ނަރަކަ – އަޒާބުގެ ގޮވަތި – 2
އަލްއިމާމު އައްޠަޙާވީ – رحمه الله – އެކަލޭގެފާނުގެ ފޮތް ކަމުގައިވާ އަލްޢަޤީދަތުއް ޠަޙާވިއްޔާގައި ވިދާޅުވެފައިވެއެވެ. ” ސުވަރުގެއާއި ނަރަކަ ވަނީ މިހާރުވެސް ހައްދަވާފައެވެ. މިދެތަން ދުވަހަކުވެސް ފަނާ ނުވާނެއެވެ. އަދި ނިމުމަކަށްވެސް ނާންނާނެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ސުވަރުގެއާއި ނަރަކަ އެހެން ޚަލްގުތަކުންނަށް ވުރެ ކުރިން ހެއްދެވިއެވެ. އަދި ކޮންމެ ތަނަކަށް ވެސް އެތަނެއްގެ އަހުލުވެރިން ހެއްދެވިއެވެ. އެކަލާނގެ އިރާދަ ކުރައްވާ ބައެއް އެކަލާނގެ ފަޟްލުވަންތަކަމުން ސުވަރުގެ ވައްދަވައެވެ. އަދި އެކަލާނގެ އިރާދަ ކުރައްވާ ބައެއް…