މުދަލަށާއި މަތީ މަޤާމުތަކަށް ދަހިވެތިވުން

އިންސާނުންނަކީ މުދާ އެއްކޮށް ގިނަކުުރުމަށް ލޯބިކުރާ ބަޔެކެވެ. އަދި މުޖުތަމަޢުގައި ޝަރަފުވެރި މަޤާމުތަކާއި ދުނިޔޭގެ ޒީނަތައް ލޯބިކުރާ ބަޔެކެވެ. މިއީ އިންސާނުންގެ ޠަބީޢަތެވެ. ޙަޤީޤީ މުުއުމިނަކީ މިކަންތައްތަކުގެ މައްޗަަށް ބިރުވެތިވާ މީހާއެވެ. ކޮންމެ ވަގުތެއްގައިވެސް އޭނާ ދުނިޔޭގެ ހެއްލުމާއި ދަޅަތަކުގައި ޖެހި މަގުފުރެދިގެން ގޮސްފާނެކަމަށް ބިރުވެތިވާ މީހާއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ وَالْقَنَاطِيرِ الْمُقَنطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالْأَنْعَامِ وَالْحَرْثِ ۗ ذَٰلِكَ…

ހަލާކު ކުރުވަނިވި 7 ފާފަ

ފާފައަކީ އޭގެ ޒާތުގައި މީހާއަށް ނުތަނަވަސްކަން ގެނުވާ އެއްޗެކެވެ. އަދި ފާފައިގެ ސަބަބުން އަޅާ އޭނާގެ ރައްބާއި ދެމެދުގައި އިންފާރެއް ލެވިގެންދެއެވެ. ހިތް ހަރުވެ، ޙައްޤާއި ބާޠިލު ވަކިކުރަން އުނދަގޫވެގެންދެއެވެ. އެހެންކަމުން ފާފައިގެ އަސަރުތައް އިންސާނާއަށް ނުހަނު ބޮޑަށް ކުރެއެވެ. ކުދި ފާފައާއި ބޮޑެތި ފާފަތަކަކީވެސް އެ ފާފައެއްގެ ޒާތުން އޭގެ ޖަޒާ ބޮޑުވެގެން ދާ ކަމެކެވެ.

ތަތާރުން ބަޣުދާދަށް ވެރިވެގަތް ޙާދިޘާ

الحمد لله والصلاة والسلام على رسول الله  وعلى آله وصحبه أجمعين.   އިސްލާމީ ތާރީޚުގައި ހިނގައި ދިޔަ އެކި ޙާދިޘާތަކުގައި އަޅުގަނޑުމެންނަށް ގިނަގުނަ ފިލާވަޅުތަކާއި ޢިބުރަތްތައް ވެއެވެ. ރަސޫލާ صلى الله عليه وسلم އަވަހާރަވުމަށް ފަހުގައި އުންމަތަށްވަނީ ވަރަށް ގިނަ ފިތުނަތައް ކުރިމަތިވެފައެވެ. އަދި ޢިއްޒަތާއި ޝަރަފާއި ނަޞްރުގެ ވަގުތުތަކާއި ނިކަމެތިކަމާއި ބިރުވެރިކަމާއި ނާމާންކަމުގެ އެތައް ވަގުތެއްވެސް ދެކެފައި ވެއެވެ. އުންމަތަށް ދިމާވެފައިވާ އެންމެ ބޮޑެތި ހިތާމަތައް ކުރިމަތިވުމުގެ މައިގަނޑު އެއް…

އީމާންކަން އުނިވާ ސަބަބުތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم.   އީމާންކަން އުނިވާ ސަބަބުތައް ޖުމްލަގޮތެއްގައި ދެ ބަޔަކަށް ބެހިގެންވެއެވެ.   1. އިންސާނާގެ ނަފްސާ ގުޅިފައިވާ ސަބަބުތައް   ފުރަތަމައީ: ޖާހިލުކަން   ﴿وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ وَأَنتُمْ تُبْصِرُونَ ﴿٥٤﴾ أَئِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ تَجْهَلُونَ ﴿٥٥﴾ [سورة النمل ٥٤-٥٥] މާނައީ:…

صلى الله عليه وسلم ލިޔުމުގެ ބަދަލުގައި (ص) ނުވަތަ (SAW) ލިޔުމުގެ ޙުކުމް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ލިޔުންތައް ލިޔުމުގައި ވަރަށް ގިނަ ފަހަރަށް ރަސޫލާ صلى الله عليه وسلم ގެ ނަންފުޅުގަނެވެއެވެ. އަދި ޗެޓްކޮށް މެސެޖްކުރުމުގައި، ދީނީ ވާހަކަތައް ދެކެވޭއިރު އެކަލޭގެފާނުގެ ނަންފުޅުގަނެވެއެވެ.  ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުމަށް އަޅުގަނޑުމެންނަށް ވަނީ އަމުރުކުރައްވާފައެވެ.  ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.   ﴿إِنَّ اللّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الّذِينَ…

އީމާންކަން އިތުރުވާ ސަބަބުތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم.   އީމާންކަމަކީ އިތުރުވާ އަދި އުނިވެސްވާ އެއްޗެކެވެ. މިކަމުގެ ސަބަބުތަކާއި ދަލީލުތައް ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތަކުގައި ވާރިދުވެގެން އައިސްފައިވެއެވެ. އެގޮތުން އީމާންކަން އިތުރުވާ ސަބަބުތަކުގެ ތެރޭގައި:   ފުރަތަމައީ: ފައިދާކުރަނިވި ޢިލްމު އުނގެނުން   ﴿لَّـٰكِنِ الرَّاسِخُونَ فِي الْعِلْمِ مِنْهُمْ وَالْمُؤْمِنُونَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن…

އެންމެ ރިވެތިވެގެންވާ ނަމޫނާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. އިސްލާމްދީނުގައިވަނީ ދެދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލުކުރާނެ މަގު ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ﷲ ތަޢާލާއަށް އަޅުކަންކުރާނެ ގޮތާއި މީސްތަކުންނާ މުޢާމަލާތްކުރާނެ ގޮތާ އަދި އެންމެހާ އަދަބު އަޚުލާޤު، ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ވާރިދުވެގެންވެއެވެ. އަދި ޤިޔާމަތާ ހަމައަށް މެދުވެރިވާނޭ އެންމެހާ ކަންކަމަށް އިސްލާމުދީނުގައި އިރުޝާދުދެއްވާފައިވެއެވެ. ދީނުގައި އެކަމުގެ ޙުކުމް ބަޔާންކުރެވިފައި ނުވާ މައްސަލައެއް ނުވެއެވެ. ޢަޤީދާގެ…

ސުވަރުގޭގެ ނިޢުމަތްތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.   ސުވަރުގެއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވި އަޅުތަކުންނަށް، އެއިލާހު ތައްޔާރުކުރައްވާފައިވާ ކަރާމާތުގެ ގޮވައްޗެވެ. ދުވަހަކުވެސް ލޮލަކަށް ފެނިފައި ނުވާ، ކަންފަތަކަށް އިވިފައި ނުވާ އަދި އިންސާނެއްގެ ހިތަށްވެސް ނާރާފަދަ މަތިވެރި ނިޢުމަތްތައް، އެއިލާހުވަނީ އެތަނުގައި އެއިލާހުގެ ޞާލިޙު އަޅުތަކުންނަށް ތައްޔާރުކުރައްވާފައެވެ. ޤުދުސިއްޔަ ޙަދީޘެއްގައިވެއެވެ. «أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لاَ عَيْنٌ رَأَتْ، وَلاَ أُذُنٌ سَمِعَتْ، وَلاَ خَطَرَ عَلَى…

ނަރަކަ – އަޒާބުގެ ގޮވަތި – 2

އަލްއިމާމު އައްޠަޙާވީ – رحمه الله – އެކަލޭގެފާނުގެ ފޮތް ކަމުގައިވާ އަލްޢަޤީދަތުއް ޠަޙާވިއްޔާގައި ވިދާޅުވެފައިވެއެވެ. ” ސުވަރުގެއާއި ނަރަކަ ވަނީ މިހާރުވެސް ހައްދަވާފައެވެ. މިދެތަން ދުވަހަކުވެސް ފަނާ ނުވާނެއެވެ. އަދި ނިމުމަކަށްވެސް ނާންނާނެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ސުވަރުގެއާއި ނަރަކަ އެހެން ޚަލްގުތަކުންނަށް ވުރެ ކުރިން ހެއްދެވިއެވެ. އަދި ކޮންމެ ތަނަކަށް ވެސް އެތަނެއްގެ އަހުލުވެރިން ހެއްދެވިއެވެ. އެކަލާނގެ އިރާދަ ކުރައްވާ ބައެއް އެކަލާނގެ ފަޟްލުވަންތަކަމުން ސުވަރުގެ ވައްދަވައެވެ. އަދި އެކަލާނގެ އިރާދަ ކުރައްވާ ބައެއް…

ނަރަކަ – އަޒާބުގެ ގޮވަތި – 1

ނަރަކަޔަކީ ކޮބާ؟ ނަރަކަޔައީ ﷲ ތަޢާލާ އެކަލާނގެ އަށް ކާފިރުވާ މީހުންނާއި، އެކަލާނގެ ޝަރީޢަތާއި ދެކޮޅު ހަދާމީހުންނާއި އަދި އެކަލާނގެ ފޮނުއްވި ރަސޫލުން ދޮގުކުޅަ މީހުންނަށް އަޒާބު ދެއްވުމަށް އެކަލާނގެ ހައްދަވައި ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. އެއީ އެކަލާނގެ އަދުއްވުންނަށް ހުރި އަޒާބުގެ ގޮވައްޗެވެ. އަދި މުޖްރިމުން އެތަނެއްގައި ހިފައިހައްޔަރު ކުރެވޭނެ ޖަލެވެ. އެއީ ބޮޑުވެގެންވާ ނިކަމެތިކަމާއި އަދި ހަލާކެވެ، އެއަށް ވުރެ ބޮޑު ނިކަމެތިކަމެއް އަދި ގެއްލުމާ ހަލާކެއް ނުވެއެވެ. ﷲ ވަޙީ ކުރެއްވިއެވެ. (رَبَّنَا…