ފަލަސްތީނަށްޓަކައި ތިބާއަށް ކޮށްދެވޭނީ ކޮންކަމެއް!
ފަލަސްޠީނުގެ ޣައްޒާގައި އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނާއި ތުއްތު ކުދީން ޤަތުލު ކުރަމުންދާއިރު މުސްލިމަކަށްވީތީ ތިމާއަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ. “ހަމައެކަނި ދުޢާ ކޮށްލީމާ ފުދޭނެ ހެއްޔެވެ؟ ނުވަތަ ހިނގާލުމެއް، އެއްވުމެއް ބޭއްވުމުން ނިމުނީ ހެއްޔެވެ؟” މިއީ ވަރަށް ގިނަ ބައެއްގެ ހިތްތަކުގައި އުފެދިފައިވާ ޝުޢޫރު ތަކެކެވެ. ފަލަސްޠީނަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މުސްލިމުން އެމީހަކަށް ވެވެން އޮތް ގޮތަކުން، ކުރެވެންހުރި ހުރިހާ ކަމެއް ކުރަޖެހޭނެއެވެ. އޭގެތެރެއިން އެންމެ…