‎ނަޞޭޙަތްތެރިވީމާ އެއާދެކޮޅަށް ޖަދަލު ކުރުމަކީ ނުރައްކާތެރިކަމެއް؛ ޝައިޚް ފިކްރީ

‎މުޖްތަމަޢުގައި ބޮޑެތި މުންކަރާތްތައް ހިނގަމުންދާއިރު އެކަންކަމުން ދުރުވުމަށް ނަސޭޙަތްތެރިވީމާ އެއާ ދެކޮޅަށް ބައެއް ބޭފުޅުން ޖަދަލު ކުރަމުންދާ ކަމަށާއި އެގޮތަށ ޖަދަލު ކުރުމަކީ އެއީ ވަރަށް ނުރައްކާތެރިކަމެއްކަމަށް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ. ‎ދާރިސްޓީވީއިން މިއަދު ގެނެސްދިން ’29މިނެޓް’ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ފިކްރީ ވިދާޅުވީ އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ އަޅުގަނޑުމެންނަށް އޮންނާނެ ފަޅިއަކީ ހަމައެކަނި ﷲއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެންގެވިގޮތްކަމަށާއި އެއްވެސް ޙާލަތެއްގަ މުންކަރާތްތަކާއި ފާޙިޝް ޢަމަލުތަކަށް ތިމަންނަ ރުހެމޭ ނުބުނެވޭނެކަމަށެވެ.…

ކޮންމެ ދުވަހަކުވެސް ކީރިތި ޤުރުއާނުން މިންވަރެއް ކިޔަވާށެވެ.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ކީރިތި ޤުރުއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. އެ ޤުރުއާން ބާވައިލައްވާފައިވަނީ މީސްތަކުންނަށް ހުރި ހިދާޔަތެއް ކަމުގައެވެ. އެ ކިޔަވާ، އޭގައިވާ ޢިލްމު އުނގެނި އަދި އެއާ އެއްގޮތަށް ޢަމަލުކުރުމުގެ ސަބަބުން މުސްލިމު އަޅާއަށް ގިނަ ގުނަ ދަރުމަ ލިބިގެން ދެއެވެ. ކީރިތި ޤުރުއާން ހަމަ އެކަނި ކިޔަވާލުމަކީވެސް އެތައް ގިނަގުނަ ޘަވާބު ލިބެނިވި ކަމެކެވެ. ފަހެ މަހަކު އެއްފަހަރު ޚަތިމެއް…

ބިން އިޞްލާޙުކުރައްވާފައި ވަނިކޮށް ބިމުގައި ފަސާދަ ނުކުރާށެވެ!

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ. “ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا﴾‏ [سورة الأعراف ٥٦] މާނައީ: “(ﷲ ތަޢާލާ) ބިން އިޞްލާޙުކުރެއްވުމުން، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ!” މުފައްސިރުންގެ ތެރެއިން ގިނަ ބޭކަލުން (މި އާޔަތުގެ ތަފްސީރުގައި) ވިދާޅުވެފައިވަނީ: ﷲ ތަޢާލާ، ރަސޫލުބޭކަލުން ފޮނުއްވާ، ޝަރީޢަތް ބަޔާންކޮށްދެއްވައި، ﷲ އަށް…

‎މުންކަރާތް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް؛ ޝައިޚް ފިކްރީ

‎މުޖްތަމަޢުގައި ހިނގަމުންދާ މުންކަރާތްތައް މަނާކުރުމަކީ ވަކި މީހެއްގެ ޒިންމާއެއް ނޫންކަމަށާއި އެއީ އެންމެންގެ ޒިންމާއެއްކަމަށް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ. ‎ޝައިޚް ފިކްރީ މިފަދައިން ވިދާޅުވެފައިވަނީ ދާރިސްޓީވީ އިން މިއަދު ގެނެސްދިން 29 މިނިޓް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ‎މުންކަރާތް މަނާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝައިޚް ފިކްރީ ވިދާޅުވީ މިއަދު އަޅުގަނޑުމެންގެތެރޭގައި ﷲ ނުރުއްސަވާ ކަމެއް ބަޔަކު ހިންގާއިރަށް މިވެނި ބަޔަކު ކޮބާތޯ އެވެނި ބަޔަކު ކޮބާތޯ ސުވާލުކޮށް ހެޔޮކަންކަންކަމުގައި އުޅޭ މީހުންނަށް ފުރައްސާރަކުރަމުންދާ ކަމަށެވެ. ނަމަވެސް…

‎ސްކޫލުތަކުން ދަރިވަރުންނަށް ތުނބުޅި ބާލާކަށް ނޭނގޭނެ: ޝައިޚް ‎ޢަބްދުއްސަލާމް

‎ސްކޫލުތަކުން ދަރިވަރުންނަށް ތުނބުޅި ބާލަން ނޭނގޭނެކަމަށާއި ސްކޫލަކުން ކުރާ އެފަދަ އަމުރަކަށް ދަރިވަރު ކިޔަމަންވާކަށްވެސް ނުޖެހޭނެކަމަށް އައްޝައިޚް ޢަބްދުއްސަލާމް ދާޥޫދު ވިދާޅުވެއްޖެއެވެ. ‎ދާރިސްޓީވީއިން ރޭ ގެނެސްދިން ޢިލްމީ ޚަޒާނާގެ 550 ވަނަ ޕްރޮގްރާމުގައި ބެލުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުއްސަލާމް ވިދާޅުވީ ތުނބުޅި ބޭލުމަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅާ ޚިލާފު ވާނެކަމެއްކަމަށާއި ތުނބުޅި ބާލަން އެނގުމަކީ އެއްވެސް ފަރާތަކުން ކުރެވޭނެ އަމުރެއް ނޫންކަމަށެވެ. ‎”އަޅުގަނޑުމެންގެ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. ދިވެހިރާއްޖޭގެ…

ބީރައްޓެހިންނަށް ހުރި އުފާވެރިކަމުގެ ޚަބަރު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «بَدَأَ الْإِسْلَامُ غَرِيبًا، وَسَيَعُودُ كَمَا بَدَأَ غَرِيبًا، فَطُوبَى لِلْغُرَبَاءِ» [رواه مسلم  232 – (145)] މާނައީ: “އިސްލާމްދީން ފެށިގެން އައީ ބީރައްޓެހި ގޮތަކަށެވެ. އަދި އެ ފެށުނު ގޮތަށް، ބީރައްޓެހިކަމަށް އަނެއްކާވެސް ރުޖޫޢަވާނެއެވެ. ފަހެ ބީރައްޓެހިންނަށް ޠޫބާ (ހެޔޮކަން ނުވަތަ ސުވަރުގޭގައިވާ ޠޫބާއޭ ކިޔުނު ގަހެއް) ވެއެވެ.”…

ތައުޙީދުގެ ކަލިމައަށް ބޭނުންކުރާ ބައެއް ނަންތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   لا إله إلا الله (ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަން ވެވޭ އެހެން އިލާހަކު ނުވޭ) އަކީ މަތިވެރިވެގެންވާ ކަލިމައެކެވެ. މި ކަލިމައަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ބަޔާންކުރުމަށް ބޭނުންކުރާ މަތިވެރި ކަލިމައެވެ.   އެހެންކަމުން މި ކަލިމައަށް كَلِمَةُ التَّوْحِيْد (ތައުޙީދުގެ ކަލިމަ: ﷲ ތަޢާލާގެ އެއްކައުވަންތަކަން ބަޔާންކުރާ ކަލިމަ) ގެ ނަން ދެވިފައި ވެއެވެ. މީގެ އިތުރުންވެސް…

‎ސަލަފުރިޙްލާ 2024 ފުވައްމުލައްސިޓީގައި

‎ސަލަފް ރިޙްލާ 2024 ފުވައްމުލައްސިޓީގައި ބޭއްވުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުން އަންނަނީ ތައްޔާރީތައް ވަމުންނެވެ. ‎މި ޙަރަކާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ ނޮވެމްބަރު 7 އިން 11 އަށެވެ. ފުވައްމުލައްސިޓީއަކީ ދީނީގޮތުންނާއި، އިޖްތިމާޢީގޮތުންނާއި، ދުޅަހެޔޮކަމާއި، ހުނަރުތަކުގެ ގޮތުން ކުރިއަރާފައިވާ ސިޓީއަކަށް ހެދުމަށްޓަކައި، މި ރިޙްލާގައި މިކަންކަމާގުޅޭ ތަފާތު އެތައް ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި؛ ސްކޫލުތަކުގެ މުދައްރިސުންނަށާއި، ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ޚާއްޞަ ވޯކްޝޮޕްތަކާއި، ކުޅިވަރު އެކަޑެމީތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޙަރަކާތްތަކާއި، ޢާއްމުންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ…

‎މިސް ޔުނިވާސްގައި ރާއްޖެއިން ބައިވެރިވުން ހުއްޓުވައިދިނުމަށް އައްޝައިޚް ޢަބްދުއްސަލާމް ސަރުކާރަށް ގޮވާލައްވައިފި

‎މިސްޔުނިވާސްގެ ނަމުގައި ދުނިޔޭގައި ބާއްވަމުންގެންދާ މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވުން ހުއްޓުވައިދިނުމަށް އައްޝައިޚް ޢަބްދުއްސަލާމް ދާޥޫދު ސަރުކާރަށް ގޮވާލައްވައިފިއެވެ. ‎ޝައިޚް ޢަބްދުއްސަލާމް މިފަދައިން ގޮވާލައްވާފައިވަނީ ދާރިސް ޓީވީއިން ލައިވްކޮށް ރޭ ގެނެސްދިން ޢިލްމީ ޚަޒާނާގެ 548 ވަނަ ޕްރޮގްރާމްގައެވެ. ‎ޕްރޮގްރާމްގެ ހޯސްޓް ޢަލީ ރަމީޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުއްސަލާމް ވިދާޅުވީ ގުނަވަންތައް ދައްކަން ނިކުންނަ ނިކުތުމަކީ މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލު ފެތުރުމަށް ލޯބިކުރާ ލޯބިކުރުންތެރޭގަ ހިމެނިގެންދާނެ ކަމެއްކަމަށެވެ. ‎”މި ވާހަކަ ދެކެވެނީ އަންހެނުންތަކެއް ނުވަތަ…

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަފާތު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:   ބަހުގެ ގޮތުން ރަސޫލުން الرَّسُوْل އަކީ ޢަރަބި ލަފްޒެކެވެ. އޭގެ އަޞްލަކީ: أَرْسَلَ އެވެ. މާނައަކީ: ފޮނުއްވުމެވެ. ޚަބަރަކައިގެން ނުވަތަ ސިޓީއަކާ އެކުގައި ފޮނުވޭ މީހާއަށް ޢަރަބިބަހުގައި مُرْسَل  ނުވަތަ رَسُوْل ކިޔާ އުޅެއެވެ. އޭގެ ގިނަ ގޮތަކީ رُسْلٌ  ނުވަތަ رُسُلٌ އެވެ. [1]   ބަހުގެ ގޮތުން ނަބިއްޔުން النَّبِيّ އަކީވެސް ޢަރަބި ލަފްޒެކެވެ.…

ވަގުތަށް ރައްކާތެރިވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ދުވަސްތަކަކީ ޢުމުރުގެ ބައެކެވެ. އަދި ކަޑައްތުކުރަމުންދާ މަގުގެ މަރުޙަލާތަކެކެވެ.   ޙަސަނުލް ބަޞްރީ رحمه الله ވިދާޅުވިއެވެ. “އޭ އާދަމުގެ ދަރިޔާއެވެ! ދުވަސްތަކެއްކަމުގައި މެނުވީ ތިބާ ނުވެއެވެ. ދުވަހެއް ފާއިތުވެއްޖެނަމަ ތިބާގެ ބައެއް އެ ފާއިތުވީއެވެ.” [حلية الأولياء لأبي نعيم (2 / 148)]   ދުވަހަކަށް ފަހު ދުވަހެއް ފަނާވެގެންދެއެވެ. ދުވަސްތައް ވޭތުވަމުންދާ ވަރަކަށް ޢުމުރު ހުސްވެއެވެ.…

ބިމަށް ލެނބުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   މީހަކު މަގުފުރެދިގެންދަނީ މައިގަނޑު ދެގޮތަކުން ކުރެ އެއްގޮތަކުންނެވެ. އެއީ ޝަހުވަތްތަކުން ނުވަތަ ޝުބުހަތަކުންނެވެ. [1] ޝަހުވަތްތަކަށް ތަބާވުމަކީ: ދީނުގައި އެކަން އޮތްގޮތެއް ބަލާ ނުލާ އެމީހާ އެދޭހާ ކަމެއް ކުރަމުން ދިޔުމެވެ. ޝުބުހަތަކަށް ތަބާވުމަކީ: ދީނުގެ ކަންކަން އޮޅި، އެމީހަކަށް ދީނަކީ ބުރަ އެއްޗަކަށްވެ، ދީނުން އެއްކިބާވެ ނުވަތަ ދީނާ މެދު ރަނގަޅު ނޫން ތަޞައްވަރެއް އޮތުމުން ދީނުގައި އަންގަވާފައިވާ…