މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރެވިފައިވާ “ސަލަފް ރޯދަ ހަދިޔާ 1446” އިވެންޓް، ހުޅުމާލެ، ސެންޓްރަލް ޕާރކުގައި، 16 ރަމަޟާން 1446 (16 މާރޗް 2025) ވާ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން މި އިވެންޓް ފަސްކުރަން ޖެހުނީ، 27 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭ، އިވެންޓުގެ ހުރިހާ ތައްޔާރީތަކެއް ވެފައިވަނިކޮށް، އެންމެ ފަހުވަޤުތު މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އަގުބޮޑު އެތައް ހަދިޔާ ތަކެއް ހުށައަޅާފައިވާ މިއިވެންޓަކީ، ޢާންމުންގެ ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އިވެންޓެކެވެ.
“ސަލަފް ރޯދަ ހަދިޔާ 1446” އިވެންޓަށް ވަރަށްގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަންވަނީ ލިބިފައެވެ. ރާއްޖޭގެ އެންމެ އާދައިގެ ވިޔަފާރިން ފެށިގެން، ބޮޑެތި ވިޔަފާރި ކުންފުނިތަކުންވެސްވަނީ މިއިވެންޓަށް ހަދިޔާ ހުށައަޅާފައެވެ. މިގޮތުން ސްޕޮންސަރުންގެ ތެރޭގައި، އެލިއާ އިންވެސްޓްމަންޓް، ފަރުމާ ފަރނީޗަރ، އިޒްއަޙްމަދު.ކޮމް، މެރިން އިކުއިޕްމަންޓް، އެސް.ޓީ.އޯ، ރެޑްވޭވް، ދިވެހިޖީ.ޕީ.ޓީ، އެލް.ވަން ހާރޑްވެއަރ ހިމެނެއެވެ.
ދާރިސްޓީވީ މީޑިއާ ޕާރޓްނަރެއްގެ ގޮތުގައި އިވެންޓް ސްޕޮންސަރ ކޮށްފައިވާއިރު، އެޗ.ޑީ.ސީ އިންވަނީ އަޅުގަނޑުމެންނަށް މިއިވެންޓް ކުރިއަށް ގެންދިއުމަށް ތަން ހަމަޖައްސަވައިދެއްވާފައެވެ. އަދި މީގެ އިތުރުންވެސް ތަނުގެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް ތަފާތު އެހެނިހެން އެހީތެރިކަމާއި އެއްބާރުލުންވެސް ދެއްވާފައިވާކަން ފާހަގަ ކުރަމެވެ.