الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޕްރޮޓޮކޯލްތަކަކީ ޔަހޫދީންގެ ދީނީ މަޞްދަރުތަކެއްކަމުގައި ބަލާ އެއްޗެއް ނޫނެވެ. ނަމަވެސް އެއީ މިހާރު އޮތް ތައުރާތުގައި ހުރި ބަދަލުކުރެވިފައިވާ ވާހަކަތަކާއި، ތަލްމޫދުގައި [1] ހުރި ދޮގު، މަގުފުރެދިފައިވާ ވާހަކަތަކުގެ ނަތީޖާއެވެ. އަދި މިޕްރޮޓޮކޯލްތައް ބެލެވިފައިވަނީ ޔަހޫދީ ޒަޔޯނިސްޓުންގެ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި ބޭނުންކުރާ ޢަމަލީ ރޭވުންތައްކަމުގައެވެ.
ތަޢާރުފް
البُرُوْتُوْكُوْلَاتِ (protocols): މިއީ البُرُوْتُوْكُوْل (protocol) ގެ ގިނަ ގޮތެވެ. މިއީ އިނގިރޭސި ކަލިމައެކެވެ. މާނައަކީ: ކޮންފެރެންސެއްގެ ރިޕޯޓް، ޑްރާފްޓް ކޮޕީ – މުޢާހަދާއެއްގައި އިތުރުކުރެވިފައިވާބައި (appendix) ނުވަތަ މިފަދަ މާނައެކެވެ.
ޒަޔޯނިސްޓް ޙިކްމަތްތެރިންގެ ޕްރޮޓޮކޯލްތަކުގެ(The Protocols of the Elders of Zion) މުރާދަކީ: ޒަޔޯނިސްޓް ލީޑަރަކު ޒަޔޯނިސްޓުންތަކަކަށް ދިން ބަސްދީގަތުމެއްގެ ލިޔެކިޔުންތަކެކެވެ. އެއީ އެއާ އެއްގޮތަށް ޢަމަލުކޮށް ދުނިޔޭގެ މައްޗަށް ނުފޫޒު ފޯރުވާނެ ގޮތާ ބެހޭގޮތުންނެވެ.
ލިޔެރައްކާކުރެވުނު ގޮތް
ބުރަވެވޭ ގޮތުގައި މި ލިޔެކިޔުންތަކަކީ (ޕްރޮޓޮކޯލްތަކަކީ) ޒަޔޯނިސްމްގެ އިސް ލީޑަރުންނަށް ސްވިޓްޒަލަންޑްގެ ބާސެލް (Basel) ގައި މީލާދީ ގޮތުން 1897 ވަނަ އަހަރުގައި ބޭއްވުނު ބައްދަލުވުމެއްގައި ހުށަހެޅުނު ލިޔެކިޔުންތަކެކެވެ.
ޒަޔޯނިސްޓުންގެ ތެރެއިން އެންމެ ބޮޑަށް ހައްދު ފަހަނައަޅާފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 300 މީހުން މިބައްދަލުވުމަށް ޙާޟިރުވެފައިވެއެވެ. އެއީ ޔަހޫދީ 50 ޖަމްޢިއްޔާ ތަމްޘީލުކުރުމުގެ ގޮތުންނެވެ. މިލިޔުން ލިޔުނު ވަކިމީހެއް އެނގޭކަށްނެތެވެ.
މަޤްޞަދު
މިކަމުގެ މަޤްޞަދަކީ ދުނިޔެ އަޅުވެތިކުރުމަށް ރޭވިފައިވާ ރޭވުން ޒަޔޯނިސްޓުންނަށް ހާމަކޮށްދިނުމެވެ. އަދި އެއަށްފަހު އެބައިމީހުންގެ ނުފޫޒުގަދަވުމުން ބާރު ހިންގާނެގޮތް ބަޔާންކުރުމެވެ.
ލިޔެކިޔުންތައް ފަޅާއަރާ ފެތުރިގެން ދިޔުން
މިލިޔެކިޔުންތައް (ޕްރޮޓޮކޯލްތައް) ފަޅާއެރީ މީލާދީން 1901 ވަނަ އަހަރުގައެވެ. އެއީ ފަރަންސޭސި އަންހެނަކަށް މި ލިޔެކިޔުންތައް ފެނުމުންނެއެވެ. ޒަޔޯނިސްޓުންގެ އިސްވެރިއަކާއެކު އޭނާ ބައްދަލުވުމަކަށް ދިޔައެވެ. އެއީ ޕެރިސްގަ އޮތް ފްރީމޭސަންސްގެ ސިއްރު ބައްދަލުވުމެކެވެ. އެ އަންހެންމީހާ ސިއްރުން އެ ލިޔެކިޔުންތަކުގެ ބައެއް ނަގައިގެން ފިލިއެވެ. އަދި އަޅުގަނޑުމެންނަށް މިހާރު ފެންނަން ހުރި ލިޔެކިޔުންތަކަކީ އެއީއެވެ.
މި ލިޔެކިޔުންތައް ދެން އެރީ އެލެކްސް ނިކޮލަވިޗްގެ އަތަށެވެ. އެއީ ރޫސީވިލާތުގެ ރަސްކަމުގެ ދުވަސްވަރު އިރުމަތީ ރޫސީވިލާތުގެ އިސްމީހެކެވެ. އެދުވަސްވަރަކީ ޔަހޫދީންނާ ދެކޮޅަށް ރޫސީވިލާތުން ޔަހޫދީންގެ ފަސާދައާ ރޭވުންތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުން ދިޔަ ދުވަސްވަރެކެވެ. މި ލިޔެކިޔުންތައް އޭނާއަށް ފެނުމުން، އޭނާގެ ޤައުމަށާއި މުޅި ދުނިޔެއަށް އޮތް ނުރައްކާތެރިކަމުގެ ބޮޑުކަން އިޙްސާސްވިއެވެ. އަދި އޭނާގެ ގާތް ރައްޓެއްސެއްކަމުގައިވާ ރޫސީވިލާތުގެ އަދީބަކަށް (ސޭޖީ ނޭލޯސްއަށް) އެތަކެތި ހަވާލުކުރިއެވެ. އޭނާ އެ ދިރާސާކުރުމަށްފަހު އޭގެ ނުރައްކާތެރިކަން އިހްސާސްވުމުން ރޫސީ ބަހަށް އެތަރުޖަމާކުރިއެވެ.
އެ ފެށިފައިވަނީ ރޫސީވިލާތުގެ ރަސްކަން ކޮމިއުނިސްޓުންގެ އަތް މައްޗަށް ވެއްޓޭނެކަމުގެ ޚަބަރުންނެވެ. އަދި އެތަނުގައި އަނިޔާވެރި ވެރިކަމެއް ކުރުވޭނެކަމާ އަދި އެތަނަކީ ދުނިޔޭގެ ފަސާދަތަކާއި ރޭވުންތައް ރޭވޭ މަރުކަޒަކަށް ހެދިގެންދާނެކަމަށް އޭގައި ވެއެވެ.
އަދި ހަމަ އެފަދައިން އިސްލާމީ ޚިލާފަތު ވެއްޓޭނެކަންވެސް އޭގައި ވެއެވެ. އަދި ފަލަސްޠީނުގައިވާ އިޒްރޭލުގެ ދައުލަތެއް ޤާއިމުކޮށް ޔޫރަޕުގެ ރަސްކަންތައް ވެއްޓުންވެސްމެއެވެ. އަދި ދުނިޔޭގައި ބައިނަލްއަޤްވާމީ ހަނގުރާމަތަކެއް ފެށި އޭގައި ބައިވެރިވާ ދެފަރާތްވެސް ހަލާކުވެގެންދާނެކަން އޭގައި ވެއެވެ. އޭގެން ޔަހޫދީން ނޫން ބަޔަކަށް ފައިދާއެއް ނުކުރާނެއެވެ.
އަދި ހަމަ އެފަދައިން ދުނިޔޭގައި އިޤްތިޞާދީ ކޮޅިގަނޑުތައް ފެތުރުމާ އަދި ޔަހޫދީން ފޮރުވައިގެން ގެންގުޅޭ ރަނުގެ މައްޗަށް ބިނާކޮށް ދުނިޔޭގެ އިޤްތިޞާދު ބިނާކުރުމާ އަދި އެނޫންވެސް އެފަދަ ވާހަކަތަކެއް ވެއެވެ .
* އެންމެ ފުރަތަމަ މިފޮތް ޗާޕުކުރެވުނީ މީލާދީން 1902ވަނަ އަހަރުގައި ރޫސީ ބަހުންނެވެ. އެއީ ވަރަށް މަދު ކޮޕީތަކެކެވެ. އެތަކެތި ޔަހޫދިންނަށް ފެނުމުން އެކަމާ ވަރަށް ހިތްހަމަ ނުޖެހުނެވެ. އަދި އެފޮތަށް ރައްދުދޭންފެށިއެވެ. އަދި އެފޮތުގެ ޞައްޙަކަމާމެދު ޝައްކު އުފެއްދިއެވެ. ނަމަވެސް އެއީ އެބައިމީހުންނަށް ޞައްޙަކޮށް ނިސްބަތްކުރެވިފައިވާ ފޮތެއްކަން ކަންތައްތައް ހިނގަމުން ދާގޮތް ހެކިވެއެވެ. މީގެ ސަބަބުން ރޫސީވިލާތުގެ ރަސްކަމުގެ ފަރާތުން ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. މިގޮތުން ބައެއް ޤަތުލުޢާންމުތަކުގައި ދިހަހާހަކަށް މީހުންވެސް މަރާފައިވެއެވެ.
* ދެވަނަ ފަހަރަށް މިފޮތް ޗާޕުކުރެވުނީ މީލާދީން 1905 ވަނަ އަހަރުގައެވެ. ވަރަށް ހީނުކުރާގޮތްގޮތުންނާއި ވަސީލަތްތަކުގެ ޛަރީޢާއިން މިފޮތް ހުސްވެގެން ދިޔައެވެ. އެހެނީ ޔަހޫދީން އެފޮތްތައް ބާޒާރުތަކުން ހޯދައިފައި އަންދާލީއެވެ.
* ދެންވެސް މީލާދީން 1922 ވަނަ އަހަރުގައިވެސް މިފޮތް ޗާޕު ކުރެވުނެވެ. ހަމަކުރިން ބަޔާންކުރެވެނު ފަދައިން އެވެސް ހުސްވީއެވެ.
* ދެން މިފޮތް ޗާޕުކުރެވުނީ މީލާދީން 1917 ވަނަ އަހަރުގައެވެ. ފަހެ އެފަހަރު އެކަންކުރީ ކޮމިއުނިސްޓުންނެވެ. އޭރު އެބައިމީހުންވަނީ ރަސްކަލުންގެ އަތުން ވެރިކަން ހޯދާ އެތަނުގެ ރަސްކަން ވައްޓާލާފައެވެ.
* ރަޝިޔާގައި މީލާދީން 1905 ވަނަ އަހަރު ކުރެވުނު ޗާޕުގެ ކޮޕީއެއް ލަންޑަންގައި ހުންނަ އިނގިރޭސިވިލާތުގެ ދާރުލްއާޘާރަށް (މިއުޒިއަމްއަށް)ވަނީ ފޯރާފައެވެ. އަދި 1906 ވަނަ އަހަރުގައި އެތަނުގެ ރަސްމީ ސިއްކަ އޭގައި ޖެހިފައިވެއެވެ.
ރޫސީވިލާތުގައި 1917 ގައި ހިނގި އިންގިލާބާ ހަމައަށް، އެގޮތުގައި އެކޮޕީ އެތަނުގައި އިހުމާލުކޮށްލާފައި އޮތެވެ. ފަހެ “މޯނިންގް ޕޯސްޓު” ނޫހުގެ ފަރާތުން އެނޫހުގެ ރިޕޯޓަރެއްކަމުގައިވާ ވިކްޓަރ މާސްޑެންގެ ގާތުން ރޫސީވިލާތުގެ އިންގިލާބުގެ ޚަބަރެއް ހެދުމަށް އެދުނެވެ. ރޫސީވިލާތާ ބެހޭ ވަރަށް ގިނަ ފޮތްތައް އޭނާ މުޠާލިޢާ ކުރިއެވެ. އެފޮތްތަކުގެ ތެރޭގައި ދާރުލްއާޘާރުގައި އޮތް ޕްރޮޓޮކޯލްތަކާބެހޭ ފޮތްވެސް އޮތެވެ. އޭނާއަށް އެފެނުމުން އޭގެ ނުރައްކާތެރިކަން ތަޞައްވަރު ކުރެވުނެވެ. އަދި އެފެތުރި ފަރާތުން ބުނެފައިވާ ފަދައިން ކޮމިއުނިސްޓުންގެ އަތަށް ރޫސީވިލާތުގެ ރަސްކަން ވެއްޓިގެން ދިޔަކަން އެނގުނެވެ. އޭނާ އޭތި އިނގިރޭސި ބަހަށް ތަރުޖަމާކުރިއެވެ. އަދި ފަސް ފަހަރަށް އެޗާޕުކުރިއެވެ. އެންމެ ފަހު ފަހަރުކުރީ މީލާދީން 1921 ގައެވެ. ދެން އެއަށްފަހު އެމެރިކާ އަދި އިނގިރޭސިވިލާތުގެވެސް އެއްވެސް ނޫހަކަށް އެފަތުރާކަށް ނުކެރުނެވެ.
* އެ ފޮރުވަން ޔަހޫދީން މަސައްކަތްކުރިނަމަވެސް ވަރަށް ގިނަ ބަސްބަހުން އެވަނީ ޗާޕުކުރެވިފައެވެ. އެގޮތުން ޖަރުމަނު ބަހާއި ފަރަންސޭސި ބަހާއި އިޓަލީ ބަހާއި ޕޮލަންޑު ބަސް ހިމެނެއެވެ.
* އެންމެ ފުރަތަމަ ޢަރަބި ބަހަށް އެ ތަރުޖަމާކުރެވުނީ މީލާދީގޮތުން 1921 ވަނަ އަހަރު އިނގިރޭސި ބަހުން ކުރެވުނު ޗާޕުންނެވެ. އަދި މީލާދީގޮތުން 1951 ގައި ތޫނިސްގެ ބޭފުޅެއްކަމުގައިވާ އުސްތާޛް މުޙައްމަދު ޚަލީފާވެސް އެ ތަރުޖަމާކޮށް ޗާޕުކުރިއެވެ. އެފޮތް ފެއްޓެވުމުގެ ގޮތުން މުޤައްދިމާއެއް އެބޭފުޅާ ލިޔުއްވާފައިވެއެވެ. އޭގައި އެފޮތުގެ ތާރީޚުވަނީ ޝަރަޙަކޮށްދެއްވާފައެވެ. އަދި ޔަހޫދީންގެ ޙާލާއި، ފަހުގެ ޔަހޫދީންގެ ޙާލު ބަޔާންކުރައްވާފައިވެއެވެ. އަދި ގިނަ ދައުލަތްތަކުގައި އެބައިމީހުން އަތްގަދަކޮށްފައިވާ ގޮތްވެސް ބަޔާންކޮށްފައިވެއެވެ.
ޒަޔޯނިސްޓު ރޭވުންތަކުގެ ބައެއް ސުރުޚީތައް
ވަރަށް ގިނަ ޤަރުނުތަކެއްގެ ކުރިން ފެށިގެން ޔަހޫދީން ދިޔައީ ދުނިޔޭގެ މައްޗަށް ހަންފަތުރާނެ ގޮތެއް ފަރުމާކުރަމުންނެވެ. ޙާލަތާ ގުޅޭގޮތުން ދުވަސްވަރަކަށްފަހު ދުވަސްވަރަކު އެބައިމީހުންގެ އިސްމީހުން އެ ރޭވުންތައް އިޞްލާޙުކުރެއެވެ.
ޔަހޫދީން މަސައްކަތް ކުރަމުންދަނީ ހުރިހާ ކަންކޮޅުތަކެއްގައިވާ ސަރުކާރުތައް ޚަރާބުކުރުމަށެވެ. އަދި އެސަރުކާރުތަކުގެ ބަދަލުގައި ޔަހޫދީންގެ ބާރުވެރި ރަސްކަމެއް ޤާއިމުކުރުމަށެވެ. އަދި ސަރުކާރުތައް ހަލާކުކުރުމަށް އެބައިމީހުން ހުރިހާ ވަސީލަތެއް ތައްޔާރުކުރެއެވެ. ޚާއްޞަގޮތެއްގައި ރަސްކަންތަކެވެ. އެ ވަސީލަތްތަކުގެ ތެރޭގައި:
– ރައްޔިތުންނަށް އަނިޔާވެރިވުމަށް ރަސްކަލުންނަށް ބާރު އެޅުން.
– ރައްޔިތުން ރަސްކަލުންނާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދިނުން. އެކަމުގައި އެހީވުމުގައި ވާގި ހޯދަނީ މިނިވަންކަމާ ހަމަހަމަކަމުގެ ދަޢުވާތަކުންނެވެ. އަދި އެކަންކަން މާނަކުރާނީ ދެފަރާތަށް އުނދަގޫވާފަދަ ޚާއްޞަ ތަފްސީރުތަކަކުންނެވެ. އަދި މަސައްކަތް ކުރާނީ ވެރިކަމުގެ ބާރާއި ރައްޔިތުންގެ ބާރު ދެކޮޅުވެރިކަމުގައި ބޭއްވުމަށެވެ.
– ވެރިންނާއި ރައްޔިތުންގެ ތެރެއިން އިސްފަރާތްތައް ފަސާދަކުރުން.
– ޔަހޫދީން ފިޔަވާ އެހެން މީހުންގެ ތެރެއިން ފާޅުވާ ކޮންމެ ތޫނުފިލިކަމަކާ ދެކޮޅަށް ހަނގުރާމަކޮށް، އެކަމުގައި މުދަލާއި އަންހެނުންނާއި ޖާހާއި މަކަރުން ވާގިހޯދައި އަދި އެނޫނަސް ފިތުނަ ކުރުވަނިވި ވަސީލަތްތަކުންވެސް ވާގި ހޯދުން.
ނުބައިކަންތަކާއި ޚިލާފުތަކުގެ ‘އޮށް’ ހުރިހާ ދައުލަތެއްގައި އިންދުން. އެކަން ކުރާނީ ސިޔާސީ، ދީނީ، ފަންނީ، ކުޅިވަރު، އަދި ފްރީމޭސަންސްގެ ޙަފްލާތަކާއި ބައްދަލުވުންތަކުގެ ޛަރީޢާއިންނެވެ.
އެބައިމީހުން ދެކޭގޮތުން އަދުގެ ގިނަވެރިކަމަކީ ފަސާދަވެފައިވާ ވެރިކަންތައްކަމުގައި ވާތީ އެވެރިކަންތައް އިތުރަށް ފަސާދަކުރުން ވާޖިބުވެގެންވެއެވެ. އެއީ ޔަހޫދީ ރަސްކަމެއް ޤާއިމުވަންދެނެވެ. އެއީ އޫރުޝަލީމު އޭގެ މަރުކަޒެއްކަމުގައި ހަދައިގެންނެވެ. އަދި އެއަށްފަހު އަބަދުގެ އަބަދަށް އެވެރިކަން ރޯމްއަށް ބަދަލުކުރާނީއެވެ.
ޗާޕްކުރުމާއި ޝާއިޢުކުރުމާއި ނޫސްވެރިކަމާއި ސްކޫލްތަކާއި ޖަމްޢިއްޔާތަކާއި ޑްރާމާތަކާއި ސިނަމާ ކުންފުނިތަކާއި އެންމެހާ ޢިލްމުތަކާއި ޤާނޫނުތަކާއި ޓެކްސްތަކާ އަދި އެނޫނަސް އެފަދަ ހުރިހާ ވަސީލަތެއް ޔަހޫދީންގެ އަތްދަށަށް ގެނައުން ވާޖިބުވެގެންވެއެވެ. އެއީ އެބައިމީހުންގެ ފިކުރުތަކާއި ޢަޤީދާތައް ފެތުރުމަށްޓަކައެވެ.
ޔަހޫދީންގެ އަތްދަށުގައިވާ ރަނަކީ އެންމެ ވަރުގަދަ ހަތިޔާރެވެ. އެއީ ޢާންމު ވިސްނުން ބަދަލުކުރުމަށާއި ޒުވާނުން ފަސާދަކުރުމަށާއި ދީނާއި ޟަމީރުތަކުގެ މައްޗަށް ގަދަކަން ހޯދުމާއި ޢާއިލީ ގުޅުންތައް ނައްތާލުމާއި ޖަނަވާރު އުސޫލުތަކުގެ މަތިން ގެއްލުންކުރުވަނިވި ޝަހްވަތުން މީސްތަކުން ހައްލާލުމާއި މުޑުދާރު ޢަމަލުތައް ފެތުރުމާއި ފަސާދަކުރުމަށެވެ. އެއީ ޔަހޫދީން ފިޔަވާ އެހެން މީސްތަކުންގެ ބާރު ކަނޑުވާލުމަށެވެ. އޭރުން ޔަހޫދީންގެ ފައިދޮށަށް ދިޔުން ނޫން އެހެން ގޮތެއް ނޯންނާނެއެވެ.
ޔަހޫދީންގެ އަތްދަށުގައިވާ ރަނަކީ އަޞްލެއްކަމުގައި ހަދާ އެއަށް ބިނާކޮށް ދުނިޔޭގެ އިޤްތިޞާދު ބިނާކުރުމެވެ. މީސްތަކުންކުރާ މަސައްކަތާއި އުފެއްދުންތެރިކަމާއި އެހެނިހެން މުއްސަނދިކަމުގެ މައްޗަށް ބަރޯސާނުވެއެވެ. އަދި މެދުކެނޑުމެއްނެތި ބައިނަލްއަޤްވާމީ އިޤްތިޞާދީ ކޮޅިގަނޑުތައް އެއާއެކު އުފެއްދުމެވެ. އޭރުން މުޅި ދުނިޔެ ހަމަނުޖެހި އޮންނަން ޖެހުމުން މަދަދަށް އެދި ޔަހޫދީންގެ ފަރާތުން މުޞީބާތްތަކުގައި ވާގި ހޯދަންޖެހޭނެއެވެ. އަދި ކުޑަވެގެންވާ ޙާލު ޔަހޫދީންގެ ބާރުވެރިކަމަށް ބޯލަނބަން މީސްތަކުން ޖެހޭނެއެވެ.
ޔޫރަޕު މައިތިރިކޮށް ކޮންޓްރޯލުކުރުމަށް އެމެރިކާއާއި ޗައިނާއާއި ޖަޕާނުގެ ވާގިވެރިކަން ހޯދުމެވެ.
________________________________________________________
ބައްލަވާ: دراسيات في الأديان اليهودية والنصرانية لسعود بن عبد العزيز الخلف (ص: 127)
[1] ތަލްމޫދު: މިއީ ޔަހޫދީ ދީނުގެ ޢިލްމާއި އަދަބުތަކުގެ ޝަރަޙަ ކިޔައިދިނުމަށް ބޭނުންކުރާ ލަފްޒެކެވެ. އަދި ޔަހޫދީންގެ ޢިލްމުވެރިންގެ ފަރާތުން ނަޤުލުވަމުން އަންނަ ޤާނޫނަށް ނުވަތަ އަނގަބަހުން ކިޔައިދެވޭ ޝަރީޢަތަށްވެސް މިނަން ދެވިފައިވެއެވެ. މިތަކެތި ގެއްލިދާނެކަމުގެ ބިރު ހީވެގެން، މީލާދީ ގޮތުން ފުރަތަމަ އަދި ދެވަނަ ޤަރުނުގައި ޔަހޫދީންވަނީ މި ޤާނޫނު ލިޔެ ރައްކާކޮށްފައެވެ.