އަޟްޙާ ޢީދު ދުވަހު އުފާ ފާޅުކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އަޟްޙާ ޢީދު ދުވަހަކީ މުސްލިމުން އަދާކުރާ އެންމެ މަތިވެރި އެއް އަޅުކަން ކަމުގައިވާ ޙައްޖުގެ މާތް އަޅުކަމާ ގުޅިގެން އަންނަ ޢީދެކެވެ. އަދި އެއީ ހެޔޮ ޢަމަލުތައް ކުރުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ ދުވަސްވަރުގައި އަންނަ ދުވަހެއްވެސް މެއެވެ.   ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «مَا مِنْ أَيَّامٍ العَمَلُ الصَّالِحُ فِيهِنَّ…

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަސްތަކެވެ. އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ނުހަނު ލޮބުވެތިވެގެންވެއެވެ. އަދި ޘަވާބު އިތުރުވެގެންވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. وَالْفَجْرِ ‎﴿١﴾‏ وَلَيَالٍ عَشْرٍ ‎﴿٢﴾ [سورة الفجر 1 – 2]‏ މާނައީ: “ފަތިސް ގަންދެއްވަމެވެ. [1] އަދި ދިހަ ރޭ ގަންދެއްވަމެވެ. [2]” ﴿وَلَيَالٍ عَشْرٍ﴾ ގެ ތަފްސީރުގައި…

ނަރަކައިގެ ވޭންދެނިވި ޢަޛާބު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ނަރަކައަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވާ އަޅުތަކުންނަށް، އެއިލާހު ތައްޔާރުކުރައްވާފައިވާ ޢަޛާބުގެ ގޮވައްޗެވެ. ދުނިޔޭގެ އަލިފާނަކީ ނަރަކައިގެ އަލިފާން ހަނދުމަކޮށްދެނިވި އެއްޗެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ ‎﴿٧١﴾‏ أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِئُونَ ‎﴿٧٢﴾‏ نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ ‎﴿٧٣﴾‏ [سورة الواقعة] މާނައީ: “ތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން…

لَا إِلٰهَ إِلّا اللهُ ގެ ޝަރުޠުތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އިސްލާމްދީނުގެ އެންމެ ފުރަތަމަ އަދި އެންމެ މަތިވެރި ރުކުނަކީ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ އެއިލާހުގެ ރަސޫލާކަމަށް ހެކިވުމެވެ. لَا إِلٰهَ إِلّا اللهُ ކިޔާއިރު، މި ކަލިމައިގެ ފުރިހަމަ ފައިދާ އަޅުގަނޑުމެންނަށް ޙާޞިލުވާނީ މި ކަލިމައިގެ މާނަ އުނގެނި، މި ކަލިމަ ލާޒިމުކުރާ ގޮތަށް ޢަމަލުކުރުމުންނެވެ. ނަބިއްޔާ صلى الله عليه وسلم…

ޢިލްމެއް ނެތި ﷲ އާ ބެހޭގޮތުން ވާހަކަދެއްކުމުގެ ނުބައިކަން

  الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ﷲ ތަޢާލާއާ ބެހޭގޮތުން ހަދަހަދައިގެން ވާހަކަދައްކާ، އެއިލާހާމެދު ދޮގު ހަދަން ކެރުމަކީ ފާޖިރުންނާއި މުނާފިޤުންނާއި ދީން ޤަބޫލުނުކުރާ މީހުންނާ އަދި ކާފިރުންގެ އެންމެ ވަރުގަދަ އެއް ޞިފައެވެ.   ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا أَوْ قَالَ أُوحِيَ إِلَيَّ وَلَمْ يُوحَ إِلَيْهِ شَيْءٌ وَمَن قَالَ سَأُنزِلُ…

މުނާފިޤުން ފަޟީޙަތްވާ ދުވަސް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   މުނާފިޤުންނަކީ ބޭރުފުށުން މުސްލިމުންކަމުގައި ދައްކައިގެން އުޅޭ، އެބައިމީހުންގެ ހިތުގައި ކުފުރު ވަންހަނާކޮށްފައިވާ މީހުންނެވެ. ފަހަރުގައި ދުނިޔެ މަތީގައި އެބައިމީހުންނަށް މީސްތަކުންނަށް އޮޅުވާ ލެވިދާނެއެވެ. އެހެނަސް ކަށްވަޅުގައި އަދި ޤިޔާމަތް ދުވަހުގެ އެކި މައުޤިފުތަކުގައި އެބައިމީހުންނަށް ޙައްޤު ޢުޤޫބާތް ﷲ ތަޢާލާ ދެއްވާނެއެވެ. އެގޮތުން ޤިޔާމަތް ދުވަހު މުނާފިޤުން ކަޝްފުކުރައްވާ، ފަޟީޙަތްކުރައްވާނެ އެއް މައުޤިފަކީ ﷲ ތަޢާލާއަށް ސަޖިދަކުރަން އަމުކުރައްވާ ހިނދެވެ.…

ރުޅީގެ މައްޗަށް ގަދަވެގަތުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ރުޅިއަކީ އިންސާނާގެ ކިބައިގައި ހުންނަ ސިފައެކެވެ. އަދި އެއީ ކޮންޓްރޯލުކުރަން ނޭނގިއްޖެނަމަ ތިބާއަށާއި އެހެން މީހުންނަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކާއި ހިތާމަތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ. އޭގެ މައްޗަށް އިންސާނާ ގަދަވެގަތުމަށް އިސްލާމްދީން ނުހަނު ބާރުއަޅައެވެ. އަނަސް رضي الله عنه ވިދާޅުވިއެވެ. «كُنْتُ أَمْشِي مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَعَلَيْهِ بُرْدٌ نَجْرَانِيٌّ غَلِيظُ الحَاشِيَةِ،…

އިސްލާމްދީނުގެ މަތީގައި ޘާބިތުވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އިސްލާމްދީނަކީ ޙައްޤު ދީނެވެ. އިސްލާމްދީން ފިޔަވާ އެހެން ދީނެއް ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވިގެން ނުވެއެވެ. ފަހެ، އިސްލާމްދީން ފިޔަވާ އެހެން ދީނެއް ޚިޔާރުކޮށްފި މީހަކު އާޚިރަތުގައިވާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. އެހެންކަމުން އީމާންކަމުގެ އަހުލުވެރިންނަށް ﷲ ތަޢާލާ އަމުރުކުރައްވާފައިވަނީ އެއިލާހަށް ތަޤްވާވެރިވުމަށާ އަދި އެމީހަކު، މަރާ ބައްދަލުކުރާއިރު މުސްލިމެއްގެ ގޮތުގައި މެނުވީ މަރު ނުވުމަށެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿يَا…

ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަންވީ ވަގުތު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް، އެއިލާހުގެ ޛިކުރުކުރުންމަތީ ދެމިހުރުމަކީ އޭގެ ސަބަބުން ދުނިޔޭގައި ގިނަގުނަ ލާބައާއި މަންފާ ލިބިގެންދާ އަދި އުޚްރަވީ ޙަޔާތުގައި އޭގެ ދަރުމައާއި ޘަވާބު ޙާޞިލުވެގެންވާދާނޭ ކަމެކެވެ. މިގޮތުން މުސްލިމުން ރައްކާތެރިވާންޖެހޭ އެންމެ މުހިންމު ޛިކުރުތަކުގެ ތެރޭގައި ހެނދުނާއި ހަވީރުގެ ޛިކުރުތައް ހިމެނެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ވާރިދުވެގެންވާ ޚާއްޞަ…

ޢީދު ފާހަގަކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ޢީދުދުވަސް ފާހަގަކުރުމަކީ މުސްލިމުންގެ މަތިވެރި ޝިޢާރެކެވެ. ކޮންމެ މިއްލަތެއްގެ ބަޔަކަށްވެސް ޢީދެއްވާ ފަދައިން، މުސްލިމުންނަށްވެސް ދެ ޢީދު ދުވަސް ލައްވާފައިވެއެވެ.   ރަސޫލުﷲ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވިއިރު، މަދީނާގެ އަހުލުވެރިން ކުޅެ އުޅުނު ދެ ދުވަހެއް ވިއެވެ. ދެން ފަހެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “މިއީ ކޮން ދެ ދުވަހެއް ހެއްޔެވެ؟” އެބައިމީހުން…

ލައިލަތުލް ޤަދްރިއަކީ ކޮންމެ އަހަރަކު ބަދަލުވާ ރެއެއް ތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ލައިލަތުލް ޤަދްރިއަކީ މަތިވެރިވެގެންވާ ރެއެކެވެ. އެ ރެއަކީ އެއްހާސް މައްސަރަށް ވުރެވެސް ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. އެއީ ކީރިތި ޤުރުއާން ބާވައިލެއްވުނު ރެއެވެ. އެ ރޭގެ މާތްކަމާ ބެހޭގޮތުން އަދި އެ ރޭ ހޯދުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފައިވާ ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެފައި ވެއެވެ. އެހެނަސް އެއިން އެއްވެސް ޙަދީޘެއްގައި އެއީ ކަނޑައެޅިގެން ކޮން ރެއެއްކަން ބަޔާންކުރައްވާފައި ނުވެއެވެ. ފަހެ ކީރިތި…

ކީރިތި ޤުރުއާން ހަމަ އެކަނި ކިޔަވާލުމުންވެސް ޘަވާބު ލިބޭނެތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.     ފެށުން ކީރިތި ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ ފޮތެކެވެ. އެއީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. އެފޮތުގެ ޛަރިއްޔާއިން މީސްތަކުންނަށް ގިނަގުނަ ޘަވާބައި ދަރުމަ ލިބިގެން ދެއެވެ. އަދި އޭގެ ޛަރިއްޔާއިން ހިދާޔަތު ލިބިގެން ދެއެވެ. މި ލިޔުމުގައި އަލިއަޅުވާލަން ޤަޞްދުކުރަނީ މި ފަހަކަށް އައިސް ވަރަށް ގިނައިން ތަކުރާރުކޮށް އިވޭ ވާހަކައަށެވެ. މި ވާހަކަ މިދުވަސްވަރު މަޝްހޫރުވެފައި ވިޔަސް މި…