ޙުރުމަތްތެރިކުރައްވާފައިވާ މައްސަރުތައް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد: ﷲ ތަޢާލާވަނީ ބައެއް މައްސަރުތައް މާތްކުރައްވާފައެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަރުތަކަކީ ޙުރުމަތްތެރިކުރައްވާފައިވާ މައްސަރުތަކެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ﴾ [سورة التوبة: 36]…