ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި އެއްބާރުލުންދިނުމާގުޅޭ ފަހުމުނާމާއެއްގައި ހިމަންދޫ ކައުންސިލާއެކު ސޮއިކޮށްފި
ޖަމްޢިއްޔަތުއްސަލަފުން އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފިއެވެ. ދީނީ އިޖުތިމާޢީ ހޭލުންތެރިކަން ފެތުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ޤާއިމުކުރެވުނު މި ފަހުމުނާމާގެ މުއްދަތަކީ 4 އަހަރެވެ. މި ފަހުމުނާމާގައި ސޮއެކުރެވުނީ، ހިމަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ހިމަންދޫ ޔޫތް މޫވްމަންޓް ޖަމްޢިއްޔާއާއި ހިމަންދޫ ކުލަބް ނިއު ފްރެންޑްސް ގުޅިގެން މިހަފްތާގައި އެ ރަށުގައި ކުރިއަށްގެންދާ “ހަފްތާ ބަންދު ދަރުސް” ޕްރޮގްރާމުގައި ބޭއްވުނު ރީތިކޮށް ބަންގި ގޮވަން ދަސްކޮށްދޭ ވޯކްޝޮޕް ނިންމުމުގެ ގޮތުން…


