ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަސްތަކެވެ. އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ނުހަނު ލޮބުވެތިވެގެންވެއެވެ. އަދި ޘަވާބު އިތުރުވެގެންވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾ [سورة الفجر 1 – 2] މާނައީ: “ފަތިސް ގަންދެއްވަމެވެ. [1] އަދި ދިހަ ރޭ ގަންދެއްވަމެވެ. [2]” ﴿وَلَيَالٍ عَشْرٍ﴾ ގެ ތަފްސީރުގައި…