ޤައުމުގެ ވެރިޔާއަށް ޙައްދުތައް މާފުކޮށްދެވިދާނެތަ ؟
މުޖުތަމަޢު އަމާންއޮމާންކޮށް ކުރިއަރައި އިސްލާމީ ވެށީގެ ތެރޭގައި ދެމިތިބުމަށްޓަކައި ކުށްވެރިންނަށް އަދަބު ދިނުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ވަރަށްވެސް މުހިންމު އިލާހީ ހުކުމެކެވެ. މިގޮތުން މީހުން މަރާމީހުންނާއި ވައްކަންކުރާ މީހުންނާއި ޒިނޭފަދަ ކަންތައްތައް ކުރާމީހުންނަށް ޝަރީޢަތުގައި ވަނީ ޙުކުމްތަކެއް ކަނޑައަޅުއްވާފައެވެ. އިސްލާމީ ޝަރީޢަތުގައިވާ ކަނޑަ އަޅުއްވާފައިވާ މިފަދަ ޙައްދުތަކުގެ ތެރެއިން ޙައްދެއް މީހެއްގެ މައްޗަށް ޝަރީޢަތުން ސާބިތުވުމަށްފަހު އެޙައްދެއް މާފުކޮށްދިނުމަކީ ވެރިޔަކަށް ހުންނަ މީހަކަށް ކުރެވިދާނެ ކަމެއް ނޫނެވެ. އަދިކިއެއްތަ؛ ވެރިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އެތަންފީޒުކުރުމެވެ.…






