“ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން” ބޭއްވުމުގެ ތައްޔާރީތައް ވާން ފެށިއްޖެއެވެ. މިއީ އަހަރަކު އެއްފަހަރު ބާއްވާގޮތަށް، ފާއިތުވި 2025 ވަނަ އަހަރު ފެށުނު ބައްދަލުވުމެކެވެ.
ފާއިތުވި އަހަރެކޭ އެއްފަދައިން މިއަހަރުވެސް، ރާއްޖޭގެ އެކިހިސާބުތަކުން، އަޅުގަނޑުމެން ޖަމްޢިއްޔާއެކެވެ، މަސައްކަތް ކުރައްވަމުން އަންނަ 60 އަށްވުރެ ގިނަ ޢިލްމުވެރީން މިއަހަރުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބައްދަލުވުން އޮންނާނީ، މި ހިނގާ ސެޕްޓެމްބަރ މަހުގެ 10 އިން 13އަށެވެ.
މިއަހަރު ބާއްވާ، ދުޢާތުންގެ މަޖިލީޙުގެ 2ވަނަ އަހަރީ ބައްދަލުވުމުގައި، ރާއްޖެއިން ބޭރުގެ 4 ޢިލްމުވެރިއަކު ބައިވެރިވެ ވަޑައިގެން އެބޭފުޅުންގެ، ޢިލްމީ، ފަންނީ އަދި މައިދާނީ ތަޖުރިބާ ޙިއްސާކުރައްވާނެއެވެ.
ދުޢާތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި، ދެމެހެއްޓުމާއި، ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނުގެ ކަންކަމުގައި ކުރިމަތިކުރެވޭ ގޮންޖެހުންތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ މަތިވެރި މަޤްޞަދުގައި އެކުލަވާލެވިފައިވާ މަޖިލީހެކެވެ. މީގެ އިތުރުން، ޢިލްމުވެރީންގެ ބައިވެރިވުން އިތުރުކޮށް އިސްލާމްދީނުގެ ރިވެތި އަޚުލާޤިއްޔާތުގެ ތެރެއިން ދީނީ ދަޢުވަތުގެ ކަންކަން ހިންގައި، ފުޅާކުރުމުގެ ބޭނުމުގައި އެކުލަވާލާފައިވާ ވަރަށް މުހިއްމު ޢިލްމީ ހިޔާވައްސެއްކެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުމުގެ ޓައިޓްލް ސްޕޮންސަރ ކުރައްވާފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ. އޮފިޝަލް ޕާޓްނަރުގެ ގޮތުގައި އެޗް.ޑީ.ސީއިން ބައިވެރިވެލައްވާއިރު، މީޑިއާ ޕާޓްނަރުގެ ގޮތުގައި ބައިވެރިވެލައްވަނީ ދާރިސްޓީވީންނެވެ.

