ސަލަފުރިޙްލާ 2024 ފުވައްމުލައްސިޓީގައި
ސަލަފް ރިޙްލާ 2024 ފުވައްމުލައްސިޓީގައި ބޭއްވުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުން އަންނަނީ ތައްޔާރީތައް ވަމުންނެވެ. މި ޙަރަކާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ ނޮވެމްބަރު 7 އިން 11 އަށެވެ. ފުވައްމުލައްސިޓީއަކީ ދީނީގޮތުންނާއި، އިޖްތިމާޢީގޮތުންނާއި، ދުޅަހެޔޮކަމާއި، ހުނަރުތަކުގެ ގޮތުން ކުރިއަރާފައިވާ ސިޓީއަކަށް ހެދުމަށްޓަކައި، މި ރިޙްލާގައި މިކަންކަމާގުޅޭ ތަފާތު އެތައް ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި؛ ސްކޫލުތަކުގެ މުދައްރިސުންނަށާއި، ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ޚާއްޞަ ވޯކްޝޮޕްތަކާއި، ކުޅިވަރު އެކަޑެމީތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޙަރަކާތްތަކާއި، ޢާއްމުންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ…