ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 6

އަށްވަނައީ: ވިޞާލުކޮށް ރޯދަ ހިފުން   ޢަރަބި ބަހުގައި ވިޞާލުގެ ލަފްޒީ މާނައަކީ ގުޅުވާލުމެވެ. ރޯދަ ހިފުމުގައި ވިޞާލުކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. އަދި އެއް ދުވަހަށް ވުރެ ގިނައިން ރޯދައަށް ހުރުމެވެ. [1] ވިޞާލުކޮށް ރޯދަ ހިފުމުގައި ދެގޮތެއް ވެއެވެ. އެއީ: – އިރު އޮއްސުމުން ރޯދަ ވީއްލުމުގެ އިޚްތިޔާރު އޮވެ ޤަޞްދުގައި ރޯދަ ނުވީއްލާ ފަސްކޮށްފައި ރޯދަ ވީއްލުން [2] – ރޯދަ ނުވީއްލާ ވިދިވިދިގެން ދެ ދުވަހު ނުވަތަ…

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 5

ހަވަނައީ: ޝައްކުގެ ދުވަހު ރޯދަ ހިފުން   ޝައްކުގެ ދުވަހަކީ ޝަޢުބާންމަހުގެ ތިރީސްވަނަ ދުވަހެވެ. އެދުވަހަށް އެނަމުން ނަން ދެވުނީ ވިލާ ބޯވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ނުފެނިއްޖެނަމަ ޝައުބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތޯ ޝައުބާންމަހުގެ ތިރީސްވަނަ ދުވަސްތޯ ޝައްކު އުފެދޭތީއެވެ. [1] ޢަންމާރު ބުން ޔާސިރު رضي الله عنه ވިދާޅުވިއެވެ. «مَنْ صَامَ يَوْمَ الشَّكِّ فَقَدْ عَصَى أَبَا القَاسِمِ صَلَّى اللهُ عَلَيْهِ وَسَلَّمَ» [رواه البخاري في صحيحه…

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 4

ފަސްވަނައީ: ޝަޢުބާންމަސް ދެބައިވުމުން ރޯދަ ހިފުން   ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «إِذَا انْتَصَفَ شَعْبَانُ، فَلَا تَصُومُوا» [رواه أبو داود في سننه برقم: (2337) وصححه الألباني في صحيح أبي داود برقم: (2025)] މިޙަދީޘުގައި މިވަނީ ޝައުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައެވެ. މި ނަހީއިން އިސްތިޘްނާވާ ޙާލަތްތަކެއް ވެއެވެ.   ފުރަތަމަ ޙާލަތް: އާދަކޮށް ރޯދަހިފަމުންދާ މީހާ މިޘާލަކަށް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު…

ނަފްސުގެ ރޫޓީން ޗެކް ކުރާށެވެ!

އެކުވެރި ރަޙުމަތްތެރިޔަކު އޭނާގެ ސައިކަލު ހަދަން ގަރާޖަކަށް ގެންދިޔަ ވާހަކަ ބުނުމުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙަޔާތާ އެވާހަކައާ ގުޅުވައިލެވުނެވެ. ފުރަތަމަ އެ އެކުވެރިޔާގެ ވާހަކަ ދަންނަވާލާނަމެވެ. ސައިކަލް ގަރާޖެއްގެ ކައިރިން އެކުވެރިޔަކު ފެނުމުން ކިހިނެއްތޯ އަހާލުމުން، އޭނާގެ ހާލަތު ކިޔައިދެމުން ބުންޏެވެ. “މިއުޅެނީ ސާރވިސްކުރަން ލާފަ ހުރި ސައިކަލް ބަލާ އައިސް. އެތަނަށް ގެންދިޔައިރު ހުރީ 13000 ކިލޯމީޓަރުވަރު ދުވެފަ. ދެން މެކޭނިކު ކައިރީ އަހާލީމާ ބުނީ 10،000 ހަމަވީމަ ޖެހޭނެޔޭ ފުލް ސާރވިސްއެއް ކުރަން. ދެން…

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 3

ހަތަރުވަނައީ: ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުން   ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «لَا تَصُومُوا يَوْمَ السَّبْتِ إِلَّا فِي مَا افْتُرِضَ عَلَيْكُمْ، وَإِنْ لَمْ يَجِدْ أَحَدُكُمْ إِلَّا لِحَاءَ عِنَبَةٍ، أَوْ عُودَ شَجَرَةٍ فَلْيَمْضَغْهُ» [رواه أبو داود في سننه برقم: (2421) وصححه الألباني في صحيح أبي داود برقم: (2092)] [1] މާނައީ: ”ތިޔަބައިމީހުން ހޮނިހިރުދުވަހު ރޯދަނުހިފާށެވެ. އެއީ ތިޔަބައިމީހުންގެ…

ފުދުންތެރި ދިރިއުޅުމެއް ޚިޔާރު ކުރުން

ފާއިތުވެދިޔަ އަހަރުތަކުގައި ދުނިޔެއަށް ކުރިމަތިވި ޢާލަމީ ވަބާ، ކޮވިޑްގެ ޙާލަތާ ގުޅިގެން އެތައް ބަޔަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތި ކަމަކީ ވަޒީފާތަކާއި، ވިޔަފާރިތައް ބަންދުކުރަންޖެހުމުގެ ސަބަބުން ކުރިމަތިކުރުވި މާލީ ދަތިކަމެވެ. މިފަދަ ދަތި ދަނޑިވަޅުތަކުގައި އަޅުގަނޑުމެން، މުސްލިމުންގެ އީމާންކަމާއި ޢަޤީދާއަކީ ވަރަށް މުހިމުން ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ހަނދާންކުރަންވީ އެންމެ މުހިންމުކަމަކީ، ދުނިޔޭގައި ހިނގާ ކޮންމެ ކަމެއްވެސް ހިނގަނީ މާތް ﷲ ގެ މަތިވެރި ޙިކްމަތްވަންތަކަމުން ކަމެކެވެ. މިދުނިޔޭގައި ކުރިމަތިވާ ކޮންމެ ކަމަކީވެސް އެއިލާހުގެ…

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 2

ތިންވަނައީ: ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުން   ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «لَا يَصُمْ أَحَدُكُمْ يَوْمَ الْجُمُعَةِ، إِلَّا أَنْ يَصُومَ قَبْلَهُ، أَوْ يَصُومَ بَعْدَهُ» [رواه مسلم في صحيحه برقم: 147 – (1144)] މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު ހުކުރު ދުވަހު ރޯދަ ނުހިފާށެވެ. އޭގެ ކުރީ ދުވަހާ އެކު ނުވަތަ ޖެހިގެން އަންނަ ދުވަހާ އެކު ރޯދަ ހިފާ މީހަކު ފިޔަވައެވެ.”…

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ރޯދައަކީ ވަރަށް މަތިވެރި އަޅުކަމަކެވެ. އަދި ރަމަޟާންމަހުގެ ރޯދައަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ރޯދަވެރިންނަށް ޚާއްޞަކޮށް ސުވަރުގޭގައި الريان ގެ ނަމުން ނަންދެއްވާފައިވާ ދޮރުކޮޅެއްވެސް ވެއެވެ. [1] ﷲ ތަޢާލާވަނީ ފަރުޟު ރޯދައާއި ސުންނަތް ރޯދަވެސް އަޅުގަނޑުމެންނަށް ޝަރުޢުކުރައްވާފައެވެ. ރޯދަ ހިފާއިރު ދެނެގަންނަން ޖެހޭ ޙުކުމްތަކަކާއި އަދަބުތަކެއް ވެއެވެ. އެގޮތުން މިލިޔުމުގައި އަލިއަޅުވާލާނީ ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި…

އައު ގެއެއްގައި ދިރިއުޅެން ފަށާއިރު ކުރުން ސުންނަތްވެގެންވާ ކަންތައްތައް

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، މާތްވެގެންވާ އިސްލާމް ދީނުގައި އެކަމަކާ ގުޅިގެން ކުރަން އަންގަވާފައިވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، ޝަރުޢީ އަދަބުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން، އައު ގެޔަކަށް، ނުވަތަ އެޕާޓްމަންޓެއްގައި ދިރިއުޅެން ފަށާއިރު، އެތަނަށް ވަންނަހިނދު ކިޔާނޭ ދުޢާއެއް އޮވޭތޯވެސް ބައެއް މީހުން ސުވާލު ކުރެއެވެ. އައު ގެއަކަށް ބަދަލުވާއިރު ކިޔާ ދުޢާ ދުޢާއަކީ އަޅުކަމުގެ އަސާސެވެ. ތިމާގެ ވެރި ރައްބާ އޮންނަ ގުޅުމެވެ. ދުޢާ ކުރުމަށް އަމުރުކުރައްވައި، ދުޢާ ކުރާ…

ޒަޔޯނިސްޓުންގެ ޕްރޮޓޮކޯލްތަކުގެ ޙަޤީޤަތް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ޕްރޮޓޮކޯލްތަކަކީ ޔަހޫދީންގެ ދީނީ މަޞްދަރުތަކެއްކަމުގައި ބަލާ އެއްޗެއް ނޫނެވެ. ނަމަވެސް އެއީ މިހާރު އޮތް ތައުރާތުގައި ހުރި ބަދަލުކުރެވިފައިވާ ވާހަކަތަކާއި، ތަލްމޫދުގައި [1] ހުރި ދޮގު، މަގުފުރެދިފައިވާ ވާހަކަތަކުގެ ނަތީޖާއެވެ. އަދި މިޕްރޮޓޮކޯލްތައް ބެލެވިފައިވަނީ ޔަހޫދީ ޒަޔޯނިސްޓުންގެ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި ބޭނުންކުރާ ޢަމަލީ ރޭވުންތައްކަމުގައެވެ.     ތަޢާރުފް   البُرُوْتُوْكُوْلَاتِ (protocols): މިއީ البُرُوْتُوْكُوْل (protocol) ގެ ގިނަ ގޮތެވެ.…

ޔަހޫދީންގެ ތިތްތަކަކީ ހަރު ހިލަތަކެއް

ކީރިތި ޤުރްއާނުގެ އަލްބަޤަރާ ސޫރަތުގައި ޔަހޫދީންގެ ހިތްތަކަކީ ހަރު ހިލައަށްވުރެވެސް ހަރުވެފައިވާ ރަޙުމެއް ނެތް ހިތްތަކެއް ކަމުގައިވަނީ އަންގަވާފައެވެ. ބަގަރާގެ މާނައަކީ ގެރިއެވެ. މި ސޫރަތަށް އެނަން ދެވުން ގުޅިފައިވަނީވެސް މޫސާގެފާނުގެ ޒަމާނުގައި ތިބި ބަނީ އިސްރާއީލު މީހުންގެ ތެރޭގައި ހިނގި މަރުގެ ހާދިސާއެއްގައި ގެރިއެއް ކަތިލުމަށް މާތް ﷲ އަމުރުކުރެއްވި ހާދިސާއާ ގުޅިގެންނެވެ. މިވާހަކަތަކަށް ފަހުގައި ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި އެމީހުންގެ ހިތްތައް ހަރު ހިލައަށްވުރެވެސް ހަރު ކުރައްވާފައިވާކަން މާތް ﷲ ވަނީ އަންގަވާފައެވެ.…

ނަމީމާ (ދެބައޮޑުވުން / ދޭތެރެޖެއްސުން)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ނަމީމާއަކީ ޢަރަބި ލަފްޒެކެވެ. އެ ލަފްޒުގެ މުރާދަކީ މީސްތަކުންގެ މެދުގައި ފަސާދައާއި ނުބައިކަން ފެތުރުމަށްޓަކައި އެއް ބައެއްގެ ގާތުން އަނެއް ބައެއްގެ ގާތަށް ވާހަކަ އުފުލުމެވެ. [1] މިސާލަކަށް: މަޖުލީހެއްގައި އިން މީހަކަށް އެ މަޖުލީހުގައި މީހަކާ ބެހޭ ގޮތުން ނޭދެވޭ ވާހަކައެއް ދައްކާ އަޑު އިވުމުން، އެވާހަކައާއިގެން އެމީހެއްގެ ގާތަށް ގޮސް، އެފަދަ ވާހަކައެއް އޭނާއާ ބެހޭގޮތުން ދެކެވުނުކަމަށް…