ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔަޙްޔާ ޙަސަން އަލްޤަހްޠާނީއާ ޖަމްޢިއްޔަތުއްސަލަފުން ބައްދަލުކޮށްފިއެވެ.
ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީގައި ކުރިޔަށް ގެންދެވުނު މި ބައްދަލުވުންއޮތީ މިއަދު މެންދުރު 1:00 ގައެވެ. ބައްދަލުވުން ފެށިގެން ދިޔައީ، ސަޢޫދީ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ ޙަސަން އަލްޤަހްޠާނީގެ ވަރަށް ހޫނު މަރުޙަބާއަކުންނެވެ. އެއަށްފަހު، ރާއްޖޭގެ އެކިދާއިރާތަކުން، އިޖްތިމާޢީ ކަންކަން ކުރުމުގައި، އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ސަޢޫދީ އެމްބަސީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
މިބައްދަލުވުމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ބައިވެރިވެލެއްވީ، ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް، ނައިބުރައީސް އައްޝައިޚް އަޙްމަދު ސަމީރު، ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ އައްޝައިޚް ޙަސަން މޫސާފިކުރީ، ހިންގާކޮމެޓީގެ މުސްތަޤިއްލު މެމްބަރު އައްޝައިޚް ޝިހާމް މުޙައްމަދުގެ އިތުރުން، ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް އާދަމް ބަޝީރުއެވެ.

