‎ސަލަފުރިޙްލާ 2024 ފުވައްމުލައްސިޓީގައި

‎ސަލަފް ރިޙްލާ 2024 ފުވައްމުލައްސިޓީގައި ބޭއްވުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުން އަންނަނީ ތައްޔާރީތައް ވަމުންނެވެ. ‎މި ޙަރަކާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ ނޮވެމްބަރު 7 އިން 11 އަށެވެ. ފުވައްމުލައްސިޓީއަކީ ދީނީގޮތުންނާއި، އިޖްތިމާޢީގޮތުންނާއި، ދުޅަހެޔޮކަމާއި، ހުނަރުތަކުގެ ގޮތުން ކުރިއަރާފައިވާ ސިޓީއަކަށް ހެދުމަށްޓަކައި، މި ރިޙްލާގައި މިކަންކަމާގުޅޭ ތަފާތު އެތައް ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި؛ ސްކޫލުތަކުގެ މުދައްރިސުންނަށާއި، ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ޚާއްޞަ ވޯކްޝޮޕްތަކާއި، ކުޅިވަރު އެކަޑެމީތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޙަރަކާތްތަކާއި، ޢާއްމުންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ…

‎މިސް ޔުނިވާސްގައި ރާއްޖެއިން ބައިވެރިވުން ހުއްޓުވައިދިނުމަށް އައްޝައިޚް ޢަބްދުއްސަލާމް ސަރުކާރަށް ގޮވާލައްވައިފި

‎މިސްޔުނިވާސްގެ ނަމުގައި ދުނިޔޭގައި ބާއްވަމުންގެންދާ މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވުން ހުއްޓުވައިދިނުމަށް އައްޝައިޚް ޢަބްދުއްސަލާމް ދާޥޫދު ސަރުކާރަށް ގޮވާލައްވައިފިއެވެ. ‎ޝައިޚް ޢަބްދުއްސަލާމް މިފަދައިން ގޮވާލައްވާފައިވަނީ ދާރިސް ޓީވީއިން ލައިވްކޮށް ރޭ ގެނެސްދިން ޢިލްމީ ޚަޒާނާގެ 548 ވަނަ ޕްރޮގްރާމްގައެވެ. ‎ޕްރޮގްރާމްގެ ހޯސްޓް ޢަލީ ރަމީޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުއްސަލާމް ވިދާޅުވީ ގުނަވަންތައް ދައްކަން ނިކުންނަ ނިކުތުމަކީ މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލު ފެތުރުމަށް ލޯބިކުރާ ލޯބިކުރުންތެރޭގަ ހިމެނިގެންދާނެ ކަމެއްކަމަށެވެ. ‎”މި ވާހަކަ ދެކެވެނީ އަންހެނުންތަކެއް ނުވަތަ…

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަފާތު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:   ބަހުގެ ގޮތުން ރަސޫލުން الرَّسُوْل އަކީ ޢަރަބި ލަފްޒެކެވެ. އޭގެ އަޞްލަކީ: أَرْسَلَ އެވެ. މާނައަކީ: ފޮނުއްވުމެވެ. ޚަބަރަކައިގެން ނުވަތަ ސިޓީއަކާ އެކުގައި ފޮނުވޭ މީހާއަށް ޢަރަބިބަހުގައި مُرْسَل  ނުވަތަ رَسُوْل ކިޔާ އުޅެއެވެ. އޭގެ ގިނަ ގޮތަކީ رُسْلٌ  ނުވަތަ رُسُلٌ އެވެ. [1]   ބަހުގެ ގޮތުން ނަބިއްޔުން النَّبِيّ އަކީވެސް ޢަރަބި ލަފްޒެކެވެ.…

ވަގުތަށް ރައްކާތެރިވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ދުވަސްތަކަކީ ޢުމުރުގެ ބައެކެވެ. އަދި ކަޑައްތުކުރަމުންދާ މަގުގެ މަރުޙަލާތަކެކެވެ.   ޙަސަނުލް ބަޞްރީ رحمه الله ވިދާޅުވިއެވެ. “އޭ އާދަމުގެ ދަރިޔާއެވެ! ދުވަސްތަކެއްކަމުގައި މެނުވީ ތިބާ ނުވެއެވެ. ދުވަހެއް ފާއިތުވެއްޖެނަމަ ތިބާގެ ބައެއް އެ ފާއިތުވީއެވެ.” [حلية الأولياء لأبي نعيم (2 / 148)]   ދުވަހަކަށް ފަހު ދުވަހެއް ފަނާވެގެންދެއެވެ. ދުވަސްތައް ވޭތުވަމުންދާ ވަރަކަށް ޢުމުރު ހުސްވެއެވެ.…

ބިމަށް ލެނބުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   މީހަކު މަގުފުރެދިގެންދަނީ މައިގަނޑު ދެގޮތަކުން ކުރެ އެއްގޮތަކުންނެވެ. އެއީ ޝަހުވަތްތަކުން ނުވަތަ ޝުބުހަތަކުންނެވެ. [1] ޝަހުވަތްތަކަށް ތަބާވުމަކީ: ދީނުގައި އެކަން އޮތްގޮތެއް ބަލާ ނުލާ އެމީހާ އެދޭހާ ކަމެއް ކުރަމުން ދިޔުމެވެ. ޝުބުހަތަކަށް ތަބާވުމަކީ: ދީނުގެ ކަންކަން އޮޅި، އެމީހަކަށް ދީނަކީ ބުރަ އެއްޗަކަށްވެ، ދީނުން އެއްކިބާވެ ނުވަތަ ދީނާ މެދު ރަނގަޅު ނޫން ތަޞައްވަރެއް އޮތުމުން ދީނުގައި އަންގަވާފައިވާ…

ހިދާޔަތް ދައްކަވައިދެއްވުން އެދި ދުޢާކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ކޮންމެ މުސްލިމަކުވެސް ނަމާދުކުރާއިރު ތަކުރާރުކޮށް ފާތިޙާ ސޫރަތް ކިޔަވައި، ކޮންމެ ދުވަހަކުވެސް މަދުވެގެން 17 ވަރަކަށް ފަހަރު އޭނާގެ ރައްބުގެ ޙަޟްރަތުން ހިދާޔަތަށް އެދެއެވެ. ފާތިޙާ ސޫރަތުގެ މާނައިގައިވެއެވެ. އެންމެހައި ޚަލްޤުތަކުންނަށް ދުނިޔޭގައި ރަޙްމަތްލައްވާ އަދި އާޚިރަތްދުވަހުން މުއުމިނުންނަށް ޚާއްޞަގޮތެއްގައި ރަޙްމަތްލައްވާ اللهގެ އިސްމުފުޅުން ފަށަމެވެ. [1] އެންމެހައި ޙަމްދުޘަނާ ޙައްޤުވެގެންވަނީ اللهއަށެވެ.  އެއީ ޢާލަމްތައް ހައްދަވާ ބޮޑުކުރައްވާ، އެތަކެތީގެ ވެރި…

ކަމަކަށް އެދި އަންނަމީހާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   މީހަކަށް ކަމެއް ކޮށްދެންޏާ އެމީހަކާ ދިމާއަށް ހަޅޭއް ނުލަވާ އެކަން ކޮށްދިނުމަކީ އެއީ ރަނގަޅު ގޮތެވެ. ފަހެ މީހަކާ ދިމާއަށް ހަޅޭއްލަވައި އެއްޗެހި ކިޔުމަށް ފަހު އެކަން ކޮށްދިނުމުން އެކަމުން ދެފަރާތަށްވެސް ލިބެންޖެހޭ ޙަޤީޤީ ހިތްހަމަ ޖެހުމާ އަދި އެކަން ކޮށްދިން މީހާއަށް ލިބޭ ޘަވާބު އުނިވެ ނުވަތަ ބާޠިލުވެގެން ދެއެވެ. މީހަކު ކަމަކު އެދި އަންނަ އިރުގައި އޭނާ…

ނިޢުމަތްތަކަށް ޝުކުރުވެރިވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ﷲ ތަޢާލާވަނީ ގުނާ ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތައް އަޅުގަނޑުމެންނަށް ދެއްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَإِن تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا‎﴾ [سورة إبراهيم ٣٤]‏ މާނައީ:”ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދު ނުކުރެވޭ ހުއްޓެވެ.”   އަދި އެ ނިޢުމަތްތައް ދެއްވިކަމަށްޓަކައި އެއިލާހަށް ޝުކުރުވެރިވުމަށް އަމުރުކުރައްވާފައި ވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا…

އެންމެ ފުރިހަމަ ޖަޒާ ދެއްވުން ވަނީ ޤިޔާމަތް ދުވަހުގައި

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. އިންސާނާ ކުޅަ ޢަމަލުގެ ޖަޒާއާ ނުވަތަ ސަޒާއާވެސް އޭނާ ދުނިޔޭގައި ބައްދަލުކުރެއެވެ. އެހެނަސް ދުނިޔޭގައި އޭނާއަށް މެދުވެރިވާ އެފަދަކަންކަމަކީ، އޭނާ ކުޅަ ޢަމަލުތަކުގެ އެންމެ ފުރިހަމަ ޖަޒާއެއް ނޫނެވެ. ދުނިޔަވީ އެހެނިހެން ކަންކަމެކޭ އެއްގޮތަށް، ދުނިޔޭގައި ދެއްވޭ ޖަޒާއަކީވެސް އަދި ސަޒާއަކީވެސް ވަގުތީ އެއްޗެކެވެ. އަދި އެންމެ ފުރިހަމަ އެއްޗެއް ނޫނެވެ. އެކަމުގެ ޙަޤީޤީ އަދި ފުރިހަމަ ބަދަލު ނުވަތަ ޖަޒާއާ…

ޝައިޚް ސަމީރު ގެ ޝުކުރު ޑރ. މުއިއްޒުއަށް

  އައްޝައިޚް އަޙްމަދު ސަމީރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް ޝުކުރު އަދާކުރައްވައިފިއެވެ. އައްޝައިޚް އަޙްމަދު ސަމީރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައިވަނީ އިސްލާމްދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެކަމަށާއި މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނޫނީ ޤަވާއިދެއް އޮތްނަމަ، އެ ބަދަލު ކުރަންޖެހޭ ކަމަށް ރައީސް މިއަދު ވިދާޅުވުމާގުޅިގެންނެވެ. ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު، ޑރ.…

ފާފައިގެ ނޭދެވޭ އަޘަރުތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ރެއާއި ދުވާލު އަދި ސިއްރާއި ފާޅުގައި ފާފަތަކުގައި ޣަރަޤުވަމުން ދިޔުމަކީ ބައެއް މީހުންގެ އާދައަކަށްވަނީ ވެފައެވެ. އެފަދަ މީހެއްގެ ގާތުގައި ފާފައެއް ކޮށްލުމަކީ މާބޮޑުކަމަކަށް ނުވެއެވެ. އަދި ކަމެއްކުރުމުގެ ކުރިން އެކަމުގެ ޙަރާމް ޙަލާލެއް ބެލުމަކީވެސް މާ މުހިންމުކަމަކަށް ނުވެއެވެ. ފާފަކުރުން ގިނަވެ، އުރެދުންތަކުގައި ހައްދުފަހަނަ އަޅައި ދިޔުމުން، އިސްވެދިޔަ އެތައް އުންމަތެއް ހަލާކާ ކުރިމަތިލާން ޖެހުނުކަން އެފަދަ މީހުންނަށް…

ކައިވެނި އިޢުލާނުކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އިސްލާމްދީނަކީ ފުރިހަމަ އަދި ޝާމިލު ދީނެކެވެ. އެ ދީނުގައި ކަނޑައަޅުއްވާފައިވާ ނިޒާމުތަކަކީ އިންސާނުންގެ މަޞްލަޙަތުތަކާއި އެބައިމީހުންނަށް އެންމެ ފައިދާ ހުރި ގޮތް ރިޢާޔަތްކުރެވިގެން ކަނޑައަޅުއްވާފައިވާ ކަންކަމެވެ. އިސްލާމްދީނަށް ފުރިހަމައަށް ތަބާވާ މީހާއަށް އެފަދަ މަންފާތަކާއި ފައިދާ އަބަދުމެ ލިބެމުން ދާނެއެވެ. ކައިވެނިކުރުން އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވަނީ މިފަދަ މާތް މަޤުޞަދަކަށެވެ. އެކަމުގެ އެންމެ ބޮޑު މަޤްޞަދަކީ އިންސާނީ ނަސްލު ހިމާޔަތްކުރުމެވެ. ފަހެ…