އަނިޔާވެރިންގެ ނިމުން
އަޅުގަނޑުމެންގެ މުޖްތަމަޢުގެ އަޚުލާޤީ މިންގަނޑު ނެތިގޮސް އިޖްތިމާޢީ ފޭރާންވަނީ ވީދިފައެވެ. ރޯމާދުވާލު ވައްކަންކުރާ މީހުންވަނީ ގިނަވެފައެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުންވަނީ ޢާއްމުވެފައެވެ. ރަހީނު ކުރުމާއި، މުދާ ފޭރުމާއި، ލޭ އޮހޮރުވާ ޙައްޤަކާ ނުލައި މީހުން މެރުންވެސްވަނީ އާންމުވެ އާދައިގެ ކަންކަމަށްވެފައެވެ. މިދެންނެވީ އަދުގެ ޙާލަތެވެ. އެހެނެއްކަމަކު މީސްތަކުން ހަނދާންނެތިފައިވަނީ އަނިޔާވެރީންގެ ނިމުންހުރި ގޮތެވެ. އަނިޔާވެރިކަމާއި ފިތުނަ ފަސާދަ އާއްމުވުމަކީ މުޖްތަމަޢުގެ ހަމަޖެހުން ނައްތާލާ ކަމަކެވެ. އަނިޔާވެރިކަމަކީ ދެދިނިޔޭގެ ގެއެއްލުމާއި ހަލާކަށް އެކަން ކުރާ މީހާ ހުށަހަޅާ ސަބަބެކެވެ.…