ނަރަކައިގެ ވޭންދެނިވި ޢަޛާބު
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ނަރަކައަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވާ އަޅުތަކުންނަށް، އެއިލާހު ތައްޔާރުކުރައްވާފައިވާ ޢަޛާބުގެ ގޮވައްޗެވެ. ދުނިޔޭގެ އަލިފާނަކީ ނަރަކައިގެ އަލިފާން ހަނދުމަކޮށްދެނިވި އެއްޗެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ ﴿٧١﴾ أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِئُونَ ﴿٧٢﴾ نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ ﴿٧٣﴾ [سورة الواقعة] މާނައީ: “ތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން…