ކީރިތި ޤުރުއާން ހަމަ އެކަނި ކިޔަވާލުމުންވެސް ޘަވާބު ލިބޭނެތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.     ފެށުން ކީރިތި ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ ފޮތެކެވެ. އެއީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. އެފޮތުގެ ޛަރިއްޔާއިން މީސްތަކުންނަށް ގިނަގުނަ ޘަވާބައި ދަރުމަ ލިބިގެން ދެއެވެ. އަދި އޭގެ ޛަރިއްޔާއިން ހިދާޔަތު ލިބިގެން ދެއެވެ. މި ލިޔުމުގައި އަލިއަޅުވާލަން ޤަޞްދުކުރަނީ މި ފަހަކަށް އައިސް ވަރަށް ގިނައިން ތަކުރާރުކޮށް އިވޭ ވާހަކައަށެވެ. މި ވާހަކަ މިދުވަސްވަރު މަޝްހޫރުވެފައި ވިޔަސް މި…

ރަމަޟާންމަހުގެ ރޯދަ ދެނެގަތުން

ރަމަޟާންމަހުގެ ރޯދަ ޢަރަބި ބަހުގައި ރޯދައަށް ކިޔަނީ الصَّوْمُ އެވެ. އޭގެ މާނައަކީ ކަމަކުން މަނާވެގަތުމެވެ. ޢިލްމުވެރިންގެ އިޞްތިލާހުގައި ރޯދައަކީ: ޚާއްޞަ ނިޔަތަކާއެކު، ފަޖުރުލީއްސުރެ އިރުއޮއްސިއްޖައުމަށް ދާންދެން ކެއުންބުއިންފަދަ، ރޯދަގެއްލޭ އެންމެހާ ކަންކަމުން ދުރެހެލިވެގެން ހުރުމެވެ. މިއީ ﷲ  އަށްޓަކައި އަދާކުރެވޭ ވަރަށް މަތިވެރި އަޅުކަމެކެވެ.     ރަމަޟާންމަހުގެ ރޯދައިގެ ޙުކުމް ރަމަޟާންމަހުގައި ރޯދަހިފުމަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެހެންކަމުން އެ މަހުގައި ރޯދަހިފުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ޢައިނިއްޔަ ފަރުޟެކެވެ.    …

ރަމަޟާން މަހުގައި ޝައިޠާނުން ކަސްތޮޅު އެޅުވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ރަމަޟާން މަހަކީ ވަރަށް ޚާއްޞަ މައްސަރެކެވެ. ﷲ ތަޢާލާވަނީ ވަރަށް ގިނަ ގޮތް ގޮތުން އެ މަސް މާތް ކުރައްވައި މަތިވެރިކުރައްވާފައެވެ. އެ މަހަށް ލިބިގެންވާ ޚާއްޞަ ކަންކަމުގެ ތެރޭގައި އެ މަހުގައި ޝައިޠާނުން ކަސްތޮޅު އެޅުވުން ހިމެނެއެވެ. ޖިންނި ޝައިޠާނުންގެ ޢާލަމަކީ ޣައިބުގެ ޢާލަމެކެވެ. އެފަދަ ޢާލަމްތަކުގެ ކަންތައްތައް ދެނެގަނެވޭނެ އެންމެ ކަށަވަރު މަގަކީ ކީރިތި ޤުރުއާނާއި ރަސޫލާ…

ﷲ سبحانه وتعالى ގެ ރަޙްމަތުން މާޔޫސް ނުވޭ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ފާފަތަކުގެ ތެރޭގައި އުޅެމުންދާ މީހުން ހެޔޮކަމުގެ މަގަށް އެނބުރުމަށް އެދޭ ހިނދު، ކުރެވިފައިވާ ފާފަތަކުގެ ގިނަކަން އިޙްސާސްވެ، ބައެއް ފަހަރު މާޔޫސްވެއެވެ. ދަންނާށެވެ! އަޅާއަށް ހެޔޮކަން ބޮޑީ ކުފުރާއި ފިސްޤާއި އުރެދުމުގެ އަނދިރި މަގުތައް ދޫކޮށް، އީމާންކަމުގެ ނޫރުން އުޖާލާކަން ލިބިގަތުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن…

“ނަމަ” ކިޔުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ކަމެއް ގޯސްކޮށް ކުރެވުމުން، ވަރަށް ގިނައިން “ނަމަ” ކިޔާ އަޑު އިވެއެވެ. އަދި އުންމީދާއެކު ވާހަކައެއް ބުނާއިރުގައިވެސް “ނަމަ” ކިޔާ އުޅެއެވެ. ޝަރުޢީ ގޮތުން ބަލާލާއިރު މި ކަލިމައަކީ ބައެއް ޙާލަތްތަކުގައި ބޭނުންކުރުން ހުއްދަ އަދި އަނެއް ބައި ޙާލަތްތަކުގައި ބޭނުން ކުރުން ނަހީކުރައްވާފައިވާ ކަލިމައެކެވެ. އެހެންކަމުން މިލިޔުމުގައި މިކަމަށް އަލިއަޅުވާލާނަމެވެ. ހެޔޮކަންތައްތައް ކުރުމަށްޓަކައި އަދި އެކަންކަން އިތުރުކުރުމުގެ އުންމީދުގައި…

މަރަކުން ނުފިލޭނެ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އެއްދުވަހަކު ޢަލީގެފާނު މިންބަރަށް އަރައިވަޑައިގަތެވެ. އަދި ޙަމްދު ޘަނާއަށް ފަހު، މަރާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ވިދާޅުވިއެވެ.   “މަރަކުން ނުފިލޭނެއެވެ. އެއާ ދެކޮޅު ހެދިޔަސް އެމީހަކު ގެންދާނެއެވެ. ފިލަން އުޅުނަސް އަރާ ހަމަކުރާނެއެވެ. ފަހެ، ނަޖާވާށެވެ! ނަޖާވާށެވެ! ފަހެ، އަވަސްވެ ގަންނާށެވެ! އަވަސްވެ ގަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ފަހަތުގައި ބާރު ދުވެލީގައި އަންނަ އެއްޗެއް ވެއެވެ. އެއީ ކަށްވަޅެވެ.…

ރަވާތިބު ސުންނަތްތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ނަބިއްޔާ صلى الله عليه وسلم ވަނީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރާނެ ގޮތް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ސުންނަތް ނަމާދުތަކެއް އެކަލޭގެފާނުގެ ސުންނަތުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ ސުންނަތް ނަމާދުތަކުގެ ތެރޭގައި ރަވާތިބު ސުންނަތްތައް ހިމެނެއެވެ. ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރެވޭ ކޮންމެ ނަމާދަކީ ރަވާތިބު ސުންނަތެއް…

ޙަޔާތުގައި ކުރަން ހުރި ކަންކަން ޖަމާކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. މި ދުވަސްވަރަކީ އެކި ބާވަތްތަކުގެ ކަންތައްތައް ގިނަވެފައިވާ ދުވަސްވަރެކެވެ. އުންމީދުތައްވެސް ވަނީ ކުރިފަޅާފައެވެ. އެކި ބޭނުންތަކާއި މަޝްޣޫލު ކުރުވަނިވި ކަންތައްތަކެވެ. ކުރަންހުރި ބޭނުންވާ ކަންތައްތަކަށް ހުރި ހުރަސްތަކާއި އުންމީދުތަކުގެ ކުރިމަތީގައި މުސްލިމު އަޅާ ހުއްޓި ހުންނަނީ ޙައިރާންވެފައެވެ. ގޭގައި ކުރަންޖެހޭ ކަންތައްތަކަކާއި އަދާކުރުން ވާޖިބު ކަންތައްތަކެވެ. އަނބިމީހާއަށް ދޭން ޖެހޭ ސަމާލުކަމާއި ކޮށްދޭން ޖެހޭ ކަންކަމެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ދޭން…

ބަލިތަކުން ރައްކާތެރިކޮށްދެއްވުމަށާއި ޝިފާ ދެއްވުމަށް އެދި ދުޢާކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ބަލިވުމަކީ އާދަމުގެ ދަރިންގެ މައްޗަށް ﷲ ތަޢާލާ ލިޔުއްވާފައިވާ ކަމެކެވެ. އެއީ މުއުމިނު އަޅުންގެ ފާފަތައް ފުއްސެވުމަށް އެއިލާހު ލައްވާފައިވާ ސަބަބެއްވެސްމެއެވެ. ބަލިތަކަށް ޝިފާ ދެއްވާ ފަރާތަކީ ﷲ ތަޢާލާ އެވެ. އިބްރާހީމް علية السلام ވިދާޅުވި ބަސްފުޅު ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ﴿وَإِذَا مَرِضْتُ فَهُوَ يَشْفِينِ﴾ [سورة الشعراء 80] މާނައީ: “އަދި ތިމަންކަލޭގެފާނު…

ހާރުދަމުގެ ވަގުތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށް އަދި އެއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދެންނެވުމަކީ ހުރިހާ ވަގުތެއްގައިވެސް މުސްލިމުން އަދާކުރާ އަޅުކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ހާރުދަމުގެ ވަގުތުގައި އެކަން އިތުރުކޮށް، އެކަމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެކެވެ. އެހެނީ އެއީ ދުޢާ އިޖާބަކުރެއްވުމުގެ ފުރުޞަތު ތަނަވަސްވެގެންދާ ވަގުތެކެވެ. ޞާލިޙު އަޅުތަކުންގެ ވާހަކަ ބަޔާންކުރައްވައި، ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. إِنَّهُمْ…

ޢުމަރު ބުން ޢަބްދުލްޢަޒީޒު رحمه الله ދެއްވި އެންމެ ފަހު ޚުޠުބާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އިބްނު ކަޘީރު رحمه الله ވަނީ ޢުމަރު ބުން ޢަބްދުލްޢަޒީޒު رحمه الله ދެއްވި އެންމެ ފަހު ޚުޠުބާ އެކަލޭގެފާނުގެ البداية والنهاية އޭ ކިޔުނު ފޮތުގައި ގެންނަވާފައެވެ. އެ ޚުޠުބާގައި ޙަމްދުޘަނާއަށް ފަހު، ޢުމަރު ބުން ޢަބްދުޢަޒީޒު رحمه الله ވިދާޅުވިއެވެ.   “އެއަށްފަހު ދަންނައެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޚަލްޤުކުރެއްވުނީ ބޭކާރު ގޮތުގައެއް ނޫނެވެ. އަދި ތިޔަބައިމީހުން…

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 7

ދިހަވަނައީ: ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ އިޛުނަ ނެތި ސުންނަތް ރޯދަ ހިފުން   މިފަދަ ކަންކަމުގައި އެންމެ ރަނގަޅު ގޮތަކީ ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް، އެއްބަސްވެގެން މިކަން ތަރުތީބުކޮށްލުމެވެ. އަދި ދެމަފިރިންވެސް މިކަމުގައި ވިސްނައިގެން ގޮތް ނިންމުމެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «لاَ يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ» [رواه البخاري في صحيحه برقم: (5195)] މާނައީ: ” ގާތުގައި ފިރިމީހާ ހުއްޓާ،…