އެންމެ މާތް ދިހަ ދުހުގެ ދަރުސް ސިލްސިލާ “އައްދައުރާ އަލްޢިލްމިޔާ 2” ފެށިއްޖެ!
ޙައްޖު މަހުގެ ފުރުތަމަ ދިހަ ދުވަހަށް އަމާޒުކޮށްގެން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިޔަށްގެންދާ ސިލްސިލާ ދަރުސް “އައްދައުރާ އަލްޢިލްމިޔާ” ގެ ދެވަނަ ދައުރާ މިއަދު ފެށިއްޖެއެވެ. ޖުމްލަ ހަތް ދަރުސް ހިމެނޭ މި ދަރުސް ސިލްސިލާ މި އަހަރު ކުރިޔަށް ގެންދަނީ މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގައެވެ. “އައްދައުރާ އަލްޢިލްމިއްޔާ 2″ގެ ފުރަތަމަ ދަސްރު ދެއްވާފައިވަނީ ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ.ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ. ކޮންމެ ދުވަހެއްގެ ޢަޞްރު…