ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ނިމިއްޖެ
ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން، މިއަދު ނިމިއްޖެއެވެ. އިއްޔެ ހެނދުނު، އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ޖަލްސާއަކަށްފަހު ފެށިގެން ، ދެދުވަހުގެ މުއްދަތައް ކުރިއަށްގެންދެވުނު މި ބައްދަލުވުން ނިންމާލީ މިއަދު ހަވީރުއެވެ. މި ބައްދަލުވުމުގައި އިއްޔެ ބޭއްވުނު ސެޝަންތަކުގައި، ދަޢުވަތުގެ މަސައްކަތްތަކާ ގުޅުންހުރި ބައެއް ދާއިރާތަކުން ޢިލްމުވެރިންނަށް ތަފާތު މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ. މިގޮތުން، ދަރުސް ދިނުމުގައި ދިވެހި ބަހަށް އިސްކަންދިނުމާ، އެބަސް ބޭނުންކުރުމުގައި ގެންގުޅެންޖެހޭ ބަހުގެ ހަމަތަކާ ގުޅޭގޮތުންނާއި، ދަރުސް ދެއްވުމުގައި ގެންގުޅެންޖެހޭ އެކިއެކި ހުނަރުތަކާ ގުޅޭ…