އިސްލާމީ ވުޒާރާގެ އިޙްޔާ ފޯރަމްގައި މިރޭ ތަޤުރީރު ކުރައްވާނީ ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް
ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ، އިޙްޔާ ފޯރަމް ސިލްސިލާގެ ތިންވަނަ ފޯރަމްގައި، މިރޭ ތަޤުރީރު ކުރައްވާނީ، އައްޝައިޚް އަޙްމަދު ސަމީރުއެވެ. ވުޒާރާގެ ވެބްސައިޓުގައިވާ ޚަބަރުގައި އިތުރަށް ބަޔާންކުރައްވާފައިވާގޮތުގައި، އެހެން ރޭތަކެކޭ އެއްފަދައިން، މިރޭވެސް ފޯރަމް އޮންނާނީ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. “އިސްލާމްދީނުގެ މަތީގައި ޘާބިތުވާށެވެ.” މި މައުޟޫއަށް ބާއްވާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ. މީގެ އިތުރުން، ފާއިތުވީ އަހަރުތަކެކޭ އެއްގޮތަށް…












