ޖަޒާ ދެއްވުންވަނީ ކުރި އަމަލުގެ ބާވަތުން
އިސްލާމީ ޝަރީޢަތުގެ މަތިވެރި ޤަވާޢިދުގެތަކުގެ ތެރޭގައި ހިމެނޭ އެއް ޤަވާޢިދަކީ ޢަމަލުތަކުގެ ޖަޒާ ދެއްވުން ވަނީ އެ ޢަމަލެއްގެ ބާވަތުންކަމުގައި ލައްވާފައިވުމެވެ. އަދި ކުޑިފުކެއްގެ މިންވަރުގެ ހެޔޮކަމެއްކޮށްފައިވާ މީހާއަށްވެސް އެއްވެސް އުނިވުމަކާ ނުލައި އޭނާގެ ޢަމަލުގެ ހެޔޮ ޖަޒާ ދެއްވާނެއެވެ. ހަމައެފަދައިން، ކުޑިފުކެއްގެ މިންވަރުވެސް ނުބައި ޢަމަލެއް ކޮށްފައިވާ މީހާއަށް އޭނާ ކޮށްފައިވާ ނުބައި ޢަމަލުގެ ޙައްޤު ޢުޤޫބާތް ލިބޭނެއެވެ. ﷲ ތަޢާލާ އެއިލާހުގެ އެއްވެސް އަޅަކަށް އަނިޔާވެރިވެ ވޮޑިގެންނުވެއެވެ. ކޮއްފައިވާ ޢަމަލުގެ ބާވަތުން ޖަޒާ ދެއްވުމަކީ…