ޙައްޖު މަހުގެ ފުރުތަމަ ދިހަ ދުވަހަށް އަމާޒުކޮށްގެން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިޔަށްގެންދާ ސިލްސިލާ ދަރުސް “އައްދައުރާ އަލްޢިލްމިޔާ” ގެ ދެވަނަ ދައުރާ މިއަދު ފެށިއްޖެއެވެ. ޖުމްލަ ހަތް ދަރުސް ހިމެނޭ މި ދަރުސް ސިލްސިލާ މި އަހަރު ކުރިޔަށް ގެންދަނީ މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގައެވެ. “އައްދައުރާ އަލްޢިލްމިއްޔާ 2″ގެ ފުރަތަމަ ދަސްރު ދެއްވާފައިވަނީ ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ.ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ.
ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދު ފަހުން އޮންނަ މި ދަރުސްތައް ކުރިޔަށް ދާނީ 28 މެއި 2025 އިން 03 ޖޫން 2025 އަށެވެ. އެއީ ޙައްޖު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޙައްޖު މަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ. މިއަހަރުގެ “އައްދައުރާ އަލްޢިލްމިއްޔާ 2” ސިލްސިލާގެ ދަރުސްތަކުގެ މައުޟޫޢުތައް ގުޅިފައިވަނީ އިސްލާމީ ޢަޤީދާއާއި ތައުޙީދުގެ މައުޟޫޢުތަކާއެވެ. މި ސިލްސިލާ ދަރުސްތައް ދެއްވަނީ ޖަމްޢިއްޔަތު ސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރުންނެވެ.