ސްކޫލުތަކުގައި ހިނގާ ކންކަން ނުފެންނަ ކަމަށް ހަދައި އެކަންކަން ފޮރުވުމަކީ ކުރިއަށް އޮތް ޖީލު ހަލާކުކޮށްލުން – އައްޝައިޚް ޙަސަން މޫސާ ފިކުރީ

ސްކޫލުތަކުގައި ހިނގާ ކަންކަން ނުފެންނަ ކަމަކަށް ހަދައި، އެއީ ނުހިނގާ ކަންކަމަށް ހަދައި އޮއްބާލައިގެން އެކަންކަން ފޮރުވުމަކީ ކުރިޔަށް އޮތް ޖީލު ހަލާކުކޮށްލުން ކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރީންގެ މަޖިލީހުގެ މެންބަރު، އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ. މިހާރު ސޯޝަލް މީޑިއާގައި ޢާންމުވެ ދައުރުވަމުންދާ، ޓީޗަރަކާއި ދަރިވަރަކާދެމެދު މާރާމާރީ ހިންގާ ވީޑިއޯތަކަކާގުޅިގެން، ދިރާސީ ނަޒަރަކުން އެ ވީޑިއޯތަކުން ފާހަގަކުރެވިފައިވާ ކަންކަން ހިއްސާކުރައްވަމުން، ޝައިޚުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓުގައި ވަރަށް ގިނަ ކަންކަން ހިއްސާކުރައްވާފައިވެއެވެ. މީގެ…

“ﷲ ކަނޑައަޅުއްވާފައިވާ “ޑްރެސްކޯޑް” އާ ޚިލާފަށް އެއްވެސް މީހަކަށް ޑްރެސްކޯޑެއް ނުހެދޭނެ!” – އައްޝައިޚް އަޙްމަދު ސަމީރު

ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވާ ބައެއްގެ ޙައިސިއްޔަތުން، އަޅުގަނޑުމެންނަށް ޚާއްޞަ ޑްރެސްކޯޑެއް އެއިލާހު ކަނޑައަޅުއްވާ ދެއްވާފައިވާ ކަމަށާއި، އެ ޑްރެސްކޯޑާ ޚިލާފަށް، އެއްވެސް މުއައްސަސާއަކުން، އެއްވެސް އިދާރާއަކުންވެސް ޑްރެސްކޯޑެއް ނުހެދޭނެ ކަމަށް، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ދާރިސްޓީވީ އިން، ރޭ ވަޤުތުން ކުރިއަށްގެންދިޔަ “ސުވާލަކީ ކޮބާ” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ޝައިޚް ވިދާޅުވެފައިވަނީ، “އަޅުގަނޑުމެން އިސްލާމުންގެ ޙައިސިއްޔަތުން، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވާ ބައެއްގެ ޙައިސިއްޔަތުން، އަޅުގަނޑުމެންނަށް އެބައޮވޭ އިލާހީ…

“ސަލަފް ރިޙްލާ 2025″ގެ ޙަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ނަންތައް އިޢުލާންކޮށްފި

ޖަމްޢިއްޔަތުއްސަލަފުން، 30 އޮކްޓޯބަރ އިން 2 ނޮވެމްބަރ ގެ ނިޔަލަށް އދ. އަތޮޅުގައި ކުރިއަށް ގެންދިޔަ “ސަލަފް ރިޙްލާ 2025″ގެ ޙަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު 3 ފަރާތުގެ ނަން އިޢުލާން ކުރައްވައި، އެ ފަރާތްތަކަށް އިނާމުތައް ޙަވާލުކޮށްފިއެވެ. ގުރުއަތުން ނެގުން އޮތީ ރޭ، އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު “ސަލަފް ރިޙްލާ 2025” ނިންމުމުގެ ރަސްމިއްޔާތުގައެވެ. ޚާއްޞަ ފޯރަމް އަކާއެކު ކުރިއަށް ގެންދެވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ…

ސަލަފް ރިޙްލާ 2025 ނިންމާލުމަށްފަހު، ބައިވެރިން މާލެ އަތުވެއްޖެ

ޖަމްޢިއްޔަތުއްސަލަފުން، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދިޔަ “ސަލަފް ރިޙްލާ 2025” ނިންމާލުމަށްފަހު، ރިޙްލާގެ ބައިވެރިން މިއަދު ހެނދުނު މާލެ އަތުވެއްޖެއެވެ. “ސަލަފް ރިޙްލާ 2025” ބާއްވާފައިވަނީ 30 އޮކްޓޯބަރ އިން 2 ނޮވެމްބަރ ގެ ނިޔަލަށެވެ. އދ. އަތޮޅުގައި މި ބޭއްވުނު “ސަލަފް ރިޙްލާ 2025” ނިންމުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު އޮތީ، ރޭ، އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ،…

ސަލަފް ރިޙްލާ 2025- އެއްފަހަރާ ގިނަ ދަރުސްތަކެއް ބާއްވައިފި

އދ އަތޮޅުގައި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މިހާރު ކުރިއަށްގެންދާ “ސަލަފް ރިޙްލާ 2025” ގައި ގިނަ ދަރުސްތަކެއް އެއްވަގުތެއްގައި ބާއްވައިފިއެވެ. އެ އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ހުކުރު ދުވަހުގެ ރޭ ޖުމްލަ 8 ރަށެއްގައި މުޙިއްމު މަޢުޟޫތަކަކަށް ވަނީ ބޮޑު ދަރުސްތަކެއް ބޭއްވިފައެވެ. އެގޮތުން “ހެއްލިގެން ނުދާށޭ” މި މައުޟޫޢުއަށް 20:45 ގައި އދ ދަނގެތީގައި އ ޢަބްދުއްސަލާމް ދާވޫދު ދަރުސް ދެއްވާފައިވާއިރު “އުފާވެރި އާއިލާ” މި މައުޟޫޢުއަށް އޮމަދޫގައި އައްޝައިޚް އަޙްމަދު…

‎ސަލަފް ރިޙްލާ 2025 މިރޭ ފެށިއްޖެ

‎ޖަމްޢިއްޔަތުއްސަލަފާއި އދ. އަތޮޅުކައުންސިލް އާއި އަދި ރަށުކައުންސިލްތައް ގުޅިގެން ބާއްވާ، “ސަލަފް ރިޙްލާ 2025” މިރޭ ފެށިއްޖެއެވެ. މިކަމަށް ޓަކައި ޙާއްޞަކޮށް އދ މާމިގިލި އިޖްތިމާޢީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ އަރިއަތޮޅު އދ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ނަޞީރު އަދި އދ މާމިގިލި ކައުންސިލްގެ ރައީސް އަލްފާޟިލް އިމާދު ފާރޫޤުއެވެ ‎މި ރަސްމިއްޔާތު ތަޢާރަފްކޮށްދެއްވައި ޖަލްސާ ފައްޓަވައިދެއްވާފައި ވަނީ ޖަމިއްޔަތުއްސަލަފްގެ ދަޢުވާ މެނޭޖަރ އައްޝައިޚް މުޖުތަބާ ޙަމީދުއެވެ. އަދި ޖަމިއްޔަތުއްސަލަފްގެ…

“ސަލަފް ރިޙްލާ 2025” އަށް، ބައިވެރިން އދ. އަތޮޅަށް

ޖަމްޢިއްޔަތުއްސަލަފާއި އދ. އަތޮޅުކައުންސިލް އާއި އަދި ރަށުކައުންސިލްތައް ގުޅިގެން ބާއްވާ، “ސަލަފް ރިޙްލާ 2025” ގައި ބައިވެރިވެލައްވާ ބައިވެރިންގެ ވަފުދުތައް އދ. އަތޮޅަށް އިއްޔެގެ ވަޤުތެއްގައި ޙާޟިރުވާން ވަނީ ފަށާފައެވެ. ދަތުރުތައް ހަމަޖެހިފައިވާ ގޮތުން، އެކި ޓީމުތައް މާލެއިން އދ. އަތޮޅުގެ ރަށްތަކަށް ފުރުމަށް ހަމަޖެހިފައިވަނީ މިއަދާއި އަދި މާދަމާގެ ވަޤުތެއްގައެވެ. ތަފާތު އެކިއެކި ޙަރަކާތްތަކަކާއެކު ބާއްވާ މި ޕްރޮގްރާމުގައި، ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ދީނީ ދަރުސްތަކާއި، މިސްކިތު ދަރުސްތަކާއި، ފޯރަމްތަކުގެ އިތުރުން، ކުޑަކުދިންނާ ގުޅޭ ޚާއްޞަ،…

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ބައިވެރިންނާއި ވަނަތައް ލިބުނު ފަރާތްތަކަށް އައްޝައިޚް އަޙްމަދު ސަމީރު މަރުޙަބާ ދަންނަވައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ބައިވެރިންނަށާއި، މުބާރާތުގައި ވަނަތައް ހޯދި ފަރާތްތަކަށް، ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު މަރުޙަބާ ދަންނަވައިފިއެވެ. ސޯޝަލް މީޑިއާގައި އައްޝައިޚް އަޙްމަދު ސަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އެންމެހައި ބައިވެރިންނާއި، މުބާރާތުގައި ފަޚުރުވެރި ވަނަތައް ޙާސިލްކުރެއްވި ފަރާތްތަކަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވާ ކަމަށެވެ. “ކީރިތި ޤުރުއާން ކިޔެވުމުގެ 37…

ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް – ހުކުރު ޚުތުބާ

ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. “މުދަލުގެ ޙުރުމަތް” މި މައުޟޫއަށް ދީފައިވާ މިއަދުގެ ޚުތުބާގައި، ކޮންމެ އިންސާނެއްގެ އަޖަލާއި އޭނާގެ ރިޒުޤާއި، އޭނާއަކީ، ބާއްޖަވެރިއެއްކަން ނުވަތަ އަބާއްޖަވެރިއެއްކަން މާތްﷲ ވަނީ ލިޔުއްވާފައި ކަމަށާއި، އެއްވެސް އިންސާނަކު، އެ އިންސާނަކަށް މާތް ﷲ ކަނޑައަޅުއްވައިފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރީން އޭނާގެ އަޖަލާ ބައްދަލެއް ނުކުރާނެ ކަމުގައި ބުނެފައިވެއެވެ. މީގެ އިތުރުން މާތްﷲ އިންސާނާއަށް…

“ފާދިއްޕޮޅު ދަތުރު 2025” އަށް ސަލަފްގެ ޢިލްމުވެރިން އެއަތޮޅަށް ވަޑައިގެންފި

ފާދިއްޕޮޅު އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޅ އަތޮޅަށް ޚާއްޞަކޮށް ކުރިއަށް ގެންދާ “ފާދިއްޕޮޅު ދަތުރު 2025”  އަށް ސަލަފްގެ ޢިލްމުވެރިން އެއަތޮޅަށް މިއަދު ވަޑައިންފިއެވެ. މިއީ ފާދިއްޕޮޅުގައި މިޕްރޮގްރާމް ކުރިއަށް ގެންދެވޭ ދެވަނަ އަހަރެވެ. ޅ. އަތޮޅު ނައިފަރު، ހިންނަވަރު، އޮޅުވެލިފުށި އަދި ކުރެންދޫގައި ކުރިއަށްގެންދާ މިޕްރޮގްރާމުގައި މިފަހަރު ބައިވެރިވެވަޑައިގަންނަވަނީ، ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރުގެ އިތުރުން ޖަމްޢިއްޔާގެ ދުޢާތުންގެ މަޖިލީހުގެ 3 މެމްބަރުންކަމުގައިވާ،…

ޖީ.އޭ.އައި.އެސް ގެ ކޮންފަރެންސްއަކީ މުޙިއްމު މަޢުލޫމާތުތަކެއް ލިބުނު ކޮންފަރެންސްއެއް: އައްޝައިޚް ސަމީރު

ގްލޯބަލް އެސޯސިއޭޝަން އޮފް އިސްލާމިކް ސްކޫލްސްގެ 4 ވަނަ އަހަރީ ބައްދަލުވުމުން މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދިޔަ ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޖަމްޢިއްޔަތުއްސަލަފުގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު މިހެން ވިދާޅުވެފައި ވަނީ، ޖީ.އޭ.އައި.އެސްގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، ބައްދަލުވުމާއި ގުޅޭގޮތުން ސަލަފްގެ މީޑިއާއަށް ދެއްވާފައިވާ ޚާއްޞަ މެސެޖެއްގައެވެ. އޮކްޓޯބަރު މަހުގެ 5 އިން 8ށް، ސްރީލަންކާގެ ކޮލޮމްބޯގައި، ބޭއްވުނު މި ކޮންފަރެންސް ނިންމަވާލައްވައި، ދެއްވި މެސެޖުގައި އައްޝައިޚް ސަމީރު…

އިސްލާމީ ސުކޫލުތަކާބެހޭ ކޮންފަރެންސެއްގައި ބައިވެރިވުމަށް، ޖަމްޢިއްޔަތުއްސަލަފްގެ ވަފުދެއް ސްރީލަންކާއަށް

ގުލޯބަލް އެސޯސިއޭޝަން އޮފް އިސްލާމިކް ސްކޫލްސްގެ 4 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް، ޖަމްޢިއްޔަތުއްސަލަފްގެ ވަފުދެއް ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ. ސްރީލަންކާގެ ކޮލަމްބޯގައި، މިއަދުން ފެށިގެން 8 އޮކްޓޯބަރުގެ ނިޔަލަށް ބާއްވާ މި މުހިއްމު ބައްދަލުވުމަށް ޖަމްޢިއްޔާގެ ފަރާތުން ވަޑައިގެންނެވީ، ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. މީގެ އިތުރުން، ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ އައްޝައިޚް ޙަސަން މޫސާ ފިކުރީއާއި، މަޝްވަރާ…