“ސަލަފް ރިޙްލާ 2026″ގެ ޙަރަކާތްތަކުގައި ބައިވެރިވެގެން، ޔަމަހާ ސައިކަލެއް ލިބުމުގެ ފުރުޞަތު
ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، މި ހިނގާ ނޮވެމްބަރ މަހުގެ 11 އިން 14 އަށް ކުރިއަށްގެންދާ “ސަލަފް ރިޙްލާ 2026″ގައި ހިމެނޭ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ޔަމަހާ ފްރީގޯ (ސިލްވަރ) ސައިކަލެއް ދޭ ގޮތަށް ހަމަޖެހިއްޖެއެވެ. މިއީ ސަލަފް ރިޙްލާ މިއަހަރުގެ މެއިން ސްޕޮންސަރ އެލިއާ އިންވެސްޓްމަންޓުން ހަދިޔާ ކޮށްފައިވާ ސައިކަލެކެވެ. ބ. އަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތަކާއި، ފޭލި ޖަމްޢިއްޔާއާއި ހިތާދޫ އައިލެންޑް މޫވްމަންޓްގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ…


















