ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މިއަދު ފެށިއްޖެ
ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މިއަދު ހެނދުނު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފެށިގެން ކުރިއަށް އެބަދެއެވެ. މިއަދު ހެނދުނު ފެށުނު މި ބައްދަލުވުން ފެށިފައިވަނީ މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ޖަލްސާއަކުންނެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. ރާއްޖޭގެ އެކި އަތޮޅުތަކުންނާއި މާލޭގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިން ޖުމްލަ 63 ޢިލްމުވެރިން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި، ޢިލްމުވެރިންނާ ގުޅުންހުރި އެކިއެކި…