މިހަފްތާގެ ހަފްތާބަންދު ދަރުސްތައް 3 ރަށެއްގައި ކުރިއަށް ގެންގޮސްފި
ރާއްޖޭގެ ރަށްތަކުގައި، ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދާ، ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް، މިހަފްތާގައި 3 ރަށެއްގައި ކުރިއަށް ގެންގޮސްފިއެވެ. ސެޕްޓެމްބަރ 25 އިން 27 އަށް ކުރިއަށް ގެންދެވުނު މި ހަފްތާގެ ޕްރޮގްރާމް ބޭއްވިފައިވަނީ ކ. ދިއްފުށި، މ. ވޭވަށް އަދި ހދ. ވައިކަރަދޫގައެވެ. މިގޮތުން ދިއްފުށީގައި ބޭއްވިފައިވަނީ މިސްކިތު ދަރުސްތަކެވެ. މި ދަރުސްތައް ދެއްވާފައިވަނީ، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު، އައްޝައިޚް މުޙައްމަދު މަންޞޫރު އާދަމްއެވެ. އަދި މ. ވޭވަށުގައި ވެސް ވަރަށް ޚާއްޞަ ދަރުސްތަކެއް ވަނީ…


