ޖަމްޢިއްޔަތުއްސަލަފްގެ އެޑްމިން އޮފިސަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް 2 މުވައްޒަފުން ބޭނުންވެއްޖެއެވެ. މި މަޤާމަށް ބޭނުންވަނީ މަސައްކަތަށް ލޯބި ހުރި، ހީވާޤި ކަމާއެކު މަސައްކަތް ކުރާ ފިރިހެން ކުދިންނެވެ. މި މަޤާމަށް ހޮވޭ ފަރާތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި:
- ޖަމްޢިއްޔާގެ ރަސްމީ ނަމްބަރަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި ރިސެޕްޝަނުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި ފުރިހަމަ ޚިދުމަތް އެފަރާތްތަކަށް ފޯރުކޮށްދިނުން.
- ޖަމްޢިއްޔާގެ އެންޓްރީއަށް އަންނަ ސިޓީ، ނޯޓް، ލިޔުން، ބިލު ފަދަ ތަކެތި ގަވާއިދުން އެންޓްރީކުރުމާއި ހަވާލުވެފައިވާ ވެރިއެއްގެ ސޮއިކުރުވާ އެ ތަކެތި ރައްދުވާފަރާތްތަކަށް ހަވާލުކުރުން.
- ޖަމްޢިއްޔާގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން އެކިއެކި ފަރާތްތަކަށް ފޮނުވާންޖެހޭ ސިޓީ، ނޯޓު، ފަދަ ލިޔުންތައް ލިޔެ ތައްޔާރުކުރުމާއި، އެތަކެތި ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
- ޖަމްޢިއްޔާގެ މީޓިންތަކަށް މެސެޖުފޮނުވުމާއި އިންތިޒާމްތައް ހަމަޖެއްސުން.
މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި:
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ‘ސެކަންޑަރީ ސްކޫލް’ ނުވަތަ ‘ ހަޔަރ ސެކަންޑަރީ ސްކޫލް’ ސެޓްފިކެޓް އިމްތިޙާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން. ނުވަތަ،
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުން. ނުވަތަ،
- މައިކްރޯ ސޮޕްޓް އޮފީސް ޕެކޭޖަށް އަހުލުވެރި ފަރާތެއްކަމުގައި ވުން.
ހަމަމިއާއެކު، ވީޑިއޯ އެޑިޓިންގ އަދި ގްރެފިކްސް ޑިޒައިން އަށް ފަރިތަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 20 މެއި 2025ގެ ކުރިން، އެފަރާތްތަކުގެ ތަޢުލީމީ ލިޔެކިޔުންތައް، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.