ޖަމްޢިއްޔާއާމެދު ބުހުތާނު ދޮގު ހަދާފައިވާތީ، އެކަން ސާބިތުކޮށްދިނުމަށް އެދި، ޢަދަދު ނޫހަށް ސިޓީއެއް ފޮނުވައިފި

ޢަދަދު ނޫހުން އިއްޔެ ޝާއިޢު ކޮށްފައިވާ ލިޔުމެއްގައި، ޖަމްޢިއްޔަތުއްސަލަފާމެދު ބުހުތާނު ދޮގު ހަދާފައިވާތީ، އެކަން ސާބިތުކޮށްދިނުމަށް އެދި، އެ ނޫހަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ. “ޑރ. މުޢިއްޒު އެވެ. ފުދިއްޖެއެވެ. އިސްތިއުފާދޭށެވެ.” މި މައުޟޫޢުގައި ލިޔެފައިވާ އާރޓިކަލްގައި “ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވުމުން އެ ގޮނޑިއަށް އައިސްދިނުމަށް މުއިއްޒު ގުޅި ސަލަފު ޖަމްއިއްޔާގެ މެންބަރުން ވެސް ދުނިޔޭގައި އެބަތިއްބެވެ.” މިއީ އެއްވެސް ޒިންމާދާރުކަމެއްނެތި، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށް، އެ ނޫހުން ޝާއިޢު ކޮށްފައިވާ ބޮޑު ދޮގެއް ކަމުގައި…

އެޑްމިން އޮފިސަރުން ބޭނުންވެއްޖެ

ޖަމްޢިއްޔަތުއްސަލަފްގެ އެޑްމިން އޮފިސަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް 2 މުވައްޒަފުން ބޭނުންވެއްޖެއެވެ. މި މަޤާމަށް ބޭނުންވަނީ މަސައްކަތަށް ލޯބި ހުރި، ހީވާޤި ކަމާއެކު މަސައްކަތް ކުރާ ފިރިހެން ކުދިންނެވެ. މި މަޤާމަށް ހޮވޭ ފަރާތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި: ޖަމްޢިއްޔާގެ ރަސްމީ ނަމްބަރަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި ރިސެޕްޝަނުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި ފުރިހަމަ ޚިދުމަތް އެފަރާތްތަކަށް ފޯރުކޮށްދިނުން. ޖަމްޢިއްޔާގެ އެންޓްރީއަށް އަންނަ ސިޓީ، ނޯޓް، ލިޔުން، ބިލު ފަދަ…

ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ނިމިއްޖެ

ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން، މިއަދު ނިމިއްޖެއެވެ. އިއްޔެ ހެނދުނު، އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ޖަލްސާއަކަށްފަހު ފެށިގެން ، ދެދުވަހުގެ މުއްދަތައް ކުރިއަށްގެންދެވުނު މި ބައްދަލުވުން ނިންމާލީ މިއަދު ހަވީރުއެވެ. މި ބައްދަލުވުމުގައި އިއްޔެ ބޭއްވުނު ސެޝަންތަކުގައި، ދަޢުވަތުގެ މަސައްކަތްތަކާ ގުޅުންހުރި ބައެއް ދާއިރާތަކުން ޢިލްމުވެރިންނަށް ތަފާތު މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ. މިގޮތުން، ދަރުސް ދިނުމުގައި ދިވެހި ބަހަށް އިސްކަންދިނުމާ، އެބަސް ބޭނުންކުރުމުގައި ގެންގުޅެންޖެހޭ ބަހުގެ ހަމަތަކާ ގުޅޭގޮތުންނާއި، ދަރުސް ދެއްވުމުގައި ގެންގުޅެންޖެހޭ އެކިއެކި ހުނަރުތަކާ ގުޅޭ…

ރާއްޖޭގެ ދަޢުވަތުގެ މަސައްކަތުގައި އެންމެ ވިދާ ޚިދުމަތްތެރި ނަމަކީ ޖަމްޢިއްޔަތުއްސަލަފް ކަމާމެދު އެއްވެސް ޝައްކެތްނެތް: ތަޢުލީމާ ބެހޭ ވަޒީރު

ދިވެހިރާއްޖޭގެ ދީނީ ދަޢުވަތުގެ މަސައްކަތުގައި އެންމެ ވިދާ، ޚިދުމަތްތެރި ނަމަކީ ޖަމްޢިއްޔަތުއްސަލަފް ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް، ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ. ޑރ. އިސްމާޢީލް ޝަފީޢު މިހެންވިދާޅުވީ، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އިފްތިތާޙް ކުރުމުގެ ގޮތުން، އިއްޔެ ހެނދުނު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. “ހަގީގަތުގައި ވެސް ވޭތުވެދިޔަ 19 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ދީނީ ތައުލީމު…

ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލިސް އިފްތިތާޙުކޮށްފި

ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލިސް މިއަދު އިފްތިތާޙުކޮށްފިއެވެ. މި މަޖިލިސް އިފްތިތާޙުކޮށްދެއްވީ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިހާރު ކުރިއަށްދާ، މިޖަމްޢިއްޔާގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައެވެ. ޝަރަފުވެރި މެހެމާންގެ ގޮތުގައި ބައިވެރިވެ ވަޑައިގެން، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، އިފްތިތާޙުކޮށްދެއްވި މި މަޖިލީހުގަ ޖުމްލަ 64 ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ. ދުޢާތުންގެ މަޖިލިސް އިފްތިތާޙުކޮށްދެއްވުމަށްފަހު، ޝަރަފުވެރި މެހެމާން، ޑރ. އިސްމާޢީލް ޝަފީޢުވަނީ ބައިވެރިންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޖަމްޢިއްޔަތުއްސަލަފްގެ މަސައްކަތްތައް ފެށިގެން އައި އިރު މުޖުތަމަޢުގެ…

ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މިއަދު ފެށިއްޖެ

ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މިއަދު ހެނދުނު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފެށިގެން ކުރިއަށް އެބަދެއެވެ. މިއަދު ހެނދުނު ފެށުނު މި ބައްދަލުވުން ފެށިފައިވަނީ މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ޖަލްސާއަކުންނެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. ރާއްޖޭގެ އެކި އަތޮޅުތަކުންނާއި މާލޭގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިން ޖުމްލަ 63 ޢިލްމުވެރިން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި، ޢިލްމުވެރިންނާ ގުޅުންހުރި އެކިއެކި…

ފިޠުރު ޒަކާތް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ފިޠުރު ޒަކާތަކީ ރަމަޟާން މަހުގެ ރޯދައާ ގުޅިގެން އަދާކުރާ ވަރަށް މަތިވެރި އަޅުކަމެކެވެ. އެއީ ރޯދަވެރިޔާގެ ރޯދައަށް އައިސްފައިވާ އުނިކަމާއި އެކަމުގެ ތެރޭގައި ކުރެވިފައިވާ ފާފަތަކާ އަދި ދައްކާފައިވާ ބޭކާރު ވާހަކަތަކަށް ހުރި ޠާހިރުކަމެކެވެ. އަދި އެއީ ފަޤީރުންނަށް އިޙްސާންތެރިވުމުގެ މަތިވެރި ޢަމަލެކެވެ. އަދި އެބައިމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ، ޢީދުދުވަހުގެ އުފަލުގައި އެބައިމީހުންވެސް ބައިވެރިކޮށް، އެންމެންގެ ޢީދަކަށް އެދުވަސް…

މަޝްހޫރު ޙަދީޘް ޢިލްމުވެރިޔާ އަބޫ އިސްޙާޤުލްޙުވައިނީ އަވަހާރަވެއްޖެ

މި ޒަމާނުގެ ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ޙަދީޘު ޢިލްމުވެރިޔާ ޢައްލާމާ އަބޫ އިސްޙާޤުލް ޙުވައިނީ، 17 ރަމަޟާން 1446ވީ ހޯމަދުވަހުގެ ރޭގެ ވަގުތެއް ގައި އަވަހާރަވެއްޖެއެވެ. މި އަހަރުގެ ރަމަޟާންމަސް ފެށުނު ތަނާ އާލާސްކަންފުޅުގެ ސަބަބުން ހަސްފަތާލުގައި އެނދުމަތިކުރެވުނެވެ. މުސްކުޅި ބަލީގައި ޝެއިޚް އަބޫ އިސްޙާޤު އަވަހާރަވީ އިރު ޢުމުރުފުޅަކީ 68 އަހަރެވެ. އައްޝައިޚް އަބޫ އިސްޙާޤުލްޙުވައިނީ އުފަންވެ ވަޑައިގެންނެވީ މީލާދީ ސަނަތުން 1956 ވަަނަ އަހަރު މިޞްރުގެ ހުވައީން ކިޔާ ސަހަރަށެވެ. އިސްލާމީ ތަޢުލީމުގެ…

“ސަލަފް ރޯދަ ހަދިޔާ 1446” މިރޭ 21:30 ގައި

އަގުހުރި ތަފާތު އެތައް ހަދިޔާތަކާއެކު، “ސަލަފް ރޯދަ ހަދިޔާ 1446” އިވެންޓް، މިރޭ ހުޅުމާލެ، ސެންޓްރަލް ޕާރކުގައި އޮންނާނެއެވެ. މިރޭގެ އިވެންޓު ސެންޓުރަލް ޕާރކުގައި ބާއްވާއިރު، އިވެންޓަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ޖަމްޢިއްޔާއިން އަންނަނީ ވަމުންނެވެ. މިއިވެންޓަށް ހުށައެޅިފައިވާ އަގުބޮޑު ހަދިޔާތަކަށް ބަލާއިރު، ޢުމްރާދަތުރު، ސައިކަލް، ސޯފާ، ކުއީންސައިޒް ގެ އެނދު، އައިސް އަލަމާރި، ދޮންނަމެޝިން، އޭސީ، ލެޕްޓޮޕް، އަވަންގެ އިތުރުން އަގުހުރި އެތައް އިނާމުތަކެއް ހިމެނެއެވެ. “ސަލަފް ރޯދަ ހަދިޔާ 1446” އިވެންޓަށް ހަދިޔާ…

ލައިލަތުލްޤަދްރި

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ޢަރަބި ބަހުގައި لَيْلَة القَدْر ގެ މާނައަކީ: ނިޔާ ކަނޑައަޅުއްވާ ރެއެވެ. އެ ރެއަށް އެފަދައިން ނަން ދެއްވުނީ އެ ރެއަކީ އެ އަހަރުގައި ހިނގާނޭ ކަންތައްތަކުގެ ނިޔާފުޅު، ﷲ ތަޢާލާ ކަނޑައަޅުއްވާ ރޭކަމުގައި ވާތީއެވެ.   ލައިލަތުލްޤަދްރިއަކީ ބަރަކާތްތެރި ރެއެކެވެ. އެ ރޭގެ މާތްކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ: އެއީ ކީރިތި ޤުރުއާން ބާވައިލެއްވި ރެއަށްވުމާއި އެ…

“ސަލަފް ފޯރަމް” މިރޭ ރ. މީދޫގައި

ޖަމްޢިއްޔާއިން ކުރިއަށްގެންދާ “ސަލަފް ފޯރަމް”ގެ ދެވަނަ ފޯރަމް، މިރޭ، ރ. މީދޫގައި އޮންނާނެއެވެ. މިރޭގެ ފޯރަމް އިންތިޒާމު ކުރަނީ، ރ. މީދޫ ކައުންސިލް އާއި އުއްމީދު ޖަމްޢިއްޔާއިން ގުޅިގެންނެވެ. އަދި ރ. މީދޫ ޕޮލިސްސްޓޭޝަން އާއި ޑަބްލިޔު.ޑީ.ސީގެ އިތުރުން ރ.އަތޮޅު ތަޢުލީމީ މަރުކަޒުންވަނީ، މި ފޯރަމް އިންތިޒާމް ކުރުމުގައި ބައިވެރިވެފައެވެ. މީގެ އިތުރުން، މި ފޯރަމްގެ ޓައިޓްލްވަނީ ޤިބްލަ ޙައްޖު އެންޑް ޢުމްރާގެ ފަރާތުން ސްޕޮންސަރ ކޮށްފައެވެ. މިރޭގެ މި ފޯރަމްގައި ވާހަކަފުޅުދައްކަވާނީ، ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ…

ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް، މިހަފްތާ 15 ރަށެއްގައި

ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދާ ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް މި ހަފްތާގައި 15 ރަށެއްގައި ކުރިއަށްދާނެއެވެ. إن شاء الله 6 އަތޮޅެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަފްތާގެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މާރޗް 13 އިން 15 އަށެވެ. ޕްރޮގްރާމްތައް ކުރިއަށްގެންދާ ރަށްތަކަކީ: ހދ. ނައިވާދޫ ށ. މާއުނގޫދޫ، ފީވަށް، ނަރުދޫ، މިލަންދޫ ނ. ވެލިދޫ ރ. މީދޫ، އިނގުރައިދޫ، އުނގޫފާރު، ރަސްމާދޫ، އިންނަމާދޫ ބ. އޭދަފުށި، ދަރަވަންދޫ ގދ. މަޑަވެލި، ހޯޑެއްދޫ މި ރަށްތަކުގައެވެ. މިހަފްތާގެ…