޙަރަކާތްތަކާއެކު، ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް، 3 ރަށެއްގައި ކުރިއަށް ގެންގޮސްފި

އަތޮޅުތަކަށް ޚާއްޞަކޮށްގެން ޖަމްޢިއްޔަތުއްސަލަފުން ކޮންމެ ހަފްތާއަކު ކުރިއަށްގެންދާ ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް، މިހަފްތާގައި 3 ރަށެއްގައި ކުރިއަށް ގެންގޮސްފިއެވެ. 10 ސެޕްޓެމްބަރ އިން 14 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށް  ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ހިނގަމުންދަނީ، ށ. މަރޮށި، އދ. މަންދޫ އަދި އއ. ހިމަންދޫގައެވެ. ށ. މަރޮށީގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވާފައިވަނީ ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް ސާޖިދު މުޙައްމަދުއެވެ. އަދި އދ. މަންދޫއާއި އއ. ހިމަންދޫގައި ކުރިއަށްގެންދެވުނު ޕްރޮގްރާމްތައް…

މަރު އައިސް ތިބާއާއި ބައްދަލުކުރާނެ ކަމާމެދުގައި ޣާފިލުވެފައި ހުރުމަކީ، މަރުގެ މުޞީބާތަށްވުރެ ބޮޑު މުޞީބާތެއް: އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު

މަރުގެ މުޞީބާތައްވުރެ ބޮޑުވެގެންވާ މުސީބާތަކީ އެމަރު އައިސް ތިބާއާއި ބައްދަލުކުރާނެ ކަމާމެދުގައި ތިމާ ޣާފިލުވެފައި ހުރުމުގެ މުސީބާތް ކަމުގައި ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ވިދާޅުވެއްޖެއެވެ. “ލޯ މަރާލަންޖެހޭނޭ” މި ނަމުގައި ރޭ، އާޓިފިޝަލް ބީޗުގައި ބޭއްވި ދަރުހުގައި، ވާހަކަފުޅު ދައްކަވަމުން، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ވިދާޅުވީ، އަޅުގަނޑުމެންގެ ކުރިމަތީގައިވާ އެންމެ ބޮޑު ޔަޤީންކަމަކީ އަޅުގަނޑުމެންގެ ލޯ މަރާލަން ޖެހުން ކަމަށާއި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކާއި ކަނޑައެޅިގެން ބައްދަލު ކުރާނެ ވަޤުތަކީ…

މާލޭގައި ބޮޑު ދަރުހެއް ބާއްވަނީ

ޢާންމުންނަށް ހުޅުވާލައިގެން ބާއްވާ ބޮޑު ދަރުސް ސިލްސިލާގެ ތެރެއިން ދަރުހެއް ބޭއްވުމަށް ޖަމްޢިއްޔަތުއްސަލަފުން އަންނަނީ ތައްޔާރު ވަމުންނެވެ. “ލޯ މަރާލަން ޖެހޭނޭ” މި މައުޟޫއަށް ބާއްވާ މި ޚާއްޞަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ، 12 ސެޕްޓެމްބަރ 2025 ވާ ހުކުރު ދުވަހުގެ ރޭ، 9:00ގައި، އާޓިފިޝަލް ބީޗުގައެވެ. “ލޯ މަރާލަން ޖެހޭނޭ” މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު އެވެ. ދާރިސްޓީވީ އިން ދަރުސް ވަޤުތުން ދައްކާގޮތަށް ހަމަޖެހިފައިވާއިރު،…

މި ހަފްތާގެ “ހަފްތާ ބަންދު ދަރުސް” ޕްރޮގްރާމް ލ އަދި އއ ގައި

ޖަމްޢިއްޔަތުއްސަލަފުން، އަތޮޅުތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް، މި ހަފްތާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލ. ގަން އަދި އއ. ތޮއްޑޫގައެވެ. މިހަފްތާ ޕްރޮގުރާމުގައިވެސް މުޙިއްމު މަޢުލޫތަކެއްގެ މައްޗައް ދެވޭ ވަރަށް ޚާއްޞަ ދަރުސްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ގަމުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރުގެ އިތުރުން، ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު، އައްޝައިޚް އާދަމް ބަޝީރުއެވެ. އަދި ތޮއްޑޫގައި ދަރުސް…

އަމިއްލައަށް ރޭސިންގކާރެއް ތައްޔާރުކުރި ދަރިވަރަށް އައްޝައިޚް އަޙްމަދު ސަމީރުގެ މަރުޙަބާއާއި ތަޢުރީފު

އޯލެވެލް ނިންމައި އަމިއްލައަށް ރޭސިންގ ކާރެއް ތައްޔާރުކުރި ދަރިވަރަށް އައްޝައިޚް އަޙްމަދު ސަމީރު މަރުޙަބާ ވިދާޅުވެއްޖެއެވެ. ދަރިވަރަށް ތަޢުރީފު ވިދާޅުވެ، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޖަމިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެފައިވަނީ، “އަޙްމަދު އައިޒަން އަމްޖަދަށް މަރުޙަބާއާއި އައްސަރިބަހާއި ސާބަސް، މިފަދަ އުފެއްދުންތެރި ޒުވާނުން އިތުރުވާންޖެހޭ” ކަމަށެވެ. އައްޝައިޚް އަޙްމަދު ސަމީރު ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ދަރިވަރުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ ވަނަތަކުގައި ވާދަކުރާއިރު އަމިއްލައަށް…

ދަރިވަރުން ފަރުވާތެރިކަމާއެކު ޤުރުއާނަށް ސަމާލުކަން ދިނުމަށް، އައްޝައިޚް އަޙްމަދު ސަމީރު އެދިވަޑައިގެންފި

ހުރިހާ ދަރިވަރުންވެސް ވަރަށް ފަރުވާތެރިކަމާއެކު ޤުރުއާނަށް ސަމާލުކަން ދިނުމަށް، އައްޝައިޚު އަޙްމަދު ސަމީރު އެދިވަޑައިގެންފިއެވެ. ޝައިޚު މިފަދައިން އެދިވަޑައިގެންފައިވަނީ، އއ. ރަސްދޫގައި މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދެވުނު، 30 ވަނަ އަރިއުތުރު ޤުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވަޑައިގެން އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. “ހުރިހާ ކުދިންވެސް ބަރާބަރަށް ޤުރުއާން ކިޔަވައި، ޤުރުއާން ހިތުދަސްކޮށް، ޤުރުއާނާއެއްކޮށް ގިނަ ވަޤުތު ހޭދަކޮށް، ޤުރުއާން ކިޔަވަން އޮންނަ ގަޑި އެއީ…