ނަރަކަ – އަޒާބުގެ ގޮވަތި – 1

ނަރަކަޔަކީ ކޮބާ؟ ނަރަކަޔައީ ﷲ ތަޢާލާ އެކަލާނގެ އަށް ކާފިރުވާ މީހުންނާއި، އެކަލާނގެ ޝަރީޢަތާއި ދެކޮޅު ހަދާމީހުންނާއި އަދި އެކަލާނގެ ފޮނުއްވި ރަސޫލުން ދޮގުކުޅަ މީހުންނަށް އަޒާބު ދެއްވުމަށް އެކަލާނގެ ހައްދަވައި ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. އެއީ އެކަލާނގެ އަދުއްވުންނަށް ހުރި އަޒާބުގެ ގޮވައްޗެވެ. އަދި މުޖްރިމުން އެތަނެއްގައި ހިފައިހައްޔަރު ކުރެވޭނެ ޖަލެވެ. އެއީ ބޮޑުވެގެންވާ ނިކަމެތިކަމާއި އަދި ހަލާކެވެ، އެއަށް ވުރެ ބޮޑު ނިކަމެތިކަމެއް އަދި ގެއްލުމާ ހަލާކެއް ނުވެއެވެ. ﷲ ވަޙީ ކުރެއްވިއެވެ. (رَبَّنَا…

فضيلة الشيخ آدم نسيم ( ބީ.އޭ ނަސީމް ) އަވަހާރަވުމުގެ ތަޢުޒިއާ ދިވެހިއުއްމަތަށް

إنا لله وإنا إليه راجعون ! ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ فضيلة الشيخ آدم نسيم ( ބީ.އޭ ނަސީމް ) މިއަދު 18 ސެޕްޓެމްބަރ 2022 މ ( 22 صفر 1444 ހ ) ގެ ފަޖުރުގެ ވަގުތު ވަނީ މި ފަނާވެދަނިވި ދުނިޔެއާ ވަކިވެފައެވެ. ނަސީމަކީ މަދީނާ ޔުނިވަރސިޓީއިން ކިޔަވުން ޙާޞިލްކުރެއްވި އެންމެ ކުރީގެ ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އިނގިރޭސިބަހުން އެންމެ ފުރަތަމަ ބީއޭ ފާސް…

ޖަމްޢިއްޔަތުއްސަލަފުގެ ރިޙުލާ މިފަހަރު ރ.އަތޮޅުގައި

ދީނީ ހޭލުންތެރިކުރުމުގެ ޙަރަކާތްތަކުގެތެރެއިން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހިންގާ އެންމެ ބޮޑު އެއް ޙަރަކާތްކަމުގައިވާ “ސަލަފްރިޙްލާ” މިފަހަރު ރ.އަތޮޅުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. ޖަމްޢިއްޔަތުއްސަލަފުގެ ދަޢުވާ ކޯޑިނޭޓަރު އައްޝައިޚް މުޖްތަބާ ޙަމީދު ހާމަކުރެއްވިގޮތުގައި މާޅޮސްމަޑުލު އުތުރުބުރީގައި ބޭއްވުމަށް ރާވާފައިވާ ‘ރިޙްލާ’ ގެ ދަތުރުގެ ތައްޔާރީތައް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށާއި ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކެނޑުނު މި ދަތުރު މިއަހަރު އޮންނާނީ ރ.އަތޮޅުގައިކަމަށެވެ. “ސަލަފްރިޙްލާ 2022″ މި އަންނަ އޮކްޓޯބަރ މަހުގެ 6 ން 9 ށް ރ.އަތޮޅުގެ…

‎ޣައިރު ދީނުގެ އަޅުކަމެއްކަމަށްވާ ޔޯގާ ކަސްރަތެއްގެ ނަމުގައި ރާއްޖޭގައި ފަތުރާތީ އެކަން ޔޫތު މިނިސްޓަރުގެ ސަމާލުކަމަށް ސަލަފުގެ ފަރާތުން ގެނެސްފި

‎ހިންދޫދީނާއި ބުދު ދީނުގެ އަޅުކަމެއް ކަމުގައިވާ ޔޯގާ، ކަސްރަތެއްގެ ސިފާގައި ދިވެހިރާއްޖޭގައި ފަތުރައި، އެކަމަށް ޚާއްޞަދުވަހެއް ފާހަގަކުރާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންމްޕަވަރމެންޓް އަލްފާޟިލް އަޙްމަދު މަޙްލޫފަށް ސިޓީއެއް ފޮނުވައިފިއެވެ. މި މަހުގެ 19 ވަނަ ދުވަހު ސަލަފުގެ ފަރާތުން ފޮނުވި ސިޓީގައި ޔޯގާއަކީ ޣައިރުދީނުގެ އަޅުކަމެއްކަން އެދީންތަކުގެ ފޮތްތަކާއި އަދި އެދީންތަކުގެ ރާހިބުންގެ ބަސްތަކުން އެނގޭއިރު ދިވެހިރާއްޖޭގައި އެފަދަ ކަންކަން ކުޅިވަރުގެ ނަމުގައިވިޔަސް ކުޅުމަކީ…

ޖަމްޢިއްޔަތުއް ސަލަފުގައި މަސައްކަތް ކުރުމުގެ ފުރުޞަތު

ޢިއުލާން ޖަމްޢިއްޔަތުއް ސަލަފުގައި މަސައްކަތް ކުރުމުގެ ފުރުޞަތު • ގުރެފިކް ޑިޒައިނަރ ބޭނުންވާ ޢަދަދު: އެކެއް ( 1 ) ޖިންސު: ފިރިހެން   ޢުމުުރު: 18-25 ދެމެދު ޝަރުތު: – ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައި ވުމާއިއެކު އޭގެ އިތުރުން ‘ސެކްންޑްރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑްރީ ސްކޫލް’ ސެޓްފިކެޓް އިމްތިހާންގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން. ނުވަތަ –…

ފޮޓޯ ހުނަރު މުޅިން އައު ތީމަކާއި އެކު

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ރަމަޟާން މަހަކު ކުރިއަށްގެންދާ ފޮޓޯ ހުނަރު މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ. ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ރަމަޟާން މަހުގެ 10 އިން 15 އަށް ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރުގެ މައުޟޫއަކަށް ހަމަޖައްސާފާ ތީމް އަކީ ‘الله ގެ ކުޅަދުންވަންތަކަން’ ކަމަށް އެޖަމްއިއްޔާއިންވަނީ ހާމަކޮށްފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ދެޖިންސުގެ ޒުވާނުންވެސް ރަމަޟާން މަހުގެ 15 ގެ ކުރިން…

“ލޯބިވެރިޔާ” ދަޢުވަތު ދިން ހިނދު (ފުރަތަމަ ބައި)

އައްޝައިޚް މުޖުތަބާ ޙަމީދު އެންމެ ހިތާވާ އަދި އެންމެ ގަޔާވާ މީހާ ދަޢުވަތެއް ދީފިނަމަ ޤަބޫލު ނުކުރާނަންތޯއެވެ؟ މި ސުވާލަށް ގިނަ މީހުން ޖަވާބުދޭނީ ކިހިނެއްބާއެވެ؟ ކޮންމެ ގޮތަކަށް ދިނަސް މިލިޔާ ވާހަކަގައި ދީފައިވާ “ޖަވާބަކީ” ހަމަ އެކަނި ރަނގަޅު ޖަވާބެވެ. ރޭގަނޑުގެ ވަގުތެވެ. މަދީނާއިން ދަތުރުކޮށްފައި އަބޫ މަރުޘަދުގެފާނު ވަޑައިގެން އަރާވަޑައިގެންނެވީ އެކަލޭގެފާނުގެ އުފަން ރަށަށްށެވެ. އެއީ ކުޑައިރުގެ ހަނދާންތައް އެތަނެއްގައިވާ ވަޒަނެވެ. އެއީ ޒުވާން ދުވަސްވަރު އެރަށުގެ ވާދީތަކުގައި ހޭދަކުރި ފަސްގަނޑެވެ. އެއީ މައްކާއެވެ.…

‎ހަމަ ހަލާކުވެއްޖެ

އައްޝައިޚް މުޖުތަބާ ޙަމީދު އެއީ ރޯދަމަހެކެވެ. މަދީނާގެ މަގުތަކުގައި މީސްތަކުން ހޭލަމޭލައަށް އުޅެމުންދެއެވެ. ކުއްލިއަކަށް ފެންނަ މަންޒަރަކީ މަދީނާގެ މަތިވެރި ޢަދުލުވެރި ދަރުބާރެވެ. ކައު ސާހިބާގެ މަތިވެރި މިސްކިތްކޮޅު ހިމެނޭ ސަރަޙައްދެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަގައި އެކަލޭގެފާނުގެ ބައެއް ޞަހާބީން ތިއްބެވިއެވެ. އެބޭކަލުން ތިއްބެވީ އަދަބުވެރިކަމާ އެކުއެވެ. ކުއްލިއަކަށް މުޅި މާހައުލުގެ ހިމޭންކަން ގެއްލުވާލީ މާދުރުން އިންސާނެއްގެ ބާރު އަޑުންނެވެ. އެ އަޑު މަޑުމަޑުންކައިރިވަމުން ބާރުވަމުން އެބަ އާދެއެވެ.  އެވަގުތު…

މުޅި ކަދުރު ދަނޑު އެއްކޮށް ވިއްކާލުމަށް ފަހު ގަތީ އެންމެ ކަދުރު ރުކެއް (ޙަޤީޤީ ވާހަކައެއް)

އައްޝައިޚް މުޖުތަބާ ޙަމީދު އެއްފޯނު ގަންނަން ތިން ފޯނުވެސް ވިއްކާލަފާނަން ހެއްޔެވެ؟ އާއެކެވެ. އެންމެ ފަހުގެ މޮޅު ފޯނެއް ހޯދުމަށް ބާވެ ދުވަސްވެފައިވާ ތިން ފޯނު ނުވަތަ އެއަށްވުރެ ގިނައިންވެސް ވިއްކާލަ ފާނެއެވެ. މީހުން އަބަދުވެސް އެންމެ މޮޅު އަދި އެންމެ ފަހުގެ އެއްޗެހި ގަތުމަށް ލޯބިކުރެއެވެ. މިއީ މިޒަމާނުގައި އެކަނިވާ ކަމެއްނޫނެވެ. ރަސޫލު ޒަމާނުގައިވެސް މިކަން ހިނގާފައިވެއެވެ. އެއީ މީލާދީން ހަތްވަނަ ޤަރުނެވެ. މަދީނާގައި ހިނގާފައިވާ މި އާދަޔާ ޚިލާފު ހާދިސާ ކިޔާލާށެވެ. އާދަޔާ ޚިލާފުވާނެ…

‎ސަފުހެދުމަށް މައުމޫމުން ތެދުވާނީ ކޮން އިރަކު؟

އައްޝައިޚް އަޙްމަދު ސަމީރު މައުމޫމުން ނަމާދަށް ތެދުވާނެ ވަގުތާމެދު ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. މީގެ ސަބަބަކީ ވަކި ވަގުތެއް ޚާއްޞަކުރާ ޞައްޙަ ދަލީލެއްވާރިދުވެފައި ނުވާތީއެވެ. فضيلة الشيخ ابن عثيمين رحمه الله ވިދާޅުވެފައިއެވެ.” (މައުމޫމް) ނަމާދަށް ތެދުވާނެ ވަކި ވަގުތެއް ކަނޑައަޅާ ސުންނަތުގެދަލީލެއް ވާރިދުވެފައެއް ނުވެއެވެ. ހަމައެކަނި ވާރިދުވެފައިވަނީ “ތިމަން ކަލޭގެފާނު ނުފެންނަނީސް ތިޔަބައިމީހުން ނުތެދުވާށެވެ!” މިފަދައިންނެވެ. مجموعفتاوى ابن عثيمين (13/8) މިކަމާބެހޭގޮތުން الشيخ عبد العزيز بن باز…

ކަނބަލުންނަށް ޚާއްސަ ވޯކްޝޮޕެއް

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އަންހެން ކަންބަލުންނަށް ޚާއްސަކޮށްގެން ވޯކްޝޮޕެއް ބާއްވަން ހަމަޖައްސައިފިއެވެ. ޙައިޟު، ނިފާސްއާ ބެހޭ ގޮތުން ބާއްވާ މި ވޯރކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 4، 5، 11 އަދި 12 ވަނަ ދުވަހުގެ ރޭގަނޑު 9:30 އިން 11:00 އަށެވެ. ވޯކްޝޮޕްގައި ބައިވެރިވެވޭނީ 250 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ. ވޯކްޝޮޕްއާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9557018 އަށް ގުޅުއްވުމަށް ޖަމްޢިއްޔަތުއްސަލަފުން އެދެއެވެ.

މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް: ޖަމްޢިއްޔަތުއްސަލަފު

6 މެއި 2021 ގެ ހަމަލާގެ ތުހުމަތުގައި، ދައުވާ އުފުލާފައިވާ ހއ. ހޯރަފުށި، އަލަނާސިގޭ މުޙައްމަދު ތަސްލީމަކީ ދީނީ ޝިޢާރު ކުރިއެރުވުމަށް 2012 ވަނަ އަހަރުން ފެށިގެން، ފުންނާބުއުސް ޝޭޚުންނާއެކު މަސައްކަތް ކުރަމުންދާ މީހެއްކަމާއި،އަދި ޖަމިއްޔަތުއް ސަލަފުގެ އޮފީހުގައި އެފަދަ ގިނަ މަސައްކަތްތަކެއް ކޮށްފައިވާމީހެއް ކަމަށް، އޭނާގެ ވަކީލު ވިދާޅުވިކަމަށް ބުނެ ވަކީލާ ހަވާލާދީ ބައެއް މީޑިއާގައި ރިޕޯޓްކޮށްފައިވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ބުނެ ޖަމްޢިއްޔަތުއްސަލަފުން ބަޔާނެއް ނެރެފި އެވެ. ތިރީގައި މި ވަނީ…