އިސްލާމީ ތަރުބިއްޔަތޭ ކިޔާފައި ހުރިހާ އެއްޗެއް އެއްކުރީ އެއީ، އިސްލާމީ އުންމަތާ ދެކޮޅަށް ހިންގިފައިއޮތް ޖަރީމާއެއް – އައްޝައިޚް އަޙްމަދު ސަމީރު
އިސްލާމީ ތަރުބިއްޔަތޭ ކިޔާފައި ހުރިހާ އެއްޗެއް އެއްކުރީ އެއީ، އިސްލާމީ އުންމަތާ ދެކޮޅަށް ހިންގިފައިއޮތް ޖަރީމާއެއް ކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޝައިޚު މިހެން ވިދާޅުވެފައިވަނީ، އއ. ރަސްދޫގައި މިހާރު ކުރިއަށްދާ، 30ވަނަ އަރިއުތުރު ޤުރުއާން މުބާރާތުގެ ބައިވެރިންނާ އަދި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ބޭއްވި ދަރުސް ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝައިޚުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، “70، 80 ޞަފްޙާގެ ފޮތެއްގައި، ޤުރުއާނުގެ ޢިލްމު، ޢަޤީދާގެ ޢިލްމު،…


