ހޯމްސްޓޭއާއި ގުޅިގެން ސަލަފުން ބަޔާނެއް ނެރެފި
ހޯމްސްޓޭގެ ސަބަބުން ރާއްޖޭގެ އިސްލާމީ، އިޖްތިމާޢީ ޝަޚްޞު ފުނޑުފުނޑުވެގެން ގޮސްދާނެކަމުގެ ބިރުވެރިކަން ހާމަކުރުމުގެ ގޮތުން ޖަމްޢިއްޔަތުއް ސަލަފުން ބަޔާނެއް ނެރެފިއެވެ. މި ބަޔާނުގެ މައިގަނޑުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. ޒަމާނުއްސުރެ ދިވެހިންނަކީ ރިވެތި އަޚްލާޤާއި ހަރުދަނާ ދިރިއުޅުމުގެ ސާދާ ވައްޓަފާޅިއަކަށް ދިރިއުޅެމުން އައިސްފައިވާ ސައްތައިން ސައްތަ އިސްލާމީ ސުންނީ މުޖުތަމަޢެކެވެ. ފުދުންތެރިކަން އިތުރުކޮށް ތަރައްޤީގެ މަގުގައި ޤައުމު ފިޔަވަޅުތައް އަޅަމުން މިހާ ހިސާބަށް އައިސްފައިވާއިރުވެސް މިދެންނެވި ސާދާ ދިވެހިވަންތަ ވައްޓަފާޅި ދެމެހެއްޓުމަށް އިސްކަންދީފައިވާކަން ތާރީޚް ހެކިދެއެވެ. އެގޮތުން…