ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް
ދިހަވަނައީ: ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ އިޛުނަ ނެތި ސުންނަތް ރޯދަ ހިފުން މިފަދަ ކަންކަމުގައި އެންމެ ރަނގަޅު ގޮތަކީ ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް، އެއްބަސްވެގެން މިކަން ތަރުތީބުކޮށްލުމެވެ. އަދި ދެމަފިރިންވެސް މިކަމުގައި ވިސްނައިގެން ގޮތް ނިންމުމެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «لاَ يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ» [رواه البخاري في صحيحه برقم: (5195)] މާނައީ: ” ގާތުގައި ފިރިމީހާ ހުއްޓާ،…
އަށްވަނައީ: ވިޞާލުކޮށް ރޯދަ ހިފުން ޢަރަބި ބަހުގައި ވިޞާލުގެ ލަފްޒީ މާނައަކީ ގުޅުވާލުމެވެ. ރޯދަ ހިފުމުގައި ވިޞާލުކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. އަދި އެއް ދުވަހަށް ވުރެ ގިނައިން ރޯދައަށް ހުރުމެވެ. [1] ވިޞާލުކޮށް ރޯދަ ހިފުމުގައި ދެގޮތެއް ވެއެވެ. އެއީ: – އިރު އޮއްސުމުން ރޯދަ ވީއްލުމުގެ އިޚްތިޔާރު އޮވެ ޤަޞްދުގައި ރޯދަ ނުވީއްލާ ފަސްކޮށްފައި ރޯދަ ވީއްލުން [2] – ރޯދަ ނުވީއްލާ ވިދިވިދިގެން ދެ ދުވަހު ނުވަތަ…
ހަވަނައީ: ޝައްކުގެ ދުވަހު ރޯދަ ހިފުން ޝައްކުގެ ދުވަހަކީ ޝަޢުބާންމަހުގެ ތިރީސްވަނަ ދުވަހެވެ. އެދުވަހަށް އެނަމުން ނަން ދެވުނީ ވިލާ ބޯވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ނުފެނިއްޖެނަމަ ޝައުބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތޯ ޝައުބާންމަހުގެ ތިރީސްވަނަ ދުވަސްތޯ ޝައްކު އުފެދޭތީއެވެ. [1] ޢަންމާރު ބުން ޔާސިރު رضي الله عنه ވިދާޅުވިއެވެ. «مَنْ صَامَ يَوْمَ الشَّكِّ فَقَدْ عَصَى أَبَا القَاسِمِ صَلَّى اللهُ عَلَيْهِ وَسَلَّمَ» [رواه البخاري في صحيحه…
ފަސްވަނައީ: ޝަޢުބާންމަސް ދެބައިވުމުން ރޯދަ ހިފުން ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «إِذَا انْتَصَفَ شَعْبَانُ، فَلَا تَصُومُوا» [رواه أبو داود في سننه برقم: (2337) وصححه الألباني في صحيح أبي داود برقم: (2025)] މިޙަދީޘުގައި މިވަނީ ޝައުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައެވެ. މި ނަހީއިން އިސްތިޘްނާވާ ޙާލަތްތަކެއް ވެއެވެ. ފުރަތަމަ ޙާލަތް: އާދަކޮށް ރޯދަހިފަމުންދާ މީހާ މިޘާލަކަށް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު…
ހަތަރުވަނައީ: ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «لَا تَصُومُوا يَوْمَ السَّبْتِ إِلَّا فِي مَا افْتُرِضَ عَلَيْكُمْ، وَإِنْ لَمْ يَجِدْ أَحَدُكُمْ إِلَّا لِحَاءَ عِنَبَةٍ، أَوْ عُودَ شَجَرَةٍ فَلْيَمْضَغْهُ» [رواه أبو داود في سننه برقم: (2421) وصححه الألباني في صحيح أبي داود برقم: (2092)] [1] މާނައީ: ”ތިޔަބައިމީހުން ހޮނިހިރުދުވަހު ރޯދަނުހިފާށެވެ. އެއީ ތިޔަބައިމީހުންގެ…
ތިންވަނައީ: ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުން ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «لَا يَصُمْ أَحَدُكُمْ يَوْمَ الْجُمُعَةِ، إِلَّا أَنْ يَصُومَ قَبْلَهُ، أَوْ يَصُومَ بَعْدَهُ» [رواه مسلم في صحيحه برقم: 147 – (1144)] މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު ހުކުރު ދުވަހު ރޯދަ ނުހިފާށެވެ. އޭގެ ކުރީ ދުވަހާ އެކު ނުވަތަ ޖެހިގެން އަންނަ ދުވަހާ އެކު ރޯދަ ހިފާ މީހަކު ފިޔަވައެވެ.”…
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ރޯދައަކީ ވަރަށް މަތިވެރި އަޅުކަމަކެވެ. އަދި ރަމަޟާންމަހުގެ ރޯދައަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ރޯދަވެރިންނަށް ޚާއްޞަކޮށް ސުވަރުގޭގައި الريان ގެ ނަމުން ނަންދެއްވާފައިވާ ދޮރުކޮޅެއްވެސް ވެއެވެ. [1] ﷲ ތަޢާލާވަނީ ފަރުޟު ރޯދައާއި ސުންނަތް ރޯދަވެސް އަޅުގަނޑުމެންނަށް ޝަރުޢުކުރައްވާފައެވެ. ރޯދަ ހިފާއިރު ދެނެގަންނަން ޖެހޭ ޙުކުމްތަކަކާއި އަދަބުތަކެއް ވެއެވެ. އެގޮތުން މިލިޔުމުގައި އަލިއަޅުވާލާނީ ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި…