ފަލަސްތީނަށްޓަކައި ތިބާއަށް ކޮށްދެވޭނީ ކޮންކަމެއް!

ފަލަސްޠީނުގެ ޣައްޒާގައި އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނާއި ތުއްތު ކުދީން ޤަތުލު ކުރަމުންދާއިރު މުސްލިމަކަށްވީތީ ތިމާއަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ. “ހަމައެކަނި ދުޢާ ކޮށްލީމާ ފުދޭނެ ހެއްޔެވެ؟ ނުވަތަ ހިނގާލުމެއް، އެއްވުމެއް ބޭއްވުމުން ނިމުނީ ހެއްޔެވެ؟” މިއީ ވަރަށް ގިނަ ބައެއްގެ ހިތްތަކުގައި އުފެދިފައިވާ ޝުޢޫރު ތަކެކެވެ. ފަލަސްޠީނަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މުސްލިމުން އެމީހަކަށް ވެވެން އޮތް ގޮތަކުން، ކުރެވެންހުރި ހުރިހާ ކަމެއް ކުރަޖެހޭނެއެވެ. އޭގެތެރެއިން އެންމެ…

އަނިޔާވެރިކަން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އަނިޔާވެރިކަމަކީ ކޮބާ؟   އަނިޔާވެރިކަމަކީ ކަމެއް އެ އޮންނަންވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމެވެ. ނުވަތަ އެއްޗެއް އެ އޮންނަންވާ ތަން ނޫން އެހެން ތަނަކަށް ލުމެވެ. އެއީ އެއްޗެއް ނުވަތަ ކަމެއް އިތުރުކޮށްގެން ނުވަތަ އުނިކޮށްގެނެވެ. ނުވަތަ އޭގެ ވަގުތުން ނުވަތަ ތަނުން އެއްކިބާ ކޮށްގެންނެވެ. [1]     އަނިޔާވެރިކަމުގެ ވައްތަރުތައް   އަނިޔާވެރިކަން ތިން…

ނަފްސު އިޞްލާޙު ކުރުން: ދެދުނިޔޭގެ ބާޖަވެރިކަން ލިބުމުގެ މަގު

އިހުގެ ދަންނަ ބޭކަލުންގެ ބަސްފުޅެއްގައިވެއެވެ. ނަފްސަކީ އަޅާއާއި ކީރިތި ވަންތަ ﷲ އާ ދެމެދުގައިވާ ފަރުދާއެކެވެ. އެ ފަރުދާ ހުރަސްކޮށްގެން މެނުވީ އޭނާއަށް އޭނާގެ ވެރި ރައްބުގެ ޙަޟުރަތަށް ނުދެވޭނެތެވެ. މީސްތަކުގެ ނަފްސުތަކާއި އެމީހުންނާ ދެމެދުގައި އޮތް ގުޅުމަށް ބަލާއިރު ދެބައެއް ވެއެވެ. އެއީ؛ އެމީހެއްގެ މައްޗަށް އޭނާގެ ނަފްސު ގަދަވެގަންފައިވާ މީހާއެވެ. އެފަދަ މީހަކުވަނީ އޭނާގެ ނަފްސުގެ އަވައިގައި ޖެހި، އެނަފްސަށް ކިޔަމަންގަންނަ މީހަކު ކަމުގައެވެ. އަދި ނަފްސުގެ އެދުންތަކުގެ ސަބަބުން އޭނާ ނެތި ހަލާކުވެގެން…

ފާފަތަކުގެ ނުރައްކާތެރިކަން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އޭ ކެހިވެރި އުންމީދުތަކުން ފުރިފައިވާ މީހާއެވެ!   – އިބިލީހަށް ލަޢުނަތް ލެއްވުނީ އަދި ޢިއްޒަތުގެ މަންޒިލުން ބޭރުކުރެވުނީ އެންމެ ސަޖިދައެއް ކުރުމަށް އަމުރުވެވުމުން، އެކަން ދޫކޮށްލީމައެވެ. – އާދަމުގެފާނު ސުވަރުގެއިން ނެރުއްވުނީ (ނަހީކުރައްވާފައިވާ) ގަހުން ފަރިއްކުޅުވުމުންނެވެ. – މީހަކު މަރާ މީހާ ސުވަރުގެއާ ދުރުކުރެވެނީ އޭނާ އޮހޮރާލި ލޭ ފޮދެއްގެ ސަބަބުންނެވެ. – (މީހަކާ އިނުމަށް ފަހު) ޒިނޭކުރާ މީހާ…

ކިޔަވާ ކުދިންނަށް ހުރި ނަސޭޙަތްތަކެއް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   މިއީ العلامة حافظ بن أحمد حكمي ـ رحمه الله ـ  ލިޔުއްވާފައި الميمية އޭ ކިޔުނު ޅެމުން ނަގާފައިވާ ބައިތުތަކެކެވެ.   ************************************************   يَا طَالِبَ العِلْمِ لَا تَبْغِي بِهِ بَدَلًا *** فَقَدْ ظَفِرْتَ وَرَبِّ اللَّوْحِ والْقَلَمِ އޭ ކިޔަވާ ކުއްޖާއެވެ. ތިޔަކަމަށްޓަކައި ބަދަލަކަށް ނޭދޭށެވެ. ފަހެ ލައުޙާއި ޤަލަމުގެ ވެރި ރައްބު ގަންދީ…

އަނިޔާވެރިންގެ ނިމުން

އަޅުގަނޑުމެންގެ މުޖްތަމަޢުގެ އަޚުލާޤީ މިންގަނޑު ނެތިގޮސް އިޖްތިމާޢީ ފޭރާންވަނީ ވީދިފައެވެ. ރޯމާދުވާލު ވައްކަންކުރާ މީހުންވަނީ ގިނަވެފައެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުންވަނީ ޢާއްމުވެފައެވެ. ރަހީނު ކުރުމާއި، މުދާ ފޭރުމާއި، ލޭ އޮހޮރުވާ ޙައްޤަކާ ނުލައި މީހުން މެރުންވެސްވަނީ އާންމުވެ އާދައިގެ ކަންކަމަށްވެފައެވެ. މިދެންނެވީ އަދުގެ ޙާލަތެވެ. އެހެނެއްކަމަކު މީސްތަކުން ހަނދާންނެތިފައިވަނީ އަނިޔާވެރީންގެ ނިމުންހުރި ގޮތެވެ. އަނިޔާވެރިކަމާއި ފިތުނަ ފަސާދަ އާއްމުވުމަކީ މުޖްތަމަޢުގެ ހަމަޖެހުން ނައްތާލާ ކަމަކެވެ. އަނިޔާވެރިކަމަކީ ދެދިނިޔޭގެ ގެއެއްލުމާއި ހަލާކަށް އެކަން ކުރާ މީހާ ހުށަހަޅާ ސަބަބެކެވެ.…

ދީނުގައި އައިސްފައިވާ ގޮތަށް ތަބާވާށެވެ. ބިދުޢަ ނުހަދާށެވެ.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ﷲ ތަޢާލާވަނީ އިސްލާމްދީން ފުރިހަމަކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ގެންނަވާފައި ނުވާކަމެއް ދީނީ ކަމެއްގެ ގޮތުގައި ކުރުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. އެފަދަ ކަންކަމަކީ އެއީ ބިދުޢައެވެ.     ބަހުގެ ގޮތުން ބިދުޢަ   ޢަރަބި ބަހުގައި بدعة އަކީ: ދީނުގައި ވިޔަސް އަދި އެހެންކަންކަމުގައި ވިޔަސް އަލަށް އުފައްދާ ކަންކަމެވެ. [1] މީސްތަކުން އާދަކާދައިގެ ގޮތުގައި ކުރާ ކަންތައްތައް…

އިސްތިޣްފާރު ކުރުމަކީ ހުރިހާ ދަތިތަކެއްގެ ހައްލު

މިދުނިޔޭގައި އިންސާނާ ހޭދަކުރާ ވަގުތަކަކީ މުޞީބާތްތަކާއި އިމްތިޙާނުތަކުން ފުރިފައިވާ ވަގުތުތަކެކެވެ. އެ މުޞީބާތްތަކާ ކުރިމަތި ލުމުގައި އެކި މީހުންގެ ކުޅަދާނަކަން ހުންނަނީ އެކި ވަރަށެވެ. އަދި އެކި މީހުން އެ މުޞީބާތްތަކާ ކުރިމަތިލަނީ އެކި ގޮތަކަށެވެ. މިހުރިހާ މުޞީބާތްތަކުގައި ކެތްތެރިކަމާއި ހިތްހަމަޖެހުމަށް އެދޭ މީހާއަށް އޮތް އެންމެ ހެޔޮ ހައްލަކީ އިންސާނާ އޭނާގެ ޚާލިޤުވަންތަ އިލާހާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމެވެ. އެއިލާހު ހަނދުމަކުރުން ގިނަ ކުރުމެވެ. މާތް ﷲ ހަނދުމަކުރުން ގިނަކުރާ މީހާއަށް އެއިލާހުގެ ޚާއްޞަ…

ހުކުރުދުވަހުގައިވާ ދުޢާ އިޖާބަކުރައްވާ ވަގުތު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ހުކުރުދުވަހަކީ މަތިވެރިވެގެންވާ ދުވަހެކެވެ. އެދުވަހުގެ މަތިވެރިކަމުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ހިމެނެއެވެ. އެއީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ. އާދަމުގެފާނު ޚަލްޤުކުރެއްވުނު ދުވަހެވެ. އަދި ޤިޔާމަތްވާނީ ހުކުރުދުވަހެއްގައެވެ. އަދި އެ ދުވަހަށް ޚާއްޞަ ވަރަށް ގިނަ ސުންނަތްތައްވެސް ވެއެވެ. ހުކުރުދުވަހުގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އެ ދުވަހުގައި ދުޢާ އިޖާބަކުރެއްވޭ ވަގުތެއް ވާ…

ތައުބާވުމަށް އެދެމޭ!

ތައުބާވުމަކީ، ކުރެވުނު ފާފައާމެދު ހިތާމަކޮށް، އަލުން އަނބުރާ އެފާފަ ނުކުރުމަށް އަޒުމު ކަނޑައަޅައި، ފާފަ ފުއްސަވައި ދެއްވާތޯ ދުޢާކުރުމެވެ. ތެދުވެރި ތައުބާއަކުން ތައުބާވުމަށް މާތް ﷲ ވަނީ އަމުރު ކުރައްވާފައެވެ. އަދި ފާފައަކަށް ކުރެވޭހިނދު، ތައުބާވެ ފާފަ ކުރުން ހުއްޓައިލުމުން، މާތް ﷲ އެ ފާފައެއް ފުއްސަވައިދެއްވާނޭކަމުގައި ކީރިތި ޤުރްއާންގައިވަނީ އަންގަވާފައެވެ. ނަމަވެސް ތައުބާވުފަހު، ހެޔޮ ކަމުގެ މަތީގައި ދެމިހުރުމަކީ އުނދަގޫކަމެކެވެ. އަދި ތައުބާވުމަކީވެސް ބައެއް ފަހަރު ވަރަށް އުނދަގޫކަމަކަށް ވެދެއެވެ. އަދި ހެޔޮ މަގުގައި ސާބިތުވެހުރުމަކީ…

ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔަން ވަކި ވަޤުތެއް ކަނޑައެޅިފައިވޭ ހެއްޔެވެ؟

އެންމެ ޞައްޙަގޮތަކީ ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ވަކި ވަޤުތެއް ކަނޑައެޅިފައިވާކަމެވެ. އެކަމަށް ނަބިއްޔާ ގެ ޙަދީޘްތަކުން ދަލީލުކުރެއެވެ. އެގޮތުން އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބައެއް ބަސްފުޅުތަކުގައި އައިސްފައިވަނީ: މީހަކު ހެނދުނުގެ ވަޤުތުގައި މިވެނި އެއްޗެއް މިފަދައިން ކިޔައިފިނަމަ. އަދި ހަވީރުވުމުން މިވެނި އެއްޗެއް މިފަދައިން ކިޔައިފިނަމަ” މިފަދައިންނެވެ.

ޤައުމުގެ ވެރިޔާއަށް ޙައްދުތައް މާފުކޮށްދެވިދާނެތަ ؟

  މުޖުތަމަޢު އަމާންއޮމާންކޮށް ކުރިއަރައި އިސްލާމީ ވެށީގެ ތެރޭގައި ދެމިތިބުމަށްޓަކައި ކުށްވެރިންނަށް އަދަބު ދިނުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ވަރަށްވެސް މުހިންމު އިލާހީ ހުކުމެކެވެ. މިގޮތުން މީހުން މަރާމީހުންނާއި ވައްކަންކުރާ މީހުންނާއި ޒިނޭފަދަ ކަންތައްތައް ކުރާމީހުންނަށް ޝަރީޢަތުގައި ވަނީ ޙުކުމްތަކެއް ކަނޑައަޅުއްވާފައެވެ. އިސްލާމީ ޝަރީޢަތުގައިވާ ކަނޑަ އަޅުއްވާފައިވާ މިފަދަ ޙައްދުތަކުގެ ތެރެއިން ޙައްދެއް މީހެއްގެ މައްޗަށް ޝަރީޢަތުން ސާބިތުވުމަށްފަހު އެޙައްދެއް މާފުކޮށްދިނުމަކީ ވެރިޔަކަށް ހުންނަ މީހަކަށް ކުރެވިދާނެ ކަމެއް ނޫނެވެ. އަދިކިއެއްތަ؛ ވެރިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އެތަންފީޒުކުރުމެވެ.…