މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ “ސަލަފް ފޯރަމް” މިރޭ، ދ. ހުޅުދެލީގައި އޮންނާނެއެވެ.
“މާޔޫސް ނުވާށެވެ!” މިމައުޟޫއަށް، ހުށައަޅާ މިރޭގެ ފޯރަމްގައި ވާހަކަފުޅު ދައްކަވާނީ ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. އަދި މި ޕްރޮގްރާމް ހުށައަޅުއްވައިދެއްވާނީ މުޙައްމަދު އަމްޖަދުއެވެ.
ހުޅުދެލީގައި ބާއްވާ މި ފޯރަމްއަކީ، ދ. އަތޮޅު ކައުންސިލްއާއި، އަންހެނުން ކުރިއަރުވާ ކޮމެޓީއާ، ހުޅުދެލީ މަދަރުސާއާއި ހުޅުދެލީ ކައުންސިލްއާއި ހިއްސާ ޖަމްޢިއްޔާގެ އިތުރުން ހިޔާ ޖަމްޢިއްޔާގެ އިތުރުން ދ. ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ ގުޅިގެން ބާއްވާ ޕްރޮގްރާމެކެވެ.މީޑިއާ ޕާރޓްނަރެއްގެ ގޮތުގައި، ދާރިސް ޓީވީ އިން ބައިވެރިވެފައިވާ މިރޭގެ ފޯރަމް، އެ ޓީވީއިން ލައިވްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުންވެސް ލައިވްކުރާނެއެވެ.

1444 ވަނަ އަހަރު، ރ. އަނގޮޅިތީމުގައި ބޭއްވުނު “ސަލަފް ފޯރަމް”ގެ ތެރެއިން
މިރޭ 9:30ގައި، ހުޅުދެލީ ބަނދަރު ސަރަހައްދު (ޓީޖެޓީ) ގައި ބާއްވާ މި ފޯރަމް އަޑުއެއްސެވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން 10 ފަރާތަކަށް އަގުހުރި އިނާމުތަކެއް ވެސް ވަނީ ހުށައެޅިފައެވެ.
“ސަލަފް ފޯރަމް” އަކީ މުހިއްމު މަޢުލޫތަކަށް އަލިއަޅުވާލައި މާލޭގައި ބާއްވަމުން އައިސްފައިވާ ޕްރޮގްރާމެއް ކަމުގައިވިޔަސް، މިހާރު އެ ޕްރޮގްރާމް ވަނީ، ރަމަޟާންމަހު އަތޮޅުތަކުގައި ބާއްވާ ޕްރޮގްރާމެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މިގޮތުން ހަފްތާ ބަންދު ދަރުސް ޕްރޮގްރާމްގެ ތެރެއިން މިއަހަރުގެ ކުރިއަށް ހުރި ހަފްތާ ބަންދު ދަރުސް ޕްރޮގްރާމްތަކުގައިވެސް އެހެން އަތޮޅުތަކުގައި “ސަލަފް ފޯރަމް 1446” ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.