މާލޭގެ މިސްކިތްތަކުގައި ކުރިއަށްގެންދާ ސިލްސިލާ ދަރުސް ޕްރޮގްރާމުގައި، އައު ދަރުސްތަކެއް ފެށުމަށް ހަމަޖެހިއްޖެއެވެ.
މިގޮތުން، އަލަށް ފެށުމަށް ހަމަޖެހިފައިވާ ދަރުސްތައް މިހަފްތާ އަދި ކުރިއަށް އޮތް ހަފްތާގައި ފެށޭނެއެވެ. އަދި މިހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތެރެއިން އިއްޔެ ވަނީ އެއް ދަރުސް ފެށިފައެވެ.
އަލަށް ފެށުމަށް ހަމަޖެހިފައިވާ ދަރުސްތައް ކުރިއަށް ގެންގޮސްދެއްވާނީ، އައްޝައިޚް މުޙައްމަދު ޝާހިދު، އައްޝައިޚް ޝުޢައިބު ނާޡިމް، އައްޝައިޚް ޙުސައިން ޠާރިޤް އަދި އައްޝައިޚް ޢިމާދު ޔޫސުފްއެވެ. އަލަށް ފެށުމަށް ހަމަޖެހިފައިވާ އަދި ފެށިފައިވާ ދަރުސްތަކަކީ
- فاعتبروا – ފަހެ ތިޔަބައިމީހުން ޢިބުރަތް ލިބިގަންނާށެވެ. – އައްޝައިޚް މުޙައްމަދު ޝާހިދު، ވިޔަފާރިވެރިންގެ މިސްކިތުގައި – ކޮންމެ ހޯމަ ދުވަހެއްގެ ޢަޞުރު ނަމާދަސްފަހު
- فضل الإسلام – އިސްލާމްދީނުގެ މާތްކަން – އައްޝައިޚް ޝުޢައިބު ނާޡިމް، ޖަމީލްދީދީ މިސްކިތުގައި – ކޮންމެ އަންގާރަ ދުވަހެއްގެ މަޣްރިބް ނަމާދަށްފަހު
- ނަބިއްޔާ صلى الله عليه وسلم ގެ މުޢުޖިޒާތްތައް – އައްޝައިޚް ޙުސައިން ޠާރިޤް، މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން މިސްކިތުގައި، ކޮންމެ އަންގާރަ ދުވަހެއްގެ ޢިޝާ ނަމާދަށްފަހު
- ދުޢާކުރުމާއި ޒިކުރުކުރުން – އައްޝައިޚް ޢިމާދު ޔޫސުފް، ޖަމީލްދީދީ މިސްކިތުގައި، ކޮންމެ ބުދަދުވަހެއްގެ ޢަޞުރު ނަމާދަށްފަހު.
މިދަރުސްތަކުގެ ތެރެއިން، އައްޝައިޚް ޝުޢައިބު ނާޡިމް ނަގައިދެއްވާ “އިސްލާމްދީނުގެ މާތްކަން” މި ސިލްސިލާ ދަރުސްތައް އިއްޔެ ވަނީ ފެށިފައެވެ. ހަމައެއާއެކު، “ދުޢާކުރުމާއި ޒިކުރުކުރުން” މި މައުޟޫއަށް، އައްޝައިޚް ޢިމާދު ޔޫސުފްގެ ސިލްސިލާ ދަރުސްތައް މިއަދު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދެންހުރި ދަރުސްތައް، އަންނަ ހަފްތާގައި ފަށާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މިސްކިތު ސިލްސިލާ ދަރުސްތަކަކީ، ޖަމްޢިއްޔަތުއްސަލަފުން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިގޮތުން މިހާތަނަށް ތަފާތު އެކި މައުޟޫޢުތަކަށް، މާލޭގެ އެކިއެކި މިސްކިތްތަކުގައި ވަނީ ދަރުސްތައް ކުރިއަށްގެންދެވިފައެވެ. ހަމަމިއާއެކު، މިހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ އިތުރުންވެސް މިހާރުވެސް ސިލްސިލާދަރުސްތައް ކުރިއަށްދާކަން ފާހަގަކުރަމެވެ. މިހުރިހާ ދަރުސްތަކެއްވެސް، މިޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުން ވަޤުތުން ފޮނުވާކަންވެސް މިފުރުޞަޠުގައި ފާހަގަކުރަމެވެ.
ތިރީގައި މި ހިމަނާލަނީ، އަލަށް ފެށުމަށް ހަމަޖެހިފައިވާ ދަރުސްތަކާއެކު، މިހާރުވެސް ކުރިއަށްގެންދާ ދަރުސްތަކާއެކު ޠާވަލެކެވެ.
|
ދަރުސްގެ ނަން |
ދަރުސްދެއްވަނީ | މިސްކިތް | ވަޤުތު / ދުވަސް |
| ދަރުސްތަކާއި ޢިބްރަތްތައް | ޑރ. ޢިމްރާން މުޙައްމަދު ޢަލީ | މަސްޖިދުއްރަޝީދު | ޢަޞުރު ނަމާދަށަފަހު / ހުކުރު |
| އާޔަތްތަކުގެ ޙުކުމްތައް | އައްޝައިޚް އަޙްމަދު ސަމީރު | މަސްޖިދުލް ފުރުޤާން | ޢިޝާނަމާދަށްފަހު / ހުކުރު |
| ކިޔަވާކުދިންގެ ޒީނަތް | ޑރ. ޢިމްރާން މުޙައްމަދު ޢަލީ | މަސްޖިދުލް ޖަލާލުއްދީން | ޢަޞުރު ނަމާދަށްފަހު / ހޮނިހިރު |
| އާޔަތްތަކުގެ ޙުކުމްތައް | އައްޝައިޚް އަޙްމަދު ސަމީރު | މަސްޖިދުލް ފުރުޤާން | ޢިޝާނަމާދަށްފަހު / ހުކުރު |
| މުސްލިމަކަށްވީތީ | އައްޝައިޚް ޙަސަން މޫސާ ފިކުރީ | މަސްޖިދުލް ފުރުޤާން | މަޣްރިބު ނަމާދަށްފަހު / އާދީއްތަ |
| ފަހެ، ތިޔަބައިމީހުން ޢިބުރަތް ލިބިގަންނާށެވެ. | އައްޝައިޚް މުޙައްމަދު ޝާހިދު | ވިޔަފާރިވެރިންގެ މިސްކިތް | ޢަޞުރު ނަމާދުފަހުގައި / ހޯމަ |
| ކިތާބުލްޖާމިޢުގެ ޝަރަޙަ (ބުލޫޣުލް މަރާމް) | އައްޝައިޚް އާދަމް ބަޝީރު | ޞަލާޙުއްދީން މިސްކިތް | މަޣްރިބު ނަމާދަށަފަހު / ހޯމަ |
| ޞަޙީޙު ބުޚާރީގެ ޝަރަޙަ | އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު | ނޫރު މިސްކިތް | ޢިޝާ ނަމާދަށްފަހު / ހޯމަ |
| އިސްލާމްދީނުގެ މާތްކަން | އައްޝައިޚް ޝުޢައިބު ނާޡިމް | ޖަމީލްދީދީ މިސްކިތް | މަޣްރިބް ނަމާދަށްފަހު / އަންގާރަ |
| ނަބިއްޔާ صلى الله عليه وسلم ގެ މުޢުޖިޒާތްތައް | އައްޝައިޚް ޙުސައިން ޠާރިޤް | މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން | ޢިޝާ ނަމާދަށްފަހު / އަންގާރަ |
| ދުޢާކުރުމާއި ޒިކުރު ކުރުން | އައްޝައިޚް ޢިމާދު ޔޫސުފް | ޖަމީލްދީދީ މިސްކިތް | ޢަޞުރު ނަމާދަށްފަހު / ބުދަ |
| ޢުމްދަތުލް އަޙްކާމުގެ ޝަރަޙަ | އައްޝައިޚް ޝިހާމް މުޙައްމަދު | ފަނޑިޔާރު މިސްކިތް | މަޣްރިބު ނަމާދަށްފަހު / ބުދަ |
| ޤުރުއާނުގެ ޢިލްމު | އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު | މަސްޖިދުލް ފުރުޤާން | ޢިޝާނަމާދަށްފަހު / ބުދަ |

