“ނަމަ” ކިޔުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ކަމެއް ގޯސްކޮށް ކުރެވުމުން، ވަރަށް ގިނައިން “ނަމަ” ކިޔާ އަޑު އިވެއެވެ. އަދި އުންމީދާއެކު ވާހަކައެއް ބުނާއިރުގައިވެސް “ނަމަ” ކިޔާ އުޅެއެވެ. ޝަރުޢީ ގޮތުން ބަލާލާއިރު މި ކަލިމައަކީ ބައެއް ޙާލަތްތަކުގައި ބޭނުންކުރުން ހުއްދަ އަދި އަނެއް ބައި ޙާލަތްތަކުގައި ބޭނުން ކުރުން ނަހީކުރައްވާފައިވާ ކަލިމައެކެވެ. އެހެންކަމުން މިލިޔުމުގައި މިކަމަށް އަލިއަޅުވާލާނަމެވެ. ހެޔޮކަންތައްތައް ކުރުމަށްޓަކައި އަދި އެކަންކަން އިތުރުކުރުމުގެ އުންމީދުގައި…

މަރަކުން ނުފިލޭނެ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އެއްދުވަހަކު ޢަލީގެފާނު މިންބަރަށް އަރައިވަޑައިގަތެވެ. އަދި ޙަމްދު ޘަނާއަށް ފަހު، މަރާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ވިދާޅުވިއެވެ.   “މަރަކުން ނުފިލޭނެއެވެ. އެއާ ދެކޮޅު ހެދިޔަސް އެމީހަކު ގެންދާނެއެވެ. ފިލަން އުޅުނަސް އަރާ ހަމަކުރާނެއެވެ. ފަހެ، ނަޖާވާށެވެ! ނަޖާވާށެވެ! ފަހެ، އަވަސްވެ ގަންނާށެވެ! އަވަސްވެ ގަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ފަހަތުގައި ބާރު ދުވެލީގައި އަންނަ އެއްޗެއް ވެއެވެ. އެއީ ކަށްވަޅެވެ.…

ރަވާތިބު ސުންނަތްތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ނަބިއްޔާ صلى الله عليه وسلم ވަނީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރާނެ ގޮތް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ސުންނަތް ނަމާދުތަކެއް އެކަލޭގެފާނުގެ ސުންނަތުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ ސުންނަތް ނަމާދުތަކުގެ ތެރޭގައި ރަވާތިބު ސުންނަތްތައް ހިމެނެއެވެ. ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރެވޭ ކޮންމެ ނަމާދަކީ ރަވާތިބު ސުންނަތެއް…

ޙަޔާތުގައި ކުރަން ހުރި ކަންކަން ޖަމާކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. މި ދުވަސްވަރަކީ އެކި ބާވަތްތަކުގެ ކަންތައްތައް ގިނަވެފައިވާ ދުވަސްވަރެކެވެ. އުންމީދުތައްވެސް ވަނީ ކުރިފަޅާފައެވެ. އެކި ބޭނުންތަކާއި މަޝްޣޫލު ކުރުވަނިވި ކަންތައްތަކެވެ. ކުރަންހުރި ބޭނުންވާ ކަންތައްތަކަށް ހުރި ހުރަސްތަކާއި އުންމީދުތަކުގެ ކުރިމަތީގައި މުސްލިމު އަޅާ ހުއްޓި ހުންނަނީ ޙައިރާންވެފައެވެ. ގޭގައި ކުރަންޖެހޭ ކަންތައްތަކަކާއި އަދާކުރުން ވާޖިބު ކަންތައްތަކެވެ. އަނބިމީހާއަށް ދޭން ޖެހޭ ސަމާލުކަމާއި ކޮށްދޭން ޖެހޭ ކަންކަމެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ދޭން…

ބަލިތަކުން ރައްކާތެރިކޮށްދެއްވުމަށާއި ޝިފާ ދެއްވުމަށް އެދި ދުޢާކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ބަލިވުމަކީ އާދަމުގެ ދަރިންގެ މައްޗަށް ﷲ ތަޢާލާ ލިޔުއްވާފައިވާ ކަމެކެވެ. އެއީ މުއުމިނު އަޅުންގެ ފާފަތައް ފުއްސެވުމަށް އެއިލާހު ލައްވާފައިވާ ސަބަބެއްވެސްމެއެވެ. ބަލިތަކަށް ޝިފާ ދެއްވާ ފަރާތަކީ ﷲ ތަޢާލާ އެވެ. އިބްރާހީމް علية السلام ވިދާޅުވި ބަސްފުޅު ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ﴿وَإِذَا مَرِضْتُ فَهُوَ يَشْفِينِ﴾ [سورة الشعراء 80] މާނައީ: “އަދި ތިމަންކަލޭގެފާނު…

ހާރުދަމުގެ ވަގުތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށް އަދި އެއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދެންނެވުމަކީ ހުރިހާ ވަގުތެއްގައިވެސް މުސްލިމުން އަދާކުރާ އަޅުކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ހާރުދަމުގެ ވަގުތުގައި އެކަން އިތުރުކޮށް، އެކަމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެކެވެ. އެހެނީ އެއީ ދުޢާ އިޖާބަކުރެއްވުމުގެ ފުރުޞަތު ތަނަވަސްވެގެންދާ ވަގުތެކެވެ. ޞާލިޙު އަޅުތަކުންގެ ވާހަކަ ބަޔާންކުރައްވައި، ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. إِنَّهُمْ…

ޢުމަރު ބުން ޢަބްދުލްޢަޒީޒު رحمه الله ދެއްވި އެންމެ ފަހު ޚުޠުބާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އިބްނު ކަޘީރު رحمه الله ވަނީ ޢުމަރު ބުން ޢަބްދުލްޢަޒީޒު رحمه الله ދެއްވި އެންމެ ފަހު ޚުޠުބާ އެކަލޭގެފާނުގެ البداية والنهاية އޭ ކިޔުނު ފޮތުގައި ގެންނަވާފައެވެ. އެ ޚުޠުބާގައި ޙަމްދުޘަނާއަށް ފަހު، ޢުމަރު ބުން ޢަބްދުޢަޒީޒު رحمه الله ވިދާޅުވިއެވެ.   “އެއަށްފަހު ދަންނައެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޚަލްޤުކުރެއްވުނީ ބޭކާރު ގޮތުގައެއް ނޫނެވެ. އަދި ތިޔަބައިމީހުން…

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 7

ދިހަވަނައީ: ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ އިޛުނަ ނެތި ސުންނަތް ރޯދަ ހިފުން   މިފަދަ ކަންކަމުގައި އެންމެ ރަނގަޅު ގޮތަކީ ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް، އެއްބަސްވެގެން މިކަން ތަރުތީބުކޮށްލުމެވެ. އަދި ދެމަފިރިންވެސް މިކަމުގައި ވިސްނައިގެން ގޮތް ނިންމުމެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «لاَ يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ» [رواه البخاري في صحيحه برقم: (5195)] މާނައީ: ” ގާތުގައި ފިރިމީހާ ހުއްޓާ،…

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 6

އަށްވަނައީ: ވިޞާލުކޮށް ރޯދަ ހިފުން   ޢަރަބި ބަހުގައި ވިޞާލުގެ ލަފްޒީ މާނައަކީ ގުޅުވާލުމެވެ. ރޯދަ ހިފުމުގައި ވިޞާލުކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. އަދި އެއް ދުވަހަށް ވުރެ ގިނައިން ރޯދައަށް ހުރުމެވެ. [1] ވިޞާލުކޮށް ރޯދަ ހިފުމުގައި ދެގޮތެއް ވެއެވެ. އެއީ: – އިރު އޮއްސުމުން ރޯދަ ވީއްލުމުގެ އިޚްތިޔާރު އޮވެ ޤަޞްދުގައި ރޯދަ ނުވީއްލާ ފަސްކޮށްފައި ރޯދަ ވީއްލުން [2] – ރޯދަ ނުވީއްލާ ވިދިވިދިގެން ދެ ދުވަހު ނުވަތަ…

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 5

ހަވަނައީ: ޝައްކުގެ ދުވަހު ރޯދަ ހިފުން   ޝައްކުގެ ދުވަހަކީ ޝަޢުބާންމަހުގެ ތިރީސްވަނަ ދުވަހެވެ. އެދުވަހަށް އެނަމުން ނަން ދެވުނީ ވިލާ ބޯވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ނުފެނިއްޖެނަމަ ޝައުބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތޯ ޝައުބާންމަހުގެ ތިރީސްވަނަ ދުވަސްތޯ ޝައްކު އުފެދޭތީއެވެ. [1] ޢަންމާރު ބުން ޔާސިރު رضي الله عنه ވިދާޅުވިއެވެ. «مَنْ صَامَ يَوْمَ الشَّكِّ فَقَدْ عَصَى أَبَا القَاسِمِ صَلَّى اللهُ عَلَيْهِ وَسَلَّمَ» [رواه البخاري في صحيحه…

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 4

ފަސްވަނައީ: ޝަޢުބާންމަސް ދެބައިވުމުން ރޯދަ ހިފުން   ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «إِذَا انْتَصَفَ شَعْبَانُ، فَلَا تَصُومُوا» [رواه أبو داود في سننه برقم: (2337) وصححه الألباني في صحيح أبي داود برقم: (2025)] މިޙަދީޘުގައި މިވަނީ ޝައުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައެވެ. މި ނަހީއިން އިސްތިޘްނާވާ ޙާލަތްތަކެއް ވެއެވެ.   ފުރަތަމަ ޙާލަތް: އާދަކޮށް ރޯދަހިފަމުންދާ މީހާ މިޘާލަކަށް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު…

ނަފްސުގެ ރޫޓީން ޗެކް ކުރާށެވެ!

އެކުވެރި ރަޙުމަތްތެރިޔަކު އޭނާގެ ސައިކަލު ހަދަން ގަރާޖަކަށް ގެންދިޔަ ވާހަކަ ބުނުމުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙަޔާތާ އެވާހަކައާ ގުޅުވައިލެވުނެވެ. ފުރަތަމަ އެ އެކުވެރިޔާގެ ވާހަކަ ދަންނަވާލާނަމެވެ. ސައިކަލް ގަރާޖެއްގެ ކައިރިން އެކުވެރިޔަކު ފެނުމުން ކިހިނެއްތޯ އަހާލުމުން، އޭނާގެ ހާލަތު ކިޔައިދެމުން ބުންޏެވެ. “މިއުޅެނީ ސާރވިސްކުރަން ލާފަ ހުރި ސައިކަލް ބަލާ އައިސް. އެތަނަށް ގެންދިޔައިރު ހުރީ 13000 ކިލޯމީޓަރުވަރު ދުވެފަ. ދެން މެކޭނިކު ކައިރީ އަހާލީމާ ބުނީ 10،000 ހަމަވީމަ ޖެހޭނެޔޭ ފުލް ސާރވިސްއެއް ކުރަން. ދެން…