ފިޠުރު ޒަކާތް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ފިޠުރު ޒަކާތަކީ ރަމަޟާން މަހުގެ ރޯދައާ ގުޅިގެން އަދާކުރާ ވަރަށް މަތިވެރި އަޅުކަމެކެވެ. އެއީ ރޯދަވެރިޔާގެ ރޯދައަށް އައިސްފައިވާ އުނިކަމާއި އެކަމުގެ ތެރޭގައި ކުރެވިފައިވާ ފާފަތަކާ އަދި ދައްކާފައިވާ ބޭކާރު ވާހަކަތަކަށް ހުރި ޠާހިރުކަމެކެވެ. އަދި އެއީ ފަޤީރުންނަށް އިޙްސާންތެރިވުމުގެ މަތިވެރި ޢަމަލެކެވެ. އަދި އެބައިމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ، ޢީދުދުވަހުގެ އުފަލުގައި އެބައިމީހުންވެސް ބައިވެރިކޮށް، އެންމެންގެ ޢީދަކަށް އެދުވަސް…

ލައިލަތުލްޤަދްރި

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ޢަރަބި ބަހުގައި لَيْلَة القَدْر ގެ މާނައަކީ: ނިޔާ ކަނޑައަޅުއްވާ ރެއެވެ. އެ ރެއަށް އެފަދައިން ނަން ދެއްވުނީ އެ ރެއަކީ އެ އަހަރުގައި ހިނގާނޭ ކަންތައްތަކުގެ ނިޔާފުޅު، ﷲ ތަޢާލާ ކަނޑައަޅުއްވާ ރޭކަމުގައި ވާތީއެވެ.   ލައިލަތުލްޤަދްރިއަކީ ބަރަކާތްތެރި ރެއެކެވެ. އެ ރޭގެ މާތްކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ: އެއީ ކީރިތި ޤުރުއާން ބާވައިލެއްވި ރެއަށްވުމާއި އެ…

އިސްލާމްދީނުގައި، އަންހެނުން ނޭފަތް ތޮރުފުމަކީ ކޮންކަހަލަ ކަމެއްތޯ؟

ސުވާލު: އިސްލާމްދީނުގައި، އަންހެނުން ނޭފަތް ތޮރުފުމަކީ ކޮންކަހަލަ ކަމެއްތޯ؟ ޖަވާބު: الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد: ކަންފަތުގައި އަޅުވާ އެކި ބާވަތްތަކުގެ ޒީނަތްތެރިކަމަކީ ޞަޙާބީ ބޭކަލުންގެ ޒަމާނުގައިވެސް އަންހެން ކަނބަލުން ބޭނުންކުރެއްވި ތަކެއްޗެވެ. އެހެންކަމުން ޒީނަތްތެރިކަމުގެ ގޮތުން އަންހެން ކުދިންގެ ކަންފަތް ތޮރުފުމަކީ އިސްލާމްދީނުގައި ހުއްދަކަމެކެވެ. ނޭފަތް ތޮރުފުމާ ބެހޭގޮތުން ދަންނައެވެ. މިކަމަކީ ކަންފަތް ތޮރުފުމާ އެއް ފަދައިން، އިސްލާމީ މުޖުތަމަޢުތަކުގައި ފެތުރިފައިވާ ކަމެއް…

ޢިލްމުވެރިންނަށް އިޙްތިރާމުކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ޢިލްމުވެރިންނަކީ އަޅުތަކުންނަށްވާ ބައްތިތަކެކެވެ. އަދި އެއީ މީސްތަކުންނަށް މަގުދައްކައި ދިނުމަށް ރަށުގައިވާ ފާހަގަތަކެކެވެ. އަދި އެއީ އުންމަތް ނަގަހައްޓާ ބައެކެވެ. ސަލްމާން އަލްފާރިސީ رضي الله عنه ވިދާޅުވެއެވެ. “ކިޔަވައިދޭ މުޢައްލިމެއްގެ މިޘާލަކީ އަނދިރި މަގެއް އަލިކުރުމަށްޓަކައި ބައްތިއެއް ބެހެއްޓި މީހެއްގެ މިޘާލެވެ. އެއީ ހުރަސްކޮށްފައިދާ މީހުން އޭގެ އަލިކަން ޙާޞިލުކުރުމަށްޓަކައެވެ.” [مسند الدارمي (1 / 461) برقم:…

ދަތުރުމަތީގައި ކުރުން ސުންނަތްވެގެންވާ ނަމާދުތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم.   زاد المعاد ގައި އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ.   “ދަތުރުމަތީގައި ނަބިއްޔާ صلى الله عليه وسلم ޢަމަލުކުރެއްވި ގޮތަކީ ފުރުޟު ނަމާދުތައް އަދާކުރެއްވުމަށް ފަހުގައި، ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރާ (ރަވާތިބު) ސުންނަތްތައް ދޫކޮށްލުމެވެ. (ރަވާތިބު ސުންނަތްތަކުގެ ތެރެއިން ފަތިސް ނަމާދުގެ އިހު ސުންނަތް ފިޔަވާ) އެކަލޭގެފާނު ކުރެއްވިކަން ޘާބިތެއް ނުވެއެވެ. އެކަލޭގެފާނު ދަތުރުމަތީގައިވެސް…

ބިރުވެރި ހުވަފެނެއް ފެނުމުން ޢަމަލުކުރަންވީ ގޮތް

މުޤައްދިމާ   الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ކޮންމެ މީހަކަށްވެސް ބިރުވެރި ހުވަފެނެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ޙާލަތްތަކުގައި ޢަމަލުކުރަންވީ ގޮތް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ. ފަހެ ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި ރޭގަނޑު ނިދާއިރު ކިޔާ ޛިކުރުތައް އެމީހެއްގެ ހިތް ޙާޟިރުކޮށްގެން، ވިސްނައިގެން ކިޔުމަކީ މިކަންކަމުން އެމީހަކު ދުރުކުރުވާނެ ކަންކަމެވެ. އަދި ގިނައިން ކީރިތި ޤުރުއާން ކިޔެވުމާއި ސުންނަތް ނަމާދުތައް ކުރުމާ އަދި ފާފަތަކުން ދުރުހެލިވުމަކީވެސް…

ތެދުވެރިވާށެވެ!

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ތެދުވެރިކަމަކީ ވަރަށް މާތް ސިފައެކެވެ. އަދި އެއީ އޭގެ ސަބަބުން އެމީހެއްގެ ޢަމަލުތައް އިޞްލާޙުވެގެންދާ ކަމެކެވެ.   ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ…

ޙަލާލު ތަކެތި ކެއުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އިސްލާމީ ޝަރީޢަތުގައި އަޅުގަނޑުމެން ކެއުމަށް ހުއްދަކުރައްވާފައިވަނީ ފައިދާ ހުރި ރަނގަޅު ތަކެއްޗެވެ. އަދި ޙަރާމްކުރައްވާފައިވަނީ ގެއްލުން ހުރި ހަޑިމުޑުދާރު ތަކެއްޗެވެ.   ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾ [سورة الأعراف: 157] މާނައީ: “އަދި ރަނގަޅު ތަކެތި އެބައިމީހުންނަށް ޙަލާލު ކުރައްވައެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައިމީހުންނަށް ޙަރާމްކުރައްވައެވެ.”   ޙަލާލު ތަކެތި…

ބަންގިއާ ގުޅިފައިވާ 5 ސުންނަތެއް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އިބްނުލް ޤައްޔިމު – رحمه الله – جلاء الأفهام (ص: 442 – 445) ގައި ވިދާޅުވެފައިވަނީ ބަންގިއާ ގުޅިފައިވާ 5 ސުންނަތެއްވާކަމުގައެވެ.   ފުރަތަމައީ: ބަންގިގޮވާ އަޑުއިވުމުން ބަންގިގޮވާ މީހާ ކިޔާ ފަދައިން ކިޔުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “ބަންގިގޮވާ އަޑު އިވޭ ހިނދު، ބަންގިގޮވާ މީހާ ކިޔާ ގޮތަށް…

ބާއްޖަވެރިކަން ލިބޭނީ ކިހިނެތް؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ބައެއް މީހުން ހީކުރަނީ ބާއްޖަވެރިކަން ލިބޭނީ މުދަލުންނާއި މުއްސަނދިކަމުންކަމަށެވެ. އަދި ބައެއް މީހުންނަށް ހީވެފައިވަނީ އެކަންވަނީ ޖާހާއި މަންޞިބުގައިކަމަށެވެ. އަދި ބައެއް މީހުން އެއަށް އެދިފައިވަނީ ޙަރާމް ކަންތައް ޙާޞިލުކޮށްގެންނެވެ. އެކަން ޙާޞިލުކުރުމުގައި މަޚްލޫޤުންވަނީ ވަރަށް ހަލުވި ހިނގުމެއްގައެވެ. އަދި އެކަން ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކުރުމުގައެވެ. ފަހެ އެއަށް ވާޞިލުވާ މީހުންނާއި އޭގެން މަޙްރޫމުވާ މީހުންވެއެވެ. އަދި ބާއްޖަވެރިކަން ޙާޞިލުވިކަމަށް…

ﷲ ތަޢާލާ ދެކެ، އަޅާ ލޯބިވާ މިންވަރު ހާމަވެގެންދާ 4 ވަގުތެއް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   އަޅަކު ﷲ ތަޢާލާ ދެކެ ލޯބިވާކަން އެނގޭނޭ ވަރަށް ގިނަ ގޮތްތައް ވެއެވެ. ﷲ ތަޢާލާ ދެކެވާ ލޯތްބަކީ އެމީހެއްގެ ހިތުގައި ބިންވަޅު ނެގިގެންދާ ލޯތްބެކެވެ. އަދި ބަހާއި ޢަމަލުން އެކަން ފެނިގެންދާނޭ ކަމެކެވެ.   ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿قُل إِن كُنتُم تُحِبّونَ اللَّهَ فَاتَّبِعونى يُحبِبكُمُ اللَّهُ وَيَغفِر لَكُم ذُنوبَكُم ۗ وَاللَّهُ غَفورٌ…

ޙުރުމަތްތެރިކުރައްވާފައިވާ މައްސަރުތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:   ﷲ ތަޢާލާވަނީ ބައެއް މައްސަރުތައް މާތްކުރައްވާފައެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަރުތަކަކީ ޙުރުމަތްތެރިކުރައްވާފައިވާ މައްސަރުތަކެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ﴾ [سورة التوبة: 36]…