ހުކުރަށް ދިޔުމަށް ހިނައިގަތުން
ހުކުރު ދުވަހަކީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން ޚާއްޞަ ދުވަހެކެވެ. އެދުވަހަކީ އާދަމްގެފާނު ޚަލްޤު ކުރެއްވުނު ދުވަހެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީވެސް އަދި ސުވަރުގެއިން ބޭރުކުރެއްވުނީވެސް ހުކުރު ދުވަހެއްގައެވެ. އަދި ޤިޔާމަތްވާނީވެސް ހުކުރު ދުވަހެއްގައެވެ. ހުކުރު ދުވަހުގެ މާތްކަމުގެ ތެރެއިން ހިމެނޭ އަނެއް ކަމަކީ އެއީ މުސްލިމުންނަށް ޚާއްޞަކޮށްދެއްވާފައިވާ ދުވަހެއްކަމުގައި ވުމާއި، އެދުވަހު ހުކުރު ނަމާދު ލައްވާފައިވުމެވެ. ހުކުރު ނަމާދަށް ގޮވާލެއްވިއްޖެނަމަ ވިޔަފާރިކުރުން ޙަރާމްވެގެންވެއެވެ. އަދި ދުނިޔެވީ އެންމެހައި ކަމަކުން އެއްކިބާވެ އެނަމާދަށް ދިޔުމަށް މާތް ﷲ…