ޖަމްޢިއްޔަތުއްސަލަފްގެ ހަފްތާ ބަންދު ދަރުސްތަކުގެ ތެރެއިން މި ހަފްތާ ބަންދުގެ ދަރުސްތައް 6 މާރޗުން 8 މާރޗުގެ ނިޔަލަށް ގިނަ ރަށްތަކެއްގައި ކުރިއަށް ދާނެއެވެ. إن شاء الله
ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ރާއްޖޭގެ އެކި ރަށްތަކުގައި ދީނީ ހޭލުންތެރިކަން ފެތުރުމުގެގޮތުން ކުރިއަށް ގެންދާ މި ދަރުސްތައް 11 ޝެއިޚުންނާއެކު 5 އަތޮޅެއްގެ 20 ރަށެއްގައި އޮންނާނެއެވެ.
މި ދަރުސްތަކުގެ މަޢުލޫމާތުތަކަށް ބަލާލާއިރު:
1- ދ. ކުޑަހުވަދޫ އަދި ހުޅުދެލީގައި ދަރުސް ދެއްވާނީ އައްޝައިޚް އަޙްމަދު ސަމީރު
2- ހއ. ހޯރަފުށި އަދި އިހަވަންދޫގައި ދަރުސް ދެއްވާނީ އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު
3- ހއ. ވަށަފަރު އަދި އުތީމުގައި ދަރުސް ދެއްވާނީ އައްޝައިޚް މުޙައްމަދު ޝާހިދު
4- ހއ. ބާރަށް އަދި މުރައިދޫގައި ދަރުސް ދެއްވާނީ އައްޝައިޚް ޙާތިމް ޔޫސުފް
5- ހއ. ތަކަންދޫ އަދި މާރަންދޫގައި ދަރުސް ދެއްވާނީ އައްޝައިޚް ޙަސަން ޞަބާޙު
6- ހއ. ތުރާކުނު އަދި އުލިގަމުގައި ދަރުސް ދެއްވާނީ އައްޝައިޚް ޙަސަން ފައިޞަލް
7- ހއ. ކެލާ އަދި ފިއްލަދޫގައި ދަރުސް ދެއްވާނީ އައްޝައިޚް އަޙްމަދު ޝުޢައިބު
8- އދ. މާމިގިނލީގައި ދަރުސް ދެއްވާނީ އައްޝައިޚް މުޖުތަބާ ޙަމީދު
9- ކ. މާފުށީގައި ދަރުސް ދެއްވާނީ އައްޝައިޚް ޢަޠީފު އަބޫބަކުރު
10- ގދ. ނަޑެއްލާ އަދި ފިޔޯރީގައި ދަރުސް ދެއްވާނީ އައްޝައިޚް މުޙައްމަދު މަންޞޫރު އާދަމް
11- ރ. އަނގޮޅިތީމުގައި ދަރުސް ދެއްވާނީ އައްޝައިޚް ސާޖިދު މުޙައްމަދު
ހަފްތާ ބަންދު ދަރުސްތަކަކީ ރަމަޟާންމަސް ނޫން މަސްތަކުގައިވެސް އެކިއެކި ރަށްތަކުގައި ކުރިއަށް ގެންދެވޭ ދަރުސްތަކެއް ކަމުގައި ވީނަމަވެސް، ޚާއްޞަކޮށް ރަމަޟާންމަހުގައި ވީހާވެސް ގިނަ އަތޮޅުތަކެއްގައާއި ރަށްތަކެއްގައި ދަރުސްތައް ބޭއްވުމަށް ޖަމްޢިއްޔާގެ ފަރާތުން މަސައްކަތްތަކެއް އަބަދުވެސް އަންނަނީ ކުރަމުންނެވެ.
އެހެން މައްސަރުތަކާ ޚިލާފަށް ޚާއްޞަކޮށް ރަމަޟާންމަހުގައި ދީނީ ހޭލުންތެރިކަން ފެތުރުމަށްޓަކައި ކައުންސިލުތަކުންނާއި، އެކިއެކި މުއައްސަސާތަކުންނާއި، ޖަމްޢިއްޔާތަކުންނާއި، އަމިއްލަ ފަރުދުން އިސްނަގައިގެން އަގުހުރި، ބުރަ މަސައްކަތްތަކެއް ކުރާކަމީ ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އެކަމާމެދު އިންތިހާއަށް އުފާކުރާ، އަދި އެކަމުގައި އެފަރާތްތަކަށް ނިހާޔަތަށް ޝުކުރުވެރިވާ ކަމެކެވެ. އަދި މި ދަރުސްތައް ކާމިޔާބުކަމާއެކު ގެންދިޔުމަށް އެބޭފުޅުންގެ ވަގުތުތައް މިކަމަށް ހުސްކޮށްދެއްވާ ލޮބުވެތި ޝެއިޚުންނަށްވެސް ޖަމްޢިއްޔާއިން ފަށްފަށުން ޝުކުރުދަންނަވައެވެ.