ޢާންމުންނަށް ހުޅުވާލައިގެން ބާއްވާ ބޮޑު ދަރުސް ސިލްސިލާގެ ތެރެއިން ދަރުހެއް ބޭއްވުމަށް ޖަމްޢިއްޔަތުއްސަލަފުން އަންނަނީ ތައްޔާރު ވަމުންނެވެ.
“ލޯ މަރާލަން ޖެހޭނޭ” މި މައުޟޫއަށް ބާއްވާ މި ޚާއްޞަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ، 12 ސެޕްޓެމްބަރ 2025 ވާ ހުކުރު ދުވަހުގެ ރޭ، 9:00ގައި، އާޓިފިޝަލް ބީޗުގައެވެ.
“ލޯ މަރާލަން ޖެހޭނޭ” މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު އެވެ. ދާރިސްޓީވީ އިން ދަރުސް ވަޤުތުން ދައްކާގޮތަށް ހަމަޖެހިފައިވާއިރު، ޖަމްޢިއްޔަތުއްސަލަފްގެ ރަސްމީ ފޭސްބުކް ޕޭޖްއިންވެސް ދަރުސް ލައިވްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޚާއްޞަ ދަރުހަށް ޙާޟިރުވެ ވަޑައިގަތުމަށާއި، އަދި އެކަމަށް ޢުޒުރުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ޓީވީ އަދި ފޭސްބުކް މެދުވެރިކޮށް ދަރުސް އަޑުއެއްސެވުމަށް އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ޖަމްޢިއްޔަތުއްސަލަފުން ދަޢުވަތު އަރުވައެވެ.
އަޅުގަނޑުމެން ކުރިއަށްގެންދާ މިފަދަ ހުރިހާ ޙަރަކާތަކީވެސް ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ދީލަތި އެހީތެރި ކަމާއެކު ކުރިއަށް ގެންދެވޭ ޙަރަކާތްތަކެކެވެ. މިފުރުޞަޠުގައި، މި ދަރުހާއި އަދި މިފަދަ އިތުރު ޙަރަކާތްތައް އިންތިޒާމްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަޠު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ.

