ޖަމްޢިއްޔަތުއްސަލަފުން ދިޔަމިގިލީ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި
ދީނީ އަދި އިޖުތިމާޢީ ކަންކަމުގައި މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މަޤުޞަދުގައި، ޖަމްޢިއްޔަތުއްސަލަފާއި ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ ދިޔަމިގިލީ ކައުންސިލް އިދާރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ފަހުމުނާމާގައި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސޮއިކުރެއްވީ ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ވަކީލު އައްޝައިޚް ޢަބްދުއްސަލާމް ދާވޫދޫއެވެ. އަދި ދިޔަމިގިލީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު މޫސާއެވެ. އިއްޔެ ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ދިޔަމިގިލީ ކައުންސިލާ ގުޅިގެން އެ ރަށުގެ ރައްޔިތުންގެ…

