ޢީދުއުފާ އިމުގެތެރެއިން ފާހަގަކުރި ފަރާތްތަކުގެ އަގު ވަޒަންކޮށްފި
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ޖަމްޢިއްޔަތުއްސަލަފުން އެފަރާތްތަކަށް ހަނދާނީ ލިޔުންދީފިއެވެ. މިކަން ފާހަގަ ކުރުމުގެ ގޮތުން، ރޭ، ޖަމްޢިއްޔަތުއްސަލަފުން ބޭއްވި ޙަފުލާގައި، 8 ފަރާތަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، މި ޙަފްލާގެ ޝަރަފްވެރި މެހެމާން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް ޝަރީފް އަޙްމަދުއެވެ. 1446ވަނަ އަހަރުގެ އަޟްޙާޢީދު އިސްލާމީ ތަރަޙައިގެ ތެރެއިން ފާހަގަކުރުމުން، އެކަމުގެ އަގުވަޒަންކުރުމުގެ…