“ފާދިއްޕޮޅު ދަތުރު 2025” އަށް ސަލަފްގެ ޢިލްމުވެރިން އެއަތޮޅަށް ވަޑައިގެންފި
ފާދިއްޕޮޅު އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޅ އަތޮޅަށް ޚާއްޞަކޮށް ކުރިއަށް ގެންދާ “ފާދިއްޕޮޅު ދަތުރު 2025” އަށް ސަލަފްގެ ޢިލްމުވެރިން އެއަތޮޅަށް މިއަދު ވަޑައިންފިއެވެ. މިއީ ފާދިއްޕޮޅުގައި މިޕްރޮގްރާމް ކުރިއަށް ގެންދެވޭ ދެވަނަ އަހަރެވެ. ޅ. އަތޮޅު ނައިފަރު، ހިންނަވަރު، އޮޅުވެލިފުށި އަދި ކުރެންދޫގައި ކުރިއަށްގެންދާ މިޕްރޮގްރާމުގައި މިފަހަރު ބައިވެރިވެވަޑައިގަންނަވަނީ، ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރުގެ އިތުރުން ޖަމްޢިއްޔާގެ ދުޢާތުންގެ މަޖިލީހުގެ 3 މެމްބަރުންކަމުގައިވާ،…


