ޖަމްޢިއްޔަތުއްސަލަފުން ސަޢޫދީ ސަފީރާ ބައްދަލުކޮށްފި
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔަޙްޔާ ޙަސަން އަލްޤަހްޠާނީއާ ޖަމްޢިއްޔަތުއްސަލަފުން ބައްދަލުކޮށްފިއެވެ. ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީގައި ކުރިޔަށް ގެންދެވުނު މި ބައްދަލުވުންއޮތީ މިއަދު މެންދުރު 1:00 ގައެވެ. ބައްދަލުވުން ފެށިގެން ދިޔައީ، ސަޢޫދީ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ ޙަސަން އަލްޤަހްޠާނީގެ ވަރަށް ހޫނު މަރުޙަބާއަކުންނެވެ. އެއަށްފަހު، ރާއްޖޭގެ އެކިދާއިރާތަކުން، އިޖްތިމާޢީ ކަންކަން ކުރުމުގައި، އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ސަޢޫދީ އެމްބަސީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.…

